ހައްގު ލޯބި (2)
ތަޤުދީރާ ހަނގުރާމަ ކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވ.ެ ކަމެއް މެދުވެރި ވާން އޮތްގޮތަކަށް އެކަމެއް އެމީހަކާ މެދުވެރިވާނެއެވެ. “ސެހެރް މިހާރު ރަގަޅު. ހައު ޑިޑް ޝީ ޑްރައުން؟ މީގެ ފަސް އަހަރު ކުރިން ސެހެރަށް މަޔޯކާރޑިޔަލް އިންފާރކްޝަން ޖެހުމުންވެސް ބުނިން ވަރަށް ބަލައިގެން އުޅޭށޭ.. މިބުނީ ހާރޓް އެޓޭކްއެއް ވާހަކަ.އެކަމަކު މިހާރު ވަރަށް ބޮޑުވަރުވެފަހުރީ. ޝީ އިޒް ހޭވިން ހާރޓް ފެއިލިއާރ.. މިބުނީ އެއްކޮށް ހިތުގެ މަސައްކަތް ހުއްޓުނު ވާހަކައެއްނޫން. ހިތުގެ ހިނގުން ކުރިއަށް ވުރެން ލަސްވެފައި ހިތް ވަރަށް ބޮޑަށް ވީކްވެފަ ހުރީ. އަދި ސެހެރަކީ ކުރިންވެސް އެސްތްމާ ހުންނަ ކުއްޖަކަށް ވުމުގެ ސަބަބުން ފުއްޕާމެއިން އޮކްސިޖަން ނަގާމިނަގަނޑު ކުރިއަށްވުރެން މިހާރު މާ ދަށް. ސެހެރަށް މިކަންތައް މިއަދު ހަމަ ކިޔައިދިނީ. ސެހެރަކީ އަޅުގަނޑުގެ އާންމު ޕޭޝަންޓެއް. އަދިވެސް ބަލައިގެން ފަރުވާ ރަގަޅަށް ކުރިޔަށް ގެންދެވެންޔާ ސެހެރް އެއްކޮށް ރަގަޅު ނުވިއެއްކަމަކު ބޮޑުވަރުވުމުން ސަލާމަތް ކުރެވޭނެ. އެހެންނޫނީ ސެހެރް ޖެހޭނީ ހާރޓް ޓްރާންސްޕްލާންޓެއް ހަދަން. ޓޭކް ގުޑް ކެއާރ އޮފް ހާރ.” ނަރުސް ކުއްޖާގެ ފަހަތުން ނިކުމެގެން އައި ޑޮކްޓަރު ސެހެރްގެ ހާލަތު ކިޔައިދިނެވެ. ޑޮކްޓަރުގެ ސުވާލުމަތިން ޒަކުވާން ހަނދާން ނެތުނީ ސެހެރްގެ ހާލަތު އެނގުމުންނެވެ. ” ކެން އައި މީޓް ހާރ؟” ޒަކުވާނަށް ބުނެވުނުހާވެސް އެއްޗަކީ އެއީއެވެ. ޒަކުވާނަށް ސެހެރާއި ބައްދަލުކުރުމުގެ ހުއްދަ ލިބުމުން އުފާވި ނަމަވެސް ބިރުގަތެވެ. ސެހެރް ވަނީ މީގެ ފަސް އަހަރު ކުރިން ޒަކުވާން ކައިރީ ސެހެރް ކުރިމައްޗައް ނޭރުމަށް ވައުދު ކުރުވާފައެވެ. ނަމަވެސް ސެހެރް ހަމަލޮލުން ދެކިލަން ކިތަންމެހާވެސް ބޭނުމެވެ. އެއީ ސެހެރްގެ ހާލަތު އަމިއްލައަށް ދެކިލަން ބޭނުންވާތީ އެވެ. އަމިއްލަ ލޮލަށް ފެނުނީމަ ނޫނީ ސެހެރް މިހާރު ރަގަޅުކަމަށް ގަބޫލު ނުކުރެވޭނެތީއެވެ. ނާހިލާއި ރިކްޒާ ތިބީ ވާނުވާ ނޭގިފައެވެ. އެއްކޮށް އޮޅުންބޮޅުންވެފަ އެވެ. ރިކްޒާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލިއެއްކަމަކު ނުބުނެވެނީސް ޒަކުވާން އައިސީޔޫއަށް ވަދެގެން ގޮއްސިއެވެ.
މަޑު ހިނގުމެއްގައި ސެހެރް އޮއް އެނދާދިމާއަށް ޒަކުވާން ދިޔައެވެ. ސެހެރް އޭރު އޮތީ މައްޗައް ބަައިގެންނެވެ. ކައިރީގައި މީހަކު ހުރިހެން ހީވެގެން ސެހެރް އެދިމާއަށް ބަލައިލިއެވެ. ސެހެރަށް ފެނުނީ ގަބޫލު ކުރަން ދަތި މަންޒަރެކެވެ. އެއީ އެމީހަކަށްޓަކައި ސެހެރްގެ ހިތް ހަދިޔާކުރެވުނު މީހާއެވެ. ހަމަ އެހެންމެ ހަދިޔާކުރެވުނު އެ ހިތް ހަލާކު ކުރި މީހާވެސްމެއެވެ. ސެހެރް ޒަކުވާނާއި ދިމާއަށް ބެލިގޮތުންވެސް ޒަކުވާން ފިނިވިއެވެ. މިއީ ޒަކުވާން ދުނިޔެއިން އެންމެ ލޯބިވާ މީހާއެވެ.ސެހެރް އެ ހާލުގައި އޮތްތަން ބަލަން ހިތަށް ކިތަންމި އުނދަގޫ ވިއެއްކަމަކު ޒަކުވާން ކެއްތެރިވިއެވެ. ސެހެރް މޫނު އަނެއްފަރާތަށް އަނބުރާލީ ޒަކުވާނާއި އިތުރަށް ކުރިމަތިލާން ބޭނުން ނުވާތީ އެވެ. ” ޒަކުވާން މިތަނުގައި ކީއްކުރަނީ؟” ސެހެރްގެ އެ ފަރުވާކުޑަ ކަމަށްވުރެން ބޮޑަށް ޒަކުވާން ހިތުގަޖެހުނީ ސެހެރް އޭނަގެ އަސްލު ނަމުން އޭނައާއި މުހާތަބު ކުރުމުންނެވެ. އޭނައާއި ވާހަކަދައްކަން ފެށި ފުރަތަަމަ ދުވަހުން ފެށިގެންވެސް ސެހެރް އޭނައަށް ކިޔަނީ ކުވާން އެވެ. އެއީ ސެހެރް އެކަނި ކިޔަން ސެހެރް ޒަކުވާނަށް ދިން ނަމެކެވެ. ” އަހަރެން…. ” ޒަކުވާނަށް އެ ސުވާލަށް ޖަވާބު ނުދެވެނީސް ސެހެރް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ” ޒަކުވާން ކުރި ވައުދުމަތިންވެސް ހަނދާނެއް ނެއް ދޯ؟ ހެހެ.. ކުރިންވެސް ވައުދުވި ނަމަވެސް އެ ވައުދު ވެސް ނުދެމެހެއްޓުނު. އަނެއްކާ ފަހުންވެސް ވި ވައުދު ތި އުވާލީ..” ” ކޮންމެ ފަހަރަކު އަހަރެން ކުއްވެރިކުރަން ނޫޅެބަލަ ސެހެރް. ކަމުގެ ދެކޮޅުބެލުމަށްފަހު ވާހަކަ ދައްކަފާނަންތަ؟ ސެހެރް އެތަނުން ފުންމާލީ ކީކޭ ހިތައް އަރާފަތަ؟ ސެހެރަށް ހަމަ ރަގަޅަށްވެސް ފަތަން އެނގޭއިރު ސެހެރް ގެނބުން އެއީ ގަބޫލުކުރަން ދަތި ކަމެއް. ފުރަތަމަ ޝުކުރު އަދާކޮށްބަލަ ލޮފް. ތީ ތިހާ ރަހުމު ކުޑަ ކުއްޖެއް ނޫނެއްނު.” ސެހެރް ކުރީ މަލާމާތެއްކަން އެނގި ހުރެވެސް ޒަކުވާން ސެހެރާއި ވާހަކަ ދެއްކީ މަޑުމައިތިރިކޮށެވެ. ޒަކުވާނަކީ އަބަދުވެސް ކިތަންމެ ހިތްހަމަ ނުޖެހިފަ ހުއްޓަސް އަދަބުވެރިކަމާއެކު ނޫނީ އެހެންމީހުނާއި މުހާތަބު ކުރާކުއްޖެއް ނޫނެވެ. ސެހެރަކީވެސް ދުވަހަކުވެސް މީހަކަށް މަލާމާތުގެ ބަހެއްވެސް ބުނެފައި ނުވާ ކުއްޖެކެވެ. ސެހެރްގެ ކުށެއްނެތި ސެހެރާ ދިމާއަށް އެއްޗެކޭ މީހަކު ބުނިކަމުގައިވިޔަސް ގިނަފަހަރު އެއްޗެކޭ ބުނާކުއްޖެއް ނޫނެވެ. އެންމެ ބޮޑު އެއްޗަކަށްވެސް އެކަމެއް ނުކުރަމޭ ބުނާނީ އެންމެ ފަހަރަކުއެވެ. ސެހެރަށް އައިމި ބަދަލުގެ ފަހަތުގައި ނޭގޭ ވަރަށް ބޮޑު ސިއްރެއް ވާކަން ޒަކުވާނަށް ނަގައިގަންނާކަށް ވަގުތެއް ނުނެގިއެވެ. ސެހެރަށް ވެގެން އުޅޭގޮތް ކޮންމެވެސް ވަރަކަށް ފަހުމުވިއެއްކަމަކު ގަބޫލުކުރާކަށް ސެހެރް ބޭނުމެއް ނުވެއެވެ. ސެހެރް ސަލާމަތް ކުރުމުގެ އެއްވެސް ހައްގެއް މިހާރު ޒަކުވާނަކަށް ލިބިގެނެއް ނުވެއެވެ. ” ޒަކުވާން މިތަނުން ދާން އުޅޭ.. އެހެން ނޫނީ….”
” ސޮރީ.. އިތުރަށް ބަލިމީހާއާއި ވާހަކަ ނުދެއްކުމަށް އެދެން. ޝީ ނީޑްސް އަ ލޮޓް އޮފް ރެސްޓް. ޕްލީޒް..” ސެހެރްގެ ވާހަކަ ފުރިހަމަނުކުރެވުނީ އެތަނަށް އައި ނަރުސް ކުއްޖާގެ ސަބަބުނެވެ. ޒަކުވާން ބޭރަށް ދިޔައީ ދާހިތަކުނެއްނޫނެވެ. “ޒަކުވާން އައިނީޑް އަ އެކްސްޕްލެނޭޝަން. ކިހިނެއްވީތަ ސެހެރަށް. ހައު ޑިޑް ޔޫ މީޓް ހާރ؟” ޒަކުވާން ބޭރަށް ނިކުތުމާއެކު ރިކްޒާގެ ސުވާލުތަށް ކުރިމަތިވިއެވެ. ޒަކުވާން އެވާހަކަ ރިކްޒާމެނަށް ކިޔައިދިނެވެ. ރިކްޒާން ވާހަކަ ދެއްކީ ހަމައެކަނި ރިކްޒާމެނަށް އަޑުއިވޭ ވަރަށެވެ. ” މަށަށް އެނގޭގޮތުގައި ކޮންމެވެސް ސަބަބެއް އޮންނާނެ ސެހެރްގެ އެ އަމަލުގެ ފަހަތުގައި. ސަމްތިންގް އަދާ ދެން ސެހެރްގެ ބަލި. މަށަށް ހީވަ….” ” ތިއީތޯ އައިޝަތު ސެހެރް ސަލާމަތްކުރި މީހާ؟ ކޮން ނަމެއްތޯ ކިޔަނީ؟ ” ޒަކުވާނަށް ވާހަކަ ފުރިހަމަ ނުކުރެވެނީސް އެތަނަށް އައި ފުލުސް ދެމީހުން ތެރެއިން އެކަކު ވާހަކަދެއްކިއެވެ. “ލައްބަ! އަޅުގަނޑަށް ކިޔަނީ މުހައްމަދު ޒަކުވާން.” ޒަކުވާން ފުލުސްމީހާގެ ސުވާލުތަކަށް ޖަވަބުދިނެވެ. ” ހާދިސާ ތަފްސީލުކޮށް ކިޔައިދީފާނަންތޯ” ” އަޅުގަނޑުމެންނަކީ ހަތަރު ރަހުމައްތެރިން. އަޅުގަނޑުމެން ތިބީ ބްރިޖް ބަލަންދާ ޕްލެޓްފޯރމްގަ. އަޅުގަނޑުމެން ސެހެރް ކައިރީ ސަޕްރައިސް އެއްދޭންވެގެން ލޯމަރާށޭ ބުނެފަގޮސް ފިލީ. ފިލާތިބީ އަޅުގަނޑުމެނަށް ސެހެރް ފެންނަގޮތަކަށް. ފުދޭވަރަށް ގިނައިރުވަންދެން ސެހެރް އަޅުގަނޑުމެން ފެނޭތޯ އެތާހުރެ އެކިދިމަދިމާއަށް ބެލި. ސެހެރްއަށް ފަހުން އަޅުގަނޑުމެންގެ ޕްލޭން އެނގުނީހެން ހީވަނީ. އެހެންވެކަންނޭގެ ގޮއްސަ އެތާފާރުމަތީގަ އިށީނީ. ނޫނީކަމެއްވާތީކަންނޭގެ. ނޭގެ އަސްލު ކީއްވެކަމެއް. ދެންފެނުނީ ސެހެރްބޮލުގައި ދެއަތުން ހިފިތަން. އެން ޝީފެލް. އަޅުގަނޑު ސެހެރް ސަލާމަތްކުރީ. އަސްލު އެއީ އަޅުގަނޑުމެންގެ ފަރުވާކުޑަކަންކަންނޭގެ. ބަލިކުއްޖެއްކަން އެނގިހުރެ އަޅުގަނޑުމެން އެހާ ހިތްތަޅުވާލީ. މިއީ ކަންތައްވެދިޔަގޮއް. އަޅުގަނޑުމެން ބިރުން ތިބިވަރުން ކަންތައްވެދިޔަގޮތް ނަރުހުންނަށް ކިޔައި ނުދެވުނީ” ޒަކުވާން ފުލުހުންނަށް ޒަކުވާންގެ ނަޒަރުގައި ކަންތައް ވެދިޔަގޮތް ކިޔައިދިނެވެ. އަމިއްލަޔަށް މަރުވާން އުޅުމަކީ ޤާނޫނީގޮތުންވެސް ބޮޑުކުށެކެވެ. އެހެންކަމުން ހަޤީގައް އެމީހުނަށް އެނގިއްޖެއްޔާ ސެހެރްގެ އާއިލާއާއި ހަމަޔަށް އެ ވާހަކަދާނެއެވެ. ސެހެރްގެ އާއިލާ މީހުންގެ ގޮތް އެތިންމީހުނަށްވުރެން ބޮޑަށް އެހެންއެކަކަށްވެސް ނޭގޭނެއެވެ. ފުލުސްމީހާ އޭގެފަހުންވެސް ދެތިން ސުވާލެއްކުރިއެވެ. ސެހެރާއިހަމަޔަށް ނުގޮސް އެމީހުން އެތަނުން ދިޔައެވެ.
ޒަކުވާން އަދިވެސް ސެހެރްދެކެ ވަރަށް ލޯބިވެއެވެ. އެއީ ރިކްޒާމެނަށް ނޭގޭ ކަމެއްނޫނެވެ. “ޒެކް. ދާންވީނު ގެއަށް ތި ތެއް އެއްޗެހި ބަދަލުކުރަން. ރިކް މިތާ މަޑުކުރާނަން. ޕްލީޒް. ޒެކް ބަލިވެއްޖިއްޔާޔޯ؟” ރިކްޒާގެ ބަސް ގަބޫލުކޮށްގެން ޒަކުވާން ނާހިލާއެކު ތެއް އެއްޗެހި ބަދަލުކުރަން ގެއަށް ދިޔައެވެ.
ލޯމަރައިގެން އޮތަސް ސެހެރް އޮތީ ހޭލައެވެ. ނިދިވަނީ ސެހެރާއި ވަރަށް ދުރުގައެވެ. ނުވިސްނަން އުޅުނަސް ހަމަ ޒަކުވާނާއި ދޭތެރޭ ވިސްނެނީއެވެ. ” މަށަށް ޔަގީން އެ އަންހެން ކުއްޖާ ވެއްޓުނީއެއް ނޫންކަން. މަ ވިއްޔަ ދިޔައީވެސް ޑޮކްޓަރާއި އެކު. މަ ދިޔަ އިރު އެތާ ތިބީ އެ ފިރިހެން ކުއްޖާއާއި އެހެން ދެ ފިރިހެނެއް. އެ ފިރހެން ކުއްޖާ ދޮގުހެދިކަން އެނގޭ. އެކަމަކު މަ އެއްޗެކޭ ނުބުނީ އެ އަންހެން ކުއްޖާގެ ބަލީގެ ގޮތުން. އެ އަންހެން ކުއްޖާ އިތުރަށް ބޯގޮވާނީ ފުލުހުން ސުވާލުކުރުމުން. އިނގޭ މިއީ ރަގަޅު ކަމެއްނޫންކަން. އެކަމަކު ނަރުހެއްގެ ޒިންމާއެއް ޕޭޝަންޓްގެ ކޮންފިޑެންޝިއަލް އެއްޗެހި އެގޮތުގައި ބޭއްވުމަކީ.. ” އެތަނަށް ވަދެގެން އައި ދެ ނަރުހުން ދެއްކި ވާހަކަ ރަގަޅަށްވެސް ސެހެރަށް އަޑުއިވުނެވެ. ސެހެރް ކިތަންމެ ޒަކުވާނާއި ދޭތެރޭ ނުވިސްނަން ހުއްޓަސް ވިސްނެނީއެވެ. ޒަކުވާން އެގޮތަށް ކަންތައް ކޮށްގެން ސާބިތުކޮށްދޭން އުޅެނީ ކޮން ކަމެއްހެއްޔެވެ. ކޮންމެ ގޮތެއްވިޔަސް ޒަކުވާނަށް މާފުކުރުމަކީ ސެހެރަށް ވެވޭނެ ކަމެއް ނޫނެވެ. ޒަކުވާންގެ ހިޔާލުގައި އޮއްވާ ސެހެރަށް ނިދުނެވެ.
ޒަކުވާން ދިޔަތާ ފަނަރަ މިނިޓު ނުވަނީސް ޒަކުވާން އައިސް ހުރީ ހޮސްޕިޓަލުގައެވެ. ” ޒަކުވާން. ބާރަށް ދުއްވާފަދޯ ދިޔައީ. ޕިސްޕިސް.. ރިކްއަށް އިނގެޔޭ ޒެކްގެ ހިތުގެ ހާލަތު. އެކަމް ހަނދާން ނައްތާނުލައްޗެ ތިއީ މިހާރު އެހެންމީހެއްގެ ހައްގެއްކަން.” ޒަކުވާންގެ އަމަލާދޭތެރޭ ރިކްޒާ އެހާ ހިންހަމައެއް ނުޖެހެއެވެ. އާޚިރުގައި ސެހެރާއި ޒަކްވާން ދެމީހުންނަށްވެސް ލިބޭނީ ހިތްދަތިކަމެވެ.
6 Comments!
Comments are closed.

V reethi. Ekamaku maakuree ?
Reethi
sorry for the late update of the story.. i had a problem wid my pc … hopw you all like this part also
V reethi.. waiting for next part
mi vaahaka genesdheveynee hafthaa aku ehfaharu.. kiyuntherin kairin mikamah maafah edhen…
v reethi