މަގުގެ އެއްފަރާތުން ލާފައި ހިނގާފައި ދިޔަ ނީކިޔާގެ މަންޒިލަކަށްވީ “ބްލެކް ވިލާގެ”އެވެ. ބާރު ހިނގުމެއްގައި ހިނގާފައި ދިޔަ ނީކިޔާ ހިނގާފައި ދިޔައީ ފާރުގައި ޖެހޭ ނުޖެހޭހާ ގާތުންނެވެ.ބްލެކް ވިލާގޭ ގޯތި ތެރެއަށް ވަންނަމުން ނީކިޔާ ސަލާމް ގޮވާލި އަޑާއި އެކު ގޭތެރެއިން ނިކުން ޒުވާން ފުރައިގެ އަންހެން ކުއްޖަކު އައިސް ސަލާމް ބަލައިގެތެވެ. “ނީކް ދޯ ވަދޭ ވަދޭ”ޝައިނާ އަތުގެ އިޝާރާތުން ވަންނަމުން ބުނެލި އެވެ.އޭރު ގޭގެ ސިޓިންގް ރޫމުގައި ފޯރިގަދަ މެޗެއް ކުޅޭ އަޑު […]