ނީކިޔާ
މަގުގެ އެއްފަރާތުން ލާފައި ހިނގާފައި ދިޔަ ނީކިޔާގެ މަންޒިލަކަށްވީ “ބްލެކް ވިލާގެ”އެވެ. ބާރު ހިނގުމެއްގައި ހިނގާފައި ދިޔަ ނީކިޔާ ހިނގާފައި ދިޔައީ ފާރުގައި ޖެހޭ ނުޖެހޭހާ ގާތުންނެވެ.ބްލެކް ވިލާގޭ ގޯތި ތެރެއަށް ވަންނަމުން ނީކިޔާ ސަލާމް ގޮވާލި އަޑާއި އެކު ގޭތެރެއިން ނިކުން ޒުވާން ފުރައިގެ އަންހެން ކުއްޖަކު އައިސް ސަލާމް ބަލައިގެތެވެ.
“ނީކް ދޯ ވަދޭ ވަދޭ”ޝައިނާ އަތުގެ އިޝާރާތުން ވަންނަމުން ބުނެލި އެވެ.އޭރު ގޭގެ ސިޓިންގް ރޫމުގައި ފޯރިގަދަ މެޗެއް ކުޅޭ އަޑު އިވި އިވި ހުއްޓެވެ.ނީކިޔާ އާއި ޝައިނާ ސިޓިންރޫމް އަށް ވަން އިރު ޕީއެސް އިން ފީފާ ކުޅެން އަލީކް އާއި ޝިއާން ތިއްބެވެ. ދެމީހުން ފޯރި އަރުވާލާފައި ކުޅެމުން ދިޔަ އިރު ދެމީހުންނަކަށް މީހަކު އައި ކަން ރޭކާވެސް ނުލައެވެ.”އޭކޭ ފޯރޓީ ސެވެން، ޝިއާން ގެ އަށް”ޝައިނާ ވަން ގޮތަށް ކޮށްލި އަމުރުން އަލީކް އާއި ޝިއާން އެއް ފަހަރާ ކަހަލަ ގޮތަކަށް ނީކިޔާ އާއި ޝައިނާ ހުރި ދިމާލަށް ބަލާލި އެވެ.އަލީކް ތެދުވެ ދާން ހިނގައިގަން އިރު ވެސް ޝިއާން ސޯފާ މައްޗަށް ވެއްޓި ގަނެގެން އޮތީއެވެ.”ގެއަށް ދާށޭ”ޝައިނާ އައި ގޮތަށް އައިސް ޝިއާން ގެ އިސްތަށިގަނޑު ގައި ހިފާ ދަމާލީ ޝިއާން އަށް ވެސް ތަދުވާނެހާ ވެސް ބާރަށްށެވެ.”މަ މި އޮތީ މަގޭ ގޭގައޭ”ޝިއާން އިސްތަށިގަނޑު ރީތި ކޮށްލިއެވެ.އޭރު އަލީކް ސިޑިން މައްޗަށް އަރަމުން ޝިއާން ގާތު އަވަހަށް އަންނާށޭ ބުނެލިއެވެ.”އޭކޭ ދޭ މަ މިތާ އޮންނާނަން މި މީހުން ދައްކާ ވާހަކަ އެއް ދައްކާ ނިމެން ދެން “ޝައާން ޝައިނާ އަށް އެއް ލޯ މަރާލަމުން ބުނެލިއެވެ.”މީ ތިމާގެ ގެ އެއް ނޫނޭ”ޝައިނާ ޝިއާން ގެ އަތުގައި ހިފައި ވައްޓާލެވޭތޯ އުޅުނެވެ.”މާފް ކުރަށްވާ.މީ ޝައިނާގެ ވެސް ގެ އެއް ނޫން “ޝައިނާ އޭނާގެ އަތަށް ދަމަން ފެށުމުން ޝިއާން ޝައިނާ އަށް ލޯ އަޅާލިއެވެ.”އޭ މާދަން ސްކޫލަށް ދާން ޖެހެ އޭ.ޝިއާން ގަނޑާ ހެދި އޭ އިނގޭ މަ ބުނާނީ ސްކޫލަށް ނުދެވުނީ މިސް ކައިރީގަ”ޝައިނާ ދެލޯ އަޅައިގެން ހުރެ ޝިއާން އާއި ދިމާލަށް ކުދި ކިޔައިގަތެވެ.އޭރު ނީކިޔާ ދެމީހުންގެ ކޯޅުން ގަނޑު ވީޑިއޯ ކުރަން ހުއްޓެވެ.”ދައިތަ ގަނޑު ހިސާބުގަ އަލީފާން ރޯ ކުރާ ވަރަށް ދުން ނޭރުވިޔަސް މަ ގޮސްފައި ނަމޭ”ޝިއާން ސިޑިން މައްޗަށް އަރަމުން ޝައިނާ އަށް ދޫ ދިއްކޮށްލިއެވެ.
“ސާބަސް”ނީކިޔާ ފަރާތަށް ބޯ ހޫރުވާލި އެވެ.”މާދަމާ އެއީ ފުރަތަމަ ދުވަހޭ.ލަހުން ދިޔައީމަ ކޯޗަކަށް ވާނީ”ނީކިޔާ ގަޑި ދައްކާލި އެވެ.”އޯހ ނޯ.އާދެބަލަ ވަރަށް ސަޅި އެއްޗެއް ދައްކާލަން”ޝާއިން އާއި ދެމީހުން ޒުވާބު ގަނޑުގައި ޖެހުމުން އޭނާ ޝައިނާ އަށް ގުޅައި ގެނައި ސަބަބު ވެސް ހަނދާން ނެތެވެ.
ޝައިނާ އެ ދައްކާ އެއްޗެއް ދައްކާ ނިމުމުން ނީކިޔާ އޭނާގެ ގެ އާއި ދިމާލަށް މިސްރާބު ޖެހީ ގަޑިން ދިހަ އެއް ޖަހަން ފަސް މިނެޓަށް ވެފައި ހުރުމުންނެވެ.މެދު މިނެއްގެ ހިނގުމެއްގައި ހިނގާފައި ދިޔަ ނީކިޔާ އަށް އަންނަން އޮތް ކޮޅި ގަނޑުގެ ބާރު މިނެއް ނޭނގެއެވެ.އެހެން ނޫން ނަމަ އޭނާ މި ނޫން މަގަކަށް އެޅީހެވެ.ނީކިޔާ ހަދަން ފަށާފައި ހުރި ގެ އަކާއި އަރާ ހަމަވި ވަގުތު މީހަކު އޭނާގެ އަތުގައި ހިފައި އެގޭތެރެ އަށް ވެއްދި އެވެ.ހަޅޭއްލަވާލާން ވެސް ވަގުތު ކޮޅެއް ނުދީ އެމީހަކު އޭނާގެ އަނގަ މަތީގައި އަތް އެޅުމުން ނީކިޔާ ލޯ ބޮޑު ކޮށްލަމުން ބަލާލި އިރު ކުރިމަތީގައި ހުރީ އޭނާ މިދުނިޔޭން ވެސް އެންމެ ފޫހިވާ މީހާ އެވެ.
ނީކިޔާ ގެ އަށް ދިޔަ އިރު އޭނާ އައުން ލަސްވެފައި އޭނާގެ މަންމަ ނަވްޔާ ހުއްޓެވެ. “ދަރިފުޅާ.މަންމަ ހީކުރީ ދަރިފުޅު ގެއްލުނީ ކަމަށް”ނަވްޔާ ފުރަތަމަ ވެސް ނީކިޔާ ފެނުމާއި އެކު ހެން ބުނެލިއެވެ.” ޝައި ގެ ގޮތް އިނގެ އެއްނު މަންމަ އަށް ވެސް.ޝައި އާއި ވާހަކަ ދައްކާލަން އަޅުގަނޑަށް މަޑު ކޮށްލެވުނީ “ނީކިޔާ އިތުރު ވާހަކަ އެއް ނުދައްކާ އޭނާގެ ކޮޓަރި އަށް ވަދުނު ގޮތުން ނަވްޔާ ގެ ހިތް ނީކިޔާ އަށް ގޮންމެވެސް ކަމެއް ވެއްޖެ ކަމުގެ ރަތް ސިގުނަލް ދިނެވެ.
ދުވަހަކީ އައު އަހަރުގެ ކިޔެވުން ފެށޭ ދުވަސް ކަމުން ސްކޫލް ދޮށުގައި ގިނަ އަދަދަކަށް ސްކޫލް ކުދިންނާއި ބެލެނިވެރިން ހަރަކާތްތެރި ވަމުން ދިޔައެވެ.ޝައިނާ ގޮވައިގެން ޝިއާން ސްކޫލް ދޮށަށް ދިޔަ އިރު ވެސް ދެމީހުން ދިޔައީ އެވަރަށް ޒުވާބު ކުރަމުންނެވެ.ޝިއާން ސައިކަލު ސްކޫލު ދޮށުގައި މަޑު ކޮށްލުމާއި އެކު ޝައިނާ ޝިއާން ގެ އިސްތަށިގަނޑު ގައި ހިފާ ދަމައިގަންނަމުން ސައިކަލު އިން ފޭބިއެވެ.ޝިއާން ވެސް ޝައިނާ ގެ ކޮލުގައި ބާރަކަށް ހިފަލީ ދޫނުދޭން ވެގެންނެވެ.އޭރު ނީކިޔާ ވެސް ދުރުން އަންނާތީ ޝިއާން އެތަން ޝައިނާ އަށް ދައްކާލިއެވެ.ޝައިނާ އަތް ހޫރާލަމުން ނީކިޔާ ގާތު އަތުގެ އިޝާރާތުން އަންނަން ބުނެލިއެވެ.
ނަމަވެސް ނީކިޔާ އައިސް ރައިނާ ގާތު މަޑު ކޮށްލަމުން ވާހަކަ ދައްކަން ފެށުމުން ޝައިނާ އަށް ލޯ ހިމަ ކޮށްލަމުން ޝިއާން ގެ އިސްތަށިގަނޑު ގައި ހިފާ ދަމާ ލަމުން އެތަން ދައްކާލިއެވެ.”އަލިފު،ބާ.ޝައިނާ މަގޭ އިސްތަށިގަނޑު ގައި ހިފާ ނުދެމިޔަސް މަށަށް އަޑު އިވެޔޭ”ޝިއާން އިސްތަށިގަނޑު ރީތި ކޮށްލަމުން ނުރުހުމުގެ އަޑެއް ލައްވާލިއެވެ. ނަަމަވެސް ޝައިނާ ނީކިޔާ އާއި ރައިނާ ތިބި ދިމާލަށް ބަލަން ހުރީ މަޝްހޫރު މީހެއް ފެނުމުން ވެސް މީހުން ނުބަލާ ކަހަލަ ގޮތަކަށް ށެވެ.ނީކިޔާ އަކީ ރައިނާ ދެކެ ވާ ފޫހިން ރައިނާ އާއި އަނގައިން ބުނެލި ކުއްޖަކަށް ނުވި އިރު މިއަދު ރައިނާ އާއި މާ ވަރަކަށް ވާހަކަ ދައްކަ ދައްކާފައި އުޅުމުން ޝައިނާ ހައިރާންވީ ދުވަހަކު ވެސް ނުވާހާ ބޮޑަށްށެވެ.
ބެލް އެޅުމާއި އެކުހެން ކުދިންތައް ސްކޫލަށް ވަންނަން ފެށީ ހިނި ހޮރަކަށް ހިނި ތެކެއް އެއްފަހަރާ ވަދުން ހެންނެވެ.ނީކިޔާ އާއި ރައިނާ އެއްކޮށް ވަންނަން ދިއުމުން ޝައިނާ އެދެމީހުން ފަހަތުން ދިޔައީ ނީކިޔާ އާއި ރައިނާ ދައްކާ ވާހަކަ އެއް އަޑު އެހުމަށް ޓަކައި އެވެ.ދެމީހުން ދައްކާ އެއްވެސް ވާހަކަ އަޑު ނީވުނެއް ކަމަކު ރައިނާ ގެ ބަހަށް ކިޔަމަން ކަމާއި އެކު ބޯ ޖަހަމުން ނީކިޔާ ދިޔައިރު ބަލާލަލާ މީހަކަށް ސިފަ ވަނީ ކިޔަމަންތެރި ދަރިއަކު މަންމަ ބުނާ ކޮންމެ ބަހަކަށް ބޯ ޖަހާލާ ގޮތެވެ.ރައިނާ އާއި ނީކިޔާ އެއްކޮށް ކުލާހަށް ވަނުމުން ޝައިނާ ނީކިޔާ ވަން ދިމާލަށް ބަލަން ހުރެވުނީ އެދެމީހުން ގެ އެކުވެރި ކަމުގެ ވާހަކަ ވެސް ނީކިޔާ އޭނާ ކައިރީގައި ބުނެފައި ނެތުމުންނެވެ.
ކުލާހަށް ވަން ގޮތަށް ޝައިނާ ބަލާލީ ނީކިޔާ އާއި ޖެހިގެން އިން ދެގިނޑީގައި ތިބި ދެމީހުންނަށް ށެވެ.ރައިނާ އާއި ޔަޝާ ނީކިޔާގެ ދެފަރާތުގައި ތިބި އިރު ނީކިޔާ ދިޔަައީ އެދެމީހުންނާއި ވަރަށް އެކުވެރި ކަމާއި އެކު ވާހަކަ ދައްކަމުންނެވެ.ޝައިނާ އާއި ދިމާލަށް ނީކިޔާ ބަލާލުމަށްފަހު ލޯ އަޅާލުމުން ޝައިނާ އަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ.ގައިމު ރޭގައި ވެސް އެގެއަށް އައިސް ނުލައިހިކު ވާހަކަ ދައްކަ ދައްކާފައި މިހާރު ލޯ އަޅައިގެން ހުރުމުން ޝައިނާ އަށް ވެސް ވީ ގޮތެއް ނޭނގުނެވެ.ޝައިނާ ނީކިޔާގެ ކުރިމަތީގައި އިން ގޮނޑީގައި އިށީނުމުން ވެސް ނީކިޔާ އަޅާނުލި ތާނގައި ބަލާ ވެސް ނުލިއެވެ.
ޝައިނާގެ ހިތުގައި ކިތަންމެ ސުވާލެއް އުފެދުނު ނަމަވެސް މަޑުކޮށްލީ ނީކިޔާގެ ގާތުގައި ވިއްދާފައި ތިބީ ދެ އިފުރީތުންނަށް ވުރެ ވެސް ނުބައި ބަޔަކަށް ވުމުންނެވެ.މީހެއްގެ ވާހަކަ އެއް އިނގެން ވާ އިރަށް މުޅި ސްކޫލަށް ފަޅާ އަރުވާލާ ދެމީހުން ތިއްބާ ވާހަކަ ދެއްކުމަކީ ސަހަލު ކަމެއް ކަމަކަށް ޝައިނާ އަށް ނުފެނުނީ އެވެ.އަދި ވަކިން ހާއްސަކޮށް ޝައިނާމެން ދެމީހުންގެ ވާހަކަ ތައް ފަޅާ އަރުވަން ވަރަށް ވަރު ހުންނާނެއެވެ.ސަބަބަކީ ޔަޝާ އާއި ރައިނާގެ ހިތުގައި ކިޔެވުމަށް އެދެކުދިން މޮޅު ވުމުގެ ސަބަބުން ހަސަދަވެރި ކަމުގައި ހުޅު ރޯ ވެފައި އޮތުމުންނެވެ.
އިންޓާރވަލް ގަޑި ޖެހުމުން ކުދިންތައް ކެންޓީނަށް ދިއުމުން ވެސް ޝައިނާ ފިލާވަޅު ނިންމާފައި ދިއުމަށް މަޑު ކޮށްލިއެވެ.ފިލާވަޅު ނިންމާލާފައި ޝައިނާ ކެންޓީނަށް ދިޔަ އިރު ކުދިންތައް ބޮނޑިވެފައި ތިބިތަން ފެނުމުން ހިތުގައި ސުވާލު މާކެއް ޖެހުނެވެ.ޝައިނާ އެތަނަށް ދިޔަ އިރު ރައިނާ އާއި ޔަޝާ އެތަނގައި ހުރުމުން ކޮންމެވެސް މީހެއްގެ މަހެއް ކަނީކަން އިނގުމުން ދެލޯ މައްޗަށް ހިއްލަމުން މޭޒަކާއި ދިމާލަށް ހިނގައިގަން ވަގުތު ކުދިންތައް އޭނާގެ ވާހަކަ ދައްކާހެން ހީވި އެވެ.ނަމަވެސް އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ ޝައިނާ މޭޒެއްގައި އިށީންނަން ދިޔަ ވަގުތު ތަންކޮޅެއް އެކަހެރި ކޮށް އިން މޭޒެއްގައި ނީކިޔާ އިންތަން ފެނުމުން އެދިމާއަށް މިސްރާބު ބަދަލުކޮށްލިއެވެ.ޝައިނާ ދިޔަ އިރު ނީކިޔާ ރޯން އިނުމުން ނީކިޔާ ފާޑަކަށް އޭނާ އާއި ދިމާލަށް ބަލާލަމުން ކުލާހަށް ދާން ހިނގައިގަތެވެ.”އައި ނޯ ސަމް ތިންގް އިޒް ރޯންގް.އެހެން ނޫނީ ނީކް އެއް ނުއެއް ރޯނެ”ޝައިނާ ކުޑަކޮށް ވިސްނާލަމުން ކާނާ ފެށީ ހަދާނެ ގޮތަކާއި މެދު ވިސްނަމުން ނެވެ.
“އައި އޭމް ސޮރީ ޝައި.އައި ޑޯންޓް ހޭވް އަދާރ ޗޮއިސް”ނީކިޔާ ކުލާހުގައި އިން ޝައިނާގެ ގޮނޑިއާއި ދިމާލަށް ބަލާލަމުން ބުނެލީ ހިތް ދަތި ގޮތަކަށް ށެވެ.ރޭގައި އޭނާ އެގެއަށް ވައްދާފައި ރައިނާ އޭނާ އަށް ނީކިޔާ އާއި ދުރުގައި ހުރުމަށް އިންޒާރެއް ދިނީއެވެ. ދުރު ނުވެއްޖެނަމަ ޝައިނާ ގެ ހުރިހާ ސިއްރެއް މުޅި ސްކޫލަށް ފަޅާ އަރުވާލާނެ ކަމުގެ ބިރުދެއްކީއެވެ.އަދި ބުނާނީ ނީކިޔާ ބުނި އެއްޗެކޭ ކިޔާފައި ކަމުގައި ވެސް ބުންޏެވެ.އޭނާ ޝައިނާ އާއި ދުރުގައި ހުރީ ޝައިނާ ގެ ހުރިހާ ސިއްރެއް ހިފަހައްޓައިދިނުމަށްޓަކައި އެވެ.ނަމަވެސް އޭނާ ޝައިނާ އާއި ވާހަކަ ނުދައްކާ ދުރުގައި ހުރުމުން ވެސް ވީ ފައިދާ އެއް ނެތެވެ.މިހާރު އޭގެން ވާހަކަ އެއް ޝައިނާ ގެ ކަންފަތަށް އަރައިފި ނަމަ އެ ހުރިހާ ވާހަކަ އެއް ޝައިނާ ގަބޫލު ކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
“އޭ ހިސާބު ގަނޑުގަ އަލިފާން ރޯ ކުރަމުން ދައިތަ ގަނޑު ތިޔައީ ކޮންކަމަކާ އޯ “ސޯފަގައި އޮށޯއް ވެގެން އޮތް ޝިއާން ފޯނުން ނަޒަރު ވަކި ކޮށްލުމެއް ނެތި ބުނެލިއެވެ.”ނީކް.ޝީ ބިޓްރޭޑް މީ”ޝައިނާ ޒުވާބު ކުރަން ނަހަދާ ބުނެލީ ރުންކުރު ގޮތަކަށް ށެވެ.އޭރު ސޯފާގައި އޮތް އަލީކް އާއި ޝިއާން ވެސް ޝައިނާ ދައްކަމުން ދިޔަ ވާހަކަ އަށް އެ ދެމީހުންގެ ސަމާލުކަން ހުއްޓާލިއެވެ.”ޑޭމް.އެކަމު އިއްޔަރޭ ވެސް ނީކް އައެއް ނޫން ތަ މި ގެއަށް.އައި އިރު ވެސް ހަމަ ބަރާބަރެއްނު”ޝާއިން އޭނާގެ ސަމާސާ ގޮތް ގަނޑު އެއްފަރާތް ކޮށްލާމުން ސީރިއަސް ވެލިއެވެ.އޭރު އަލީކް ވެސް ޝައުގުވެރިވެފައި އިން ގޮތަށް ޝައިނާ ދައްކަމުން ދިޔަ ވާހަކަ އަށް ސަމާލުކަން ދީގެން އިނެވެ.
ޝައިނާ މިއަދު ސްކޫލަށް ދިޔަ އިރުން ފެށިގެން އެންމެ އަކުރެއް ފިައްޔެއް ވެސް ވައްޓައިނުލާ ވީ ގޮތް ކިޔައިދިނެވެ.”އޭރު ވެސް އަހަންނަށް އެމީހުން ދައްކަނީ އަހަރުންގެ ވާހަކަ ކަން އިނގުން ނަމަ.އަހަންނެއް ހިޔެއް ނުކުރަން އޭނަ އެހެން ކަންތައް ކޮށްފާނެ އެކޭ “ޝައިނާ ދަބަސް ސޯފާ އަށް އެއްލަމުން ބުންޏެވެ.”ދެން ކިހިނެތް ހަދަން ތި ވިސްނަނީ “އަލީކް އަހާލީ ޝައިނާ ގެ ނިންމުމެއް ނޭނގޭތީ އެވެ.ޝައިނާގެ އެންމެ ނިންމުމަކުން ވެސް އެމީހުންގެ އެކުވެރި ކަމަށް ބުރޫ އަރާފާނެއެވެ.ހަތަރު މީހުންނަކީ އެންމެ ކުޑަ އިރުއް ސުރެ އެންމެ ގާތް އެކުވެރިންނަށް ވުމާއި އެކު އެ އެކުވެރިކަމަށް ބުރޫ އަރާކަށް އަލީކް ނޭދެއެވެ.ނަމަވެސް ނީކިޔާ ޝައިނާގެ ސިއްރުތައް ފަޅާ އަރުވާލުމުން އަލީކްގެ އިތުރުން ޝިއާން ވެސް ހިތްހަމައެއް ނުޖެހުނެވެ.
“ވެދާނެ އެއްނު ކޮންމެވެސް ނުބައެއް އުޅެނީ ކަމަށް ތިކަމުގައި ވެސް.އެއީ ރައިނާ އާ ޔަޝާ.ތަންކޮޅެއް ސިކުނޑި ބޭނުން ކުރަން ޖެހޭނެ އިނގޭ”ޝިޔާން ބުނެލީ އިރުކޮޅަކު ވިސްނަން އިނދެފައި އެވެ.”ޑޭމް. މަށަށް ހެޔޮ އެކޭ މެން އޭނަ އާއި ވާހަކަ ދެއްކިޔަސް ނުދެއްކިޔަސް.އެކަމު އޭނާ ވާހަކަ ތައް ފަޅާ އަރުވާލާފިއްޔާ އެއީ މަގޭ ކަމެއް ނޫން އިނގޭ”ޝައިނާ އޭނާގެ ނިންމުން ބަދަލު ކުރާކަށް ނުވިސްނަ އެވެ.
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ.ޖެހިލާ ވައިރޯޅިން މީހުންގެ ހިތްތަކަށް ހަމަޖެހުން ގެނެސް ދޭނެކަން ގައިމެވެ.ނަމަވެސް ރަށުގެ ތުނޑީ ކޮޅުގައި ރާޅުޖަހާ ފަށް ކައިރީ ގައި އިން ނީކިޔާގެ ހިތަށް ހަވީރުގެ ހިތް ފަސޭހަވަގުތުން ވެސް ހިތްހަމަޖެހުމެއް ނުލިބޭކަން ގައިމެވެ.އޭނާގެ ނަޒަރު ހުއްޓިފައި ވަނީ ދުރުން ދުވަމުން ވެއްޓެމުން ކަހަލަ ގޮތަކަށް އަންނަމުން ދިޔަ ކުދިންތަކެވެ.
އޭނާ ވެސް އެހެން އުފަލުގައި އުޅުނެވެ.އެއްވެސް ކަމަކާއި ހާސް ވުމެއް ނެތި މަޖަލުގައި ދުވަސްތައް ހޭދަކުރިއެވެ.ނަމަވެސް މިހާރު ހިތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ވެސް ލިބެން އޭނާ އަކަށް ނެތެވެ.ސަބަބެއް ނެތި އެއް ނޫނެވެ.އޭނާގެ އެންމެ ގާތް އެކުވެރިޔާ އާއި އޭނަ އާ ދެމެދު އޮތް ގުޅުން ނެތިގެން ދިއުމުގެ ސަބަބުން ނެވެ.
އިރު އޮއްސި އަނދިރި ވާން ފެެށުމުން ނީކިޔާ ގައިން ވެލި ފޮޅާ ލަމުން ގެއާއި ދިމާލަށް ދާން ހިނގައިގަތެވެ.ގޭތެރެއަަށް ވަދެ ވަދެ ހުއްޓާ ފޯނަށް ނޮޓިފިކޭޝަން އަށް އައުމުން ނީކިޔާ ކޮޓަރި އަށް ވަނުމުން ފޯނު ހުޅުވާ ބަލާލިއިރު ރައިނާ މެސެޖު ކޮށްފައި އޮތެވެ.މޫނަށް ފޫހި ވައްތަރެއް ޖައްސަމުން ނީކިޔާ މެސެޖު ހުޅުވާލިއެވެ.އެ މެސެޖުގައި މާދަމާ ރޭ ބައްދަލު ކުރަން ބޭނުންވާ ވާހަކަ ރައިނާ ބުނެފައި އޮތެވެ.ތަނާއި ވަގުތުގެ އިތުރުން އެހެން މައުލޫމާތު ވެސް ދީފައި އޮތެވެ.”ހުއް އަދި އެވަރުން ނުފުދިގެން އަނެއްކާ ކޯޗެކޭ ކިޔަން މީނަ މިއުޅެނީ”ނީކިޔާ ދަތްކުނޑި ވިކާލިއެވެ.ނަމަވެސް ދާން ނިންމީ ރައިނާ ކިޔާ އެއްޗެއް ބެލުމަށްޓަކައި އެވެ.
ޖެހިގެން އައިދުވަހު ގެ ރޭ ނީކިޔާ ރައިނާ ބުނިތަނަށް އަށެއް ޖަހަން ވާ އިރަށް ތައްޔާރުވެލިއެވެ.ރައިނާ ގަޑި ކީ އަށް ގަޑި ފަނަރަ އަށް ނަމަވެސް އޭނާ އަށެއް ޖަހަން ވާ އިރަށް ތައްޔާރުވެލީ ވިއްސާރަ ހުއްޓަން ވާ އިރަށް އަވަހަށް ދެވޭނީ ދާން ތައްޔާރުވެގެން ހުރުމުން ކަމަށް ވާތީ އެވެ.ނަމަވެސް ނީކިޔާ ގެ ހިތުގައި ނަވްޔާ މި އޮށް ފަދަ ވިއްސާރަ ރޭ އޭނާ ފޮނުވާނެ ކަމާއި މެދު ޝައްކު އުފެދުނެވެ.
ވިއްސާރަ ހުއްޓާނެ އިރެއްގެ އިންތިޒާރުގައި އިން ނީކިޔާ އަށް ސިހުމެއް ލިބުނީ ނަވްޔާ ގެ އަޑު ފަހަތުން އިވުމުން ނެވެ.”ދަރިފުޅާ ނީކް.ކޮންތާކަށް ދާން ތިހާ ރީތި ވެގެން ތި އުޅެނީ؟”ނަވްޔާ ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ.”މީ..ޝައިނާމެންނާ އެއްކޮށް”ނީކިޔާ އަމިއްލަ މަންމަ އަށް ދޮގު ހަދަން ޖެހުމުން ކުޑަކޮށް އުނދަގޫވިއެވެ.އޭނާ އަކީ މީން ދުވަހަކު ވެސް ނަވްޔާ އަށް ދޮގު ހެދި މީހަކަށް ނުވުމުން ކަމަށް ވެސް ވެދާނެ އެވެ.”މި އޮށްފަދަ ރޭ.ނޭނގެ މިރޭ ވިއްސާރަ ވެސް ހުއްޓާނެ ކަމެއް”ނަވްޔާ ބުނެލީ ބޭރު ދޮރުން ވިއްސާރަ ވެހޭތަން ބަލަމުންނެވެ.”މަންމާ ޕްލީޒް.އަލީކްއާ ޝިއާން ވެސް ދާނޭ ނީކްމެންނާ އެއްކޮށް”ނީކިޔާ ބެލީ ނަވްޔާ ރުއްސޭތޯ އެވެ.”މައްސަލައެއް ނެތް އެކަމު ނުވަ އެއް ޖަހާ އިރު ތިބެން ޖެހޭނީ ގޭގަ.މަންމަ ކިއިދޮންތަ ކައިރީވެސް ބުނާނަން”ނަވްޔާ ބުނެލީ އާންމު ކޮށް ނީކިޔާވެސް އަލީކްގެ މަންމަ އަށް ކިޔާ ގޮތަށްށެވެ.ޝައިނާ އާއި އެއްކޮށް ނީކިޔާ ޝައިނާމެން ގެ އަށް ގޮސް ހަދާތީ އަލީކްގެ މަންމަ އަށް ޝައިނާ ކިޔާ ގޮތަށް ނީކިޔާ ވެސް ކިޔަނީ އެވެ.
ވިއްސާރަ ތުނި ކޮށްލުމާއި އެކު ނީކިޔާ ދުވަމުން ކަހަލަ ގޮތަކަށް ކުރިން ރޭ އޭނާ ރައިނާ ވެއްދި ހަދަން ފަށާފައިވާ އިމާރާތާއި ދިމާލަށް ދާން ހިނގައިގަތެވެ.ނީކިޔާ އަށް އެގެ އާއި ހަމައަށް ދެވުން އިރު ހުރީ ފުދޭ ވަރަކަށް އޭނާވެސް ތެމިފައިއެވެ.”އޯހ ހީކުރީ ނާންނާނެ ކަމަށް.ތި އައީ ދޯ “ރައިނާ އެހެން ބުނެލި އިރު އަޑުގައި ބޮޑާކަމާއި ކިބުރުވެރިކަން ހުއްޓެވެ.އޭރު ރައިނާގެ ސެކިއުރިޓީ ހެން ޔަޝާ ފޯނުން އަލި އަޅުވައިގެން ހުއްޓެވެ.
ރައިނާ އެހާ ފޮނިކޮށް ބުނުމުން ރައިނާގެ މޫނު މަތީގައި ޖަހަން ވެސް ނީކިޔާގެ ހިތަށް އެރި އެވެ.ނަމަވެސް ރުޅިގަނޑު ހިންދާލަމުން ނީކިޔާ ރައިނާގެ ކުރިމަތީގައި އައިސް ހުއްޓުނެވެ.”ތި ދައްކާ ވާހަކަ އެއް ދައްކަ ބަލަ ދޯ ވަގުތު ބޭކާރު ނުކޮށް”ރައިނާ އަނގައިން ވެސް ނުބުނެ ހުރުމުން ނީކިޔާ ރުޅި އަންނަ ގޮތް ވިއެވެ.”ހާދަ ފޮނި ބޮޑުވެގެން ތި އުޅޭނީ”ރައިނާ ބުނެލީ ނުގޮތަކަށް ހީލަމުންނެވެ.”އަހަރުންގެ އެއްވެސް ވާހަކަ އެއް ފަޅާ އަރުވާލައިގެން ނުވާނެ”ރައިނާ ކޮށްލީ އަމުރެކެވެ.”އާއްޗާ މަ މީ ކަލޭގެ އަޅެއް ނޫނޭ.އެންމެން ކައިރީ ބުނާނަން.ލޯޑުން ގޮވަން ވެސް ގޮވާނަން “ނީކިޔާ ބުނެލީ ރައިނާ އަށް ދޫނުދޭންނެވެ.”ރިއަލީ.ހަަމަ ބުނި މި ވަޅީގެ ތޫނު ކަން ދައްކާލާނާން” ރައިނާ ބުނެލީ ލައިގެން ހުރި ޖިންސް ގެ ފަހަތު ޖީބުން ކުޑަ ވަރެއްގެ ވަޅިއެއް ދައްކާލާމުންނެވެ.
ނީކިޔާ އަށް ވަގުތުން ރައިނާ ބުނެލި އެއްޗެއް ސާފުވިއެވެ.ރައިނާމެން އެހިފީ އޭނާގެ ބަލި ފައިގައި އެވެ.ނީކިޔާގެ ދެ ލޮލުން ބިރުވެރިކަން ވަގުތުން ފާޅުވިއެވެ.”ހެހެ ތި ވަޅީގެ ތޫނުކަން ދެއްކުމުގެ ބަދަލުގަ ކޮށި ކަން ދައްކައިލައިފިއްޔާ ކިހިނެތް ވާނީ”ރައިނާ އާއި ޔަޝާ ގެ އިތުރުން ނީކިޔާ ވެސްް އެއްފަހަރާ ހެން އަޑު އައި ދިމާލަށް ބަލައިލި އިރު ޝިއާން އާއި އަލީކްގެ އިތުރުން ޝައިނާ ވެސް ހުއްޓެވެ.
ޝައިނާ އާއި އަލީކްގެ އިތުރުން ޝިއާން ވެސް ހުރި ގޮތުން ތިން މީހުންނަށް ވެސް ދެންމެ އެމީހުން ދެއްކި ވާހަކަތައް އަޑު އިވުން ކަން ރައިނާ އާއި ޔަޝާ އަށް އިނގުމުން އުނދަގުލުން ހިންދިރުވައިލެވުނެވެ.މިހާރު ވެސް ޝިއާންމެން ބޭނުން ނަމަ ޕޮލިހަށް ރިޕޯޓް ކުރެވޭނެކަން ރައިނާމެންނަށް އިނގެއެވެ.އެހެން ކަމުން ދެ މީހުންގެ މޫނުމަތިން ވެސް ފާޅުވަމުން ދިޔައީ ބިރުވެރިކަމެވެ.”ވަޅީގެ ތޫނުކަން ދައްކާލާނަމޯ ކިޔާފަ އަދި އެބަ ނީކް އާ ދިމާ ކުރެއެއްނު.މަށަށް އޭރުވެސް އިނގެއޭ މީ ކަލޭމެންގެ ރޭވުމެކޭ”ޝިއާން އޭރު ހުރީ ރުޅި އައސްގެން ގޮސް ފަޅައިގެން ދާން ކައިރިވެފައި އެވެ.އެކަމާ ބިރުން ރައިނާ އާއި ޔަޝާ ހީވަނީ ދެންމެ ދެންމެ ވެސް ބިރުން ފިލާފާނެހެންނެވެ.
“ހިނގާ ދާން ދެން މިކަން މި ނިމުނީ އެއްނު.ނީކް ވެސް ހިނގާ”ޝިއާން ރުޅި އައިސްގެން އަތުން ފައިން ގޯހެއް ނަހަދަނީސް އަލީކް ބެލީ އެތަނުން ޝިއާން ގެންދެވޭ ތޯ އެވެ.ނީކިޔާ ގޮވައިގެން އަލީކް އަށް އެ އިމާރާތުން ނިކުމެވުން ކަމެއް ނޭނގި ޝައިނާ ނީކިޔާ ގައިގައި ބައްދާލިއެވެ.ހަގީގަތް އިނގުމުން ޝައިނާގެ ހިތް ވަނީ ސާފު ވެފައި އެވެ.
ނީކިޔާ ހުރިހާ ކަމެއް ވެސް ކޮށްދިނީ އޭނަ އަށްޓަކައި ކަމަށް ވާ އިރު އޭނާ ވީ ޝުކުރު ކުރާކަށް ނޫންހެއްޔޭ ޝައިނާގެ ހިތަށް އެރިއެވެ.”ސޮރީ ނީކް ސޮރީ.ނީކް އަހަންނަށް މާފު ކޮށްދޭނަން ތަ؟”ޝައިނާ ބޭނުންވީ ނީކިޔާ ގެ މާފެވެ.”އަހެރެން ޝައި އަށް މާފު ކޮށްފިން.އަބަދުވެސް ކުރާނަން “ނީކިޔާ ބުނެލި ގޮތުން ހީވީ ޝައިނާގެ ބަދަލުގައި އަމިއްލަ ނަފްސާއި ދިމާލަށް ބުނެލި ވާހަކަ އެއް ހެންނެވެ.
“ހިނގާ ދާން މިހާރު ނުވަ އެއް ޖަހަނީ އެ އޮށް”ނީކިޔާ އާއި ޝައިނާގެ ވާހަކަތައާ އަޑު އަހަން ހުރި ޝިއާން ބުނެލިއެވެ.”އޯހ ނޯ.ކިހާވަރެއް ގަޑިން.މިއައީ މަންމަ ކައިރީ ވައުދު ވެގެން ނުވަ އެއް ޖަހަން ވާ އިރަށް އަންނާނަން ކަމަށް”ނީކިޔާ ބުނެލީ ދުވަމުން ކަހަލަ ގޮތަކަށް ގެ އާއި ދިމާލަށް ދުއްވައިގަންނަމުންނެވެ.”ސާބަސް އެންމެ ފަހުން އަހަރުން ބޮލަށް ދޯ ޖެހީ ވެސް ބޭރަށް ނިކުންނަން”އެންމެން ހެއްވާލީ ޝިއާންގެ ސަމާސާ އެވެ.
ނީކިޔާ ދިޔަ ދިމާލަށް ބަލަން ހުރި ޝައިނާ އެއްކަމެއްގެ ވެސް ދެން ހަގީގަތް ނުބަލައި އެނެކަކުންނާއި ދިމާލަށް އެއްޗިހި ކިޔާ ނުހަދާނަން ކަމުގައި ހިތުގައި ވަރުގަދަ އަޒުމެއް ކަނޑަ އެޅި އެވެ.މިއަދު ހަގީގަތް ނުބަލައި ގޮތް ނިންމުމުން އޭނަ އަށް ލިބުން ލަނޑު ވެސް ވަކި ކުޑަ އެއް ނޫނެވެ.ތިން ޒުވާނުން އެކީ ގެއަށް ދިޔައީ މިއަދު މި ދިމާވި ކަމަކުން ފިލާވަޅު ލިބިގަންނަމުންނެވެ.
ނުނިމޭ
ނޯޓް: ކިޔުންތެރިންގެ ސަމާލުކަމަށް!މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ކަމުން މި ވާހަކައިގައި ކުށް ހުރުން އެކަށީގެންވެއެވެ.ހުރިހާ ކިޔުންތެރިން ވެސް އަޅުގަނޑަށް ލިޔެވިފައި ހުރި ކުށްތައް ކޮމެންޓްގައި ހިއްސާކޮށްލުން އެދެން 🤗
14 Comments!
Comments are closed.

Nimuny aslu innany.alhugandah olhifa einee
Maasha allah mi vaahaka vx varah varah reethi. Rifoo get aa vaahaka akah inthizaaru kuran. Keep going my dear.
💝💝💝 LYSM 💝💝💝
Mi vaahaka varah vx reethi.rifoo ge aa vaahaka akah inthizaaru kuraaanan
Lysm rifoo 💓💞💓💞
Thank you rauha in sha Allah Ramadan mahu alhugandu aa vaahaka eh kiyaalan libeyne.
once again thank you rauha
Love you more 💕💕💕<3
Maasha allah mi vaahaka vx varah varah reethi. Rifoo ge aa vaahaka akah inthizaaru kuran. Keep going my dear.
💝💝💝 LYSM 💝💝💝
Thank you vempire girl. rifoo mi masaikai kuranee dhigu vaahaka eh iraadha kureviyya Ramadan ah vaairah ninmey tho.in sha Allah Ramadan mahu alhugandu aa vaahaka eh upload kohlaanan
Once again thank you dear 💖💖💖
Love you more vempire girl
Masha Allah❤️ Rifoo! You’ve done a great job.. It’s amazing.. Keeeep goingg your outstanding work.. Curiously waiting for a long story..💗
Thanks lily.in sha Allah kurin vx bunihen rifoo long story eh upload kohlaanan Ramadan mahu.varah ufaa vejje lily ah mi vaahaka kamu dhiya kan inguny ma
Love you more lily 💖💕
Wow rifoo mi vaahaka hama varah vx reethi masha Allah 💓💓💞💞. can’t wait for ur long story.mi vaahaka kiyaafa lau ah Hama heveni 🤣🤣.varah majaa and varah reethi iburatheh haasil vejje.rifoo ge long story ves varah reethi vaane hen heevani..
Once again mi vaahaka hama varah reethi masha Allah 💓💞💓
Love you so much my dear rifoo
Thanks Laura
Mihaaru rifoo mi dhany long story liyamun. ehkoh ninmaalaafa in sha Allah upload kohlaanan.rifoo mi balani Ramadan ah ninmey tho.in sha Allah long story vx mi story ah vure furihama koh liyaanan
Love you more Laura ❣️❣️
heyyy.. are you the same rifoo who used to comment on my stories???
masha allah this story is really great dear 😍.. I absolutely loved it!! keep shining brighter and brighter darling..🥰❤️ and waiting for you long story as well ❤️
Ly!! ❤️
Yes nayaa.vrh ufaa vejje nayaa ah mi vaahaka kamu dhiya kan inguny ma.thankas nayaa.in sha Allah Ramadan ah vaahaka upload kohla dheynan
Love you more nayaa
wooow v v reethi masha allah…meethi silsilaa vhk eh gothuga nerunu nama thankolhen furihama vis kanne…btw hama v furihama ingey💞
Thanks kokki.mi vaahaka akee alhugandu kurin ehen kamaku liyefa in vaahaka eh veema silsilaa koh nugenes dhiny.and alhugandu mihaaru aa vaahaka eh liyaa thi aa vx ehkoh.shukuriyya ekam thi dhevvi hiyaalah kokki