ކޮޓަރިތެރޭގައި ވަނީ ފަނޑުފަނޑު އަލިކަމެކެވެ. ތަރުތީބުން އަތުރާލެވިފައިވާ ފަރުނީޗަރުތަށް ވަކިވާވަރުގެ އަލިކަމެއްނަމަވެސް ހިތަށް ހަމަޖެހުން ލިބޭފަދަ އަލިކަމެއް ނޫންނެވެ. އެހެން ކަމުން ކޮޓަރީގެދޮރު ހުޅުވާލީއްސުރެ ކުރިޔަށް ފިޔަވަޅެއްވެސް އަޅަންނޭނގި ޙައިރާންކަމާއިއެކު ހުއްޓިފައި ހުރެވުނެވެ. ކުއްލިއަކަށް ކޮޓަރިތެރެއިން މަޑުމަޑު ކުކުރުމެއްގެ އަޑު އިވިއްޖެއެވެ. ލަފާކުރެވޭ ގޮތުގައި އުމުރުން ދުވަސްވެ، ބަލިވެފައިވާ މުސްކުޅިއަކު ކޮންމެވެސް ކަމަކަށް އެދެނީއެވެ. އެއަޑުގައިހުރީ އެފަދަރާގެކެވެ. ނަމަވެސް ކޮޓަރީގައިހުރި އެނދުމަތީގައި ހަމަގައިމުވެސް މީހަކު ނެތެވެ. އެނދުހުރީހުހަށްކަން އެފަޑުއަލިކަމުގެ ތެރޭގައިވެސް ޔަނގީންކޮށް އެނގެއެވެ. އެހެންވީމާ އެއީކޮންދިމާއަކުން އައިއަޑެއް […]