އެހެންދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް ނޫރާ ގެއިން ނުކުތީ ގަޑިޖެހެން އެންމެ ފަސް މިނެންޓަށް ވެފައި ވަނިކޮށްށެވެ. ނޫރާ ނަލަ ވެލައި ކޮޑުގައި ދަބަސް އަޅުވައިގެން ނިކުތީ ކޮލެޖް އަށް ދާންށެވެ. “ގަޑި ޖެހިގެން ދާއިރުވެސް ތިހާ ފަރިނުވީޔާ ނުވަނީތަ ކޮންމެހެން…ކާކަށް ދައްކަން ކަލޭ ކައިރީ މިހާރު ހާސް ދުވަހު ބުނެއްވިއްޖެ ކަލޭތީ އަންހެންކުއްޖެކޭ ކަލޭ ތިހެން މާ ތުއިވެގެން އުޅެންޔާ މާދަން ނޫންކަން ނޭނގޭ އަހަރުމެންގެ އަގު ވެއްޓޭނީ މި ސިކުނޑީގަ ހަދާންކޮށް މިކަން ބައިންދާތި ދެން […]