ތުނި ދޮރުފޮތިތަށް ތޮރުފާލާފައި ކޮޓަރިތެރެއަށް އިރުގެ ހޫނުކަމާއި އަލިކަން ފެތުރިގަތެވެ. ޒަމާނައައި ބަދަލުތަކާއިއެކު ސަރަހައްދުގައި ހާ ގޮވުމުގެ ދުވަސްތަށްވެސް ވަނީ ފަހަނައަޅާ ގޮއްސްފައެވެ. ނަމަވެސް ދޫޏި ސޫފާ ސޫފީގެ ތޫލި އަޑުން ނުކެނޑޭކަން އެއީ އެ މާހައުލުގެ ފުރިހަމަކަމަށް ލިއްބައިދިން ނަސީބެވެ. ކުޑަދޮރާ ކުރިމައްޗަށް ވާގޮތަށް ބަހައްޓާފައި ހުރި ބޮޑު އެނދުގައި ނިދާފައި އޮތް މާޝަލްގެ މޫނަށް އަވިއެޅެން ފެށުމުން އޭނާ އެސްފިޔަ ތަޅުވައިގަތެވެ. ކުނި މޫނު ހަދާލަމުން ރަޖާގަނޑު މޫނުގައި އަޅާ އަދި އޭގެ މަތީގައި ބޮޑު ކަފަ ގަނޑެއްފަދަ ބާލިސް […]
ރިޕޯޓު ފޯމް ސްޓޭޖު މަތިން ލިބުމާއެކި ސިޑިން ފައިބައިގެން އައިސް ގޮނޑީގައި އިށީނދެ ފައިލް ހުޅުވާލީ ވަރަށް ފޮނި އުންމީދަކާއެކީގައެވެ. މި އަހަރު ހާސިލް ކުރެވުން ނަތީޖާ ބެލުމަށްޓަކައި އެ ހިތުގައި އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. އޭނާ ދިޔަ ކުލާސް ބަލާލާފައި ކުޑަކޮށް ކުރިއަށް ބޯދިއްކޮށްލާ ކުރިމަތީ އިން އަންހެން ކުއްޖާގެ ރިޕޯޓަށް ބޯދިއްކޮށްލިއެވެ. ކަނދުރާ ކައިރިން މީހެއްގެ ހިޔަނި އެޅުން ހެން ހީވެގެން ކައިނާ ފަސްއެނބުރުނެވެ. މޫނާ ޖެހޭނުޖެހޭ ހިސާބުގައި އިން މާޝަލް ވަގުތުން ދުރަށް […]