Skip to content
އެސްފިޔަ

ކައިޝަލް

ރިޕޯޓު ފޯމް ސްޓޭޖު މަތިން ލިބުމާއެކި ސިޑިން ފައިބައިގެން އައިސް ގޮނޑީގައި އިށީނދެ ފައިލް ހުޅުވާލީ ވަރަށް ފޮނި އުންމީދަކާއެކީގައެވެ. މި އަހަރު ހާސިލް ކުރެވުން ނަތީޖާ ބެލުމަށްޓަކައި އެ ހިތުގައި އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. އޭނާ ދިޔަ ކުލާސް ބަލާލާފައި ކުޑަކޮށް ކުރިއަށް ބޯދިއްކޮށްލާ ކުރިމަތީ އިން އަންހެން ކުއްޖާގެ ރިޕޯޓަށް ބޯދިއްކޮށްލިއެވެ. ކަނދުރާ ކައިރިން މީހެއްގެ ހިޔަނި އެޅުން ހެން ހީވެގެން ކައިނާ ފަސްއެނބުރުނެވެ. މޫނާ ޖެހޭނުޖެހޭ ހިސާބުގައި އިން މާޝަލް ވަގުތުން ދުރަށް އެއްލުނެވެ. ކައިނާ ލޯ އަޅާލިއެވެ. މާޝަލްއަށް ހިނިތުންވެލެވުނެވެ. އެއީ އަބަދުވެސް ކައިނާގެ އާދައެވެ. ނުރުހިފަ ނޫނީ އޭނާއަށް ބަލާލި ފަހަރެއް ނާންނާނެއެވެ.

މާޝަލް މާޔޫސްވިއެވެ. އޭނާގެ ބަދުނަސީބެވެ. ފުންނޭވާއެއް ދޫކޮށްލެވުނެވެ. މިއީ އަލްވާދު ކިޔުން ހެއްޔެވެ. ކައިނާޔާ އެއްކުލާހަކަށް ދިއަތޯ ބެލުމަކީ ރިޕޯޓު ދޭ ދުވަހު އޭނާ ސްކޫލަށް ހާޒިރުވާ މައިގަނޑު ބޭނުމެވެ. ފާއިތުވެ ދިޔަ ތިން އަހަރުވެސް އޭނާގެ އެދުން ވަނީ ފުރިހަމަވެފައެެވެ. ނަމަވެސް ގްރޭޑް ހަތެއް ނިމުން ދުވަހު އެ ދެމީހުންގެ ގުޅުމަށް ނިމުމެއް އައެވެ. އެކުވެރިންނެއް ނޫނެވެ. ލޯބިވެރިން ނުވަތަ އާއިލީ ގޮތުން ގުޅުމެއްވާ ދެ މީހުނެއްވެސް ނޫނެވެ. ދުވަހަކުވެސް ގާތް ކޮށް ވާހަކަ ދެއްކި ބަޔެއްވެސް ނޫނެވެ. ނަމަވެސް އެ އަހަރުގެ އަލްވަދާއު ކިޔުމުން ދެހިތަށްވެސް ކުރީ ނޭނގޭ އިހްސާސެކެވެ. ދެލޯ ކުރިމަތިން އަނެކާ ގެއްލެން ނޭދުނުނަމަވެސް މިއީ ހަގީގަތެވެ.

ވާހަކަ ނުދެއްކިއެއްކަމަކު ފާއިތުވެ ދިޔަ ތިން އަހަރު ސްކޫލަށް ހާޒިރުވާ ކޮންމެ ދުވަހަކު ސްކޫލުގައި ހޭދަކުރާ ހަ ގަޑިއިރު އެއް ކުލާހެއްގެތެރެއިން ލޮލުގެ ކޮޅަށް ނަމަވެސް ފެންނަ ހިސާބުގައި އަނެކާ ހުންނަ ހުރުން ބަދަލުވެގެން ދިޔުމަކީ ތަސައްވަރު ކުރަން އުނދަގޫ ކަމަކަށް ވިއެވެ. އަމިއްލަ އިހްސާސްތަށް ހާމަކުރުމުގެ ހިތްވަރު ނެތްނަމަވެސް އެންމެ ފެނިލުމަކުންވެސް ލޮލަށް ފުދޭފަދައެވެ. ގެއްލުމެއްނުލިބި ހަމައަށް ނޭވާ ލެވޭ ހާލު އޭނާ ހަރަކާތް ކުރާތަން ފެންނަފެނުމުން އެދުން ފުރިހަމަވެއެވެ.

ހޯލުން ނިކުމެގެން އައިސް ޕްލޭ ގްރައުންޑުގެ ބެންޗެއްގައި މާޝަލް ޖައްސާލިއެެވެ. އޭނާގެ ހަނދާނަށް އަންނަ ފެށީ ފާއިތުވީ ތިން އަހަރުގެ ތެރޭ ކައިނާޔާ އެކު ހޭދަކުރެވުން ވަގުތުތަކެވެ. އަނގަބަހުން އެންމެ ބަހެއްވެސް ނުބުނިކަމުގައިވިޔަސް ކުދި ކުދި މާނަ ފުން ހަރަކާތްތަކެވެ. ފުޓުބޯޅަ ކުޅެނިކޮށް އޭނާ ވެއްޓި ފައިމަށައިން ދިޔަ ދުވަހު ލޮލާ ލޯ ދިމާކޮށްނުލާ ޓިޝޫއަކުން ލޭ ފޮހެލާފައި ޖީބުން ބޭސްމަލަމެއް ނަގާ އޭނާގެ ފައިގައި އަޅާދީފާ ދުއްވައިގަތް ގޮތެވެ. ނިދާފައި ކަމަށް ހެދިގެން އޮތްވަގުތު އޭނާގެ މޫނަށް އަވި އެޅުމުން ކައިނާގެ އޭނާގެ އަތުން އަވި ނިވާކޮށްދިން ވަގުތުކޮޅެވެ. އެސެމްބެލީ ގަޑީގައި ކައިނާގެ ބޫޓުމައްޗަށް ކުރިން އަރާފަދައިން ކުރިއަށް އޮތް އަހަރު ނޭރޭނެޔޭ ހިތަށް އެރުމުން މާޝަލް މާޔޫސްވިއެވެ. އެފަދަ ކޮންމެ ހަރަކާތުން ދައްކުވައިދޭ އަރާރުންވުމުގެ ވަގުތުގައި ކައިނާ ގޮށްމުއްކަވާފައި އަތުން އޭނާގެ އުޅަނބޮށީގައި ޖަހާ ފަހަރުތަކުގެ ރަތްކަން އަދިވެސް އެ ދޮން ހަނގަޑުން ނުކެނޑެއެވެ. ކެނޑޭކަށް އޭނާގެ ހިތް ނުވެސް އެދޭނެއެވެ. ދެބުމަ ގޮށްޖަހާފައި މާޝަލްއަށް ކުރިން ބަލާހެން ދެން ބަލާކަށް ކައިނާއެއް ނުހުންނާނެޔޭ ހިތަށް އެރިއެވެ. ކުލާސް ގަޑި ކަޓުވާފާ ރައްޓެހިންނާއެކު ސްކޫލު ތެރޭ ދުވެފައި އަންނަ އިރު ނޯޓްސް ނަގާދީފާ އޭނާގެ ޑެސްކުތެރޭ ފޮރުވަދޭނީ ކައިނާ ނެތިއްޔާ ދެން ކާކުހެއްޔެވެ. ކިތަންމެ ރުޅިވަރިކަމެއް ދެލޮލަށް ހެކިކޮށް މޫނުމަތީ ކުލަވަރުން ދެއްކިނަމަވެސް އަޖައިބުކުރުވަނިވި ހެޔޮކަމުގެ ކުދިކުދި ހަރަކާތްތަށް ކައިނާ ދައްކާލާގޮތް އޭނާ ވަރަށް ހަނދާވާނެއެވެ. އެންމެ އަހަރެއްވެސް އެ ރުޅިގަދަ ދައިތަޔާ ނުލާ އޭނާ ހޭދަކުރެވޭނެބާއެވެ.

އިރު އަރާ އިރު އޮއްސޭ ބީދައިން ދުވަސްތަަށް ހަފްތާތަކަށް ބަދަލުވެ ހަފްތާތަށް މަސްމަހަށް ބަދަލުވެ އަހަރުތަށް ފާއިތުވަމުން ގެންދިޔައެވެ. ކައިނާޔާ ނުލާ ގްރޭޑް އަށަކާއި ނުވައެއް މާޝަލް ނިންމާލީ ވަރަށް ހާލުންނެވެ. ދެ އަހަރު ދުވަސްވީއިރު ކޮރިޑޯއިންވެސް ކައިނާ ފެންނަނީ މަހަކު އެއްފަހަރަކު ކަހަލަ ގޮތަކަށެވެ. އެ ދެމީހުންގެ ނަންނޭނގޭ ގުޅުމަކީ ސިއްރެއްކަމުން އިތުރު މީހެއް ކައިރި ކައިނާގެ ހާލު އެހޭނީ ކިހިނަކުން ކޮން ހައިސިއްޔަތަކުން ހެއްޔެވެ. އެތަށް އަންހެން ކުދިންނެއް އޭނާއަށް ހުށެއެޅުންތަށް ހުށައަޅަމުން ދިޔަނަމަވެސް މާޝަލްގެ ލޯ ކައިނާގެ މޫނަށް ދަތުރުކުރާ ނަޒަރުގައި އެހެން މޫނަކަށް ދަތުރު ނުކުރާނެއެވެ. ފަސްއަހަރު ހިތުގައި ފަސްއަޅާ ފޮރުވިފައިވާ އިހްސާސްތަކަށް ދޭނެނަމެއް އަދިވެސް އޭނާ ދިރާސާ ކުރަނީއެވެ. މިއީ އަނެއްކާ “ލަވް ސްޓޯރީ” އެއް ބާވައެވެ.

އިންތިޒާރު ކޮށްލައްވާ !

ވާހަކައިގެ މި ކުޑަ ފެށުން ކިޔާލުމައްފަހު ދެކޭ ގޮތް ކޮމެންޓް ކޮށްލަދިނުމަކީ އަޅުގަނޑަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ! ☺☺

Comments (14)

  1. magnumm

    OMG…..itx so obi..I mean the feshun???im so curious to read next episode???mi love stry nimendhen geneshdheythi hadhain koh???hehe…lve u sissyy

    1. quinnnnn
      magnumm

      ahahaha thank you ❤❤☺ insha allah genesdheynan nimendhen. ily2?

  2. މަލް

    Interesting!! Mi vaahaka varah unique kohdhehchey! Varah cute! I like how u shipped their names!!?? waiting for the next part..

    1. quinnnnn
      މަލް

      yeah this concept will be pretty unqiue than other ones. hoping you all would like it thanks alot mal ❤❤☺?

  3. quinnnnn

    This is a little trailer of my very first story ? I hope you all like it and I hope I’ll get ur support . I accidentally uploaded the concept of this story and it got published which is a very huge mistake I’m very sorry but I don’t plan to stop this story just yet so if u don’t want the story to get spoiled for you please don’t read the article published under the heading of “thing” from my acc. ?♥ if you read it in ur own will please do not comment about it to spoil it for other readers. Hope you all do understand ????

    1. quinnnnn
      quinnnnn

      the concept artical is now taken down by the admin. just letting you all know ☺☺

  4. Faathun

    V reethi maasha allah keep it up ingey

    1. quinnnnn
      Faathun

      yeah insha allah ☺ thank you very much ❤❤??

  5. taetae

    mashallah…vv reethi vaanehen heevey…waiting curiously

    1. quinnnnn
      taetae

      thank youuu taetae ☺❤ next part varah avahah up kohladheynan insha allah ?

  6. Isha

    V reethi vaane hen hyvany…v unique ????

    1. quinnnnn
      Isha

      thanks alot ishaaaa ! ??☺?

  7. Quiiin?

    Wooow … kuriah huri parts vx hyve vrh rythi vaane hn ❤

    1. quinnnnn
      Quiiin?

      ahha thank you ❤❤expecting to see you in the next part ☺☺

Comments are closed.