އަހްމަދާއި އޭނާގެ އާއިލާ ށ.ޅައިމަަގަށް ބަދަލްވީ ދިރިއުޅުމަކައިގެންނެވެ.އަހްމަދައް އާ ވަޒީފާއެއް މިރަށުން ލިބުމުން ގެޔެށް ހޯދައިގެން މިރަށް ބަދަލުވިއެވެ.މާހިލް އާއި ކިޔާރާ ގެޔަށް އާދެވުމުން ތިބީ ހައިރާން ވެފައެވެ.ބޮޑު ގެއެކެވެ.ތިރި ވަށާފާރެއްގެ ފަހަތުގައި މޯޅިވެފައިވާ ފިނިފެންމާ ގަސްތަކެއް ހުއްޓެވެ.ދެބަޔަށް ނަގައިފައިހުރި ގެ ހުރީ ގަދަ ނޫކުލައެއްލާފައެވެ.ބައިވަރު ކުޑަ ދޮރުތަކެއް ހުރިއިރު އެތެރެ ފެންނަންއޮތީ އަނދިރިކޮށެވެ. ޓެކްސީއިން ފޮށިތައް ބާލައިފައި އަހްމަދް އަވަސްވެގަތީ ގެޔަށް ވަންނާށޭވެ.ގޭޓުގައި ބޮޑު ތަޅެއް ހުއްޓެވެ.އަހްމަދް ދަބަހުން ބޮޑު ތަޅުދަނޑިއެއް ނެގިއެވެ.ދޮރު ހުޅުވުމާއެކީ އެންމެ […]