Skip to content
އެސްފިޔަ

އެގޭތެރެއިން (1)

އަހްމަދާއި އޭނާގެ އާއިލާ ށ.ޅައިމަަގަށް ބަދަލްވީ ދިރިއުޅުމަކައިގެންނެވެ.އަހްމަދައް އާ ވަޒީފާއެއް މިރަށުން ލިބުމުން ގެޔެށް ހޯދައިގެން މިރަށް ބަދަލުވިއެވެ.މާހިލް އާއި ކިޔާރާ ގެޔަށް އާދެވުމުން ތިބީ ހައިރާން ވެފައެވެ.ބޮޑު ގެއެކެވެ.ތިރި ވަށާފާރެއްގެ ފަހަތުގައި މޯޅިވެފައިވާ ފިނިފެންމާ ގަސްތަކެއް ހުއްޓެވެ.ދެބަޔަށް ނަގައިފައިހުރި ގެ ހުރީ ގަދަ ނޫކުލައެއްލާފައެވެ.ބައިވަރު ކުޑަ ދޮރުތަކެއް ހުރިއިރު އެތެރެ ފެންނަންއޮތީ އަނދިރިކޮށެވެ.
ޓެކްސީއިން ފޮށިތައް ބާލައިފައި އަހްމަދް އަވަސްވެގަތީ ގެޔަށް ވަންނާށޭވެ.ގޭޓުގައި ބޮޑު ތަޅެއް ހުއްޓެވެ.އަހްމަދް ދަބަހުން ބޮޑު ތަޅުދަނޑިއެއް ނެގިއެވެ.ދޮރު ހުޅުވުމާއެކީ އެންމެ ފުރަތަމަ އެތެރެއަށް ދެމިގަތީ ކިޔާރާއެވެ.
“ކިޔާރާ މިތާ މަޑުކޮއްލަބަލަ!،ތިހެން ގޮސްގެން އޮންނާނީ ގެއްލިފަ..” އެކުދިންގެ މަންމަ ޖަނާ ގޮވާލިއެވެ. “ބައްޕާ!ކޮބާ މަގޭ ކޮޓަރި؟” މާހިލް ހުރީ ފޫހިވެފައެވެ.އޭނާ ހުރީ ލައިގެން ހުރި ޖިންސްގެ ޖީބައް އަތް ޖަހާލައިގެންނެވެ.ކަޅު ހުޑީ އެއްގައި އޭނާ ފެންނަނީ ފިރިހެން ވަންތަ ކޮށެވެ.”ކޮޓަރިތައް ހުންނާނެ މަތީބައިގަ!” އަހްމަދު ސިޑިން މައްޗައް އަރަމުން ގޮވާލިއެެވެ.
ކިޔާރަ،މާހިލްގެ ދިމާ އިނދިކޮޅެވެ.މާހިލް ހުންނަނީ މަޑުންނެވެ.މަދު ފަހަރަކު ނޯނީ އަނގައިން ބުނެ ނުލައެވެ.ކިޔާރާ އަކީ އަނގަގަދަ ކުއްޖެކެވެ.އަބަދުވެސް އިންނަނީ ކަމެއް ނެތިފައެވެ.
“ބައްޕާާ!އަހަރެންނައް ބެލކަނި ކޮޓަރި!” ކިޔާރާ ދުވެފައި އައިސް އަހްމަދްގެ އަތުގައި ހިފައި ތަޅުވައިގަތެވެ.”މަށަށް ރަނގަޅު.އޭރުން ނިދޭނެ ހަމަޖެހިގެން.”މާހިލް ކިޔާރާއަށް ޖެއްސުން ކޮއްލަން ވެގެން ބުނެލިއެވެ.”ތިހެން ތިބުނީ؟”ކިޔާރާ މޭމަތީ އަތް ހުރަސް ކޮއްލިއެވެ.”އޭރުން ރޭގަނޑު ގަޑީ އާރާއަށް ހޭލެވޭނީ މީހަކު ބެލްކަނި ދޮރުގަ ޓަކި ޖަހާ އަޑަށް” މާހިލް ގަސްތުގައި ކިޔާރާ ބިރު ދައްކުވަނ ވެގެން ބުއިންޏެވެ. “މަންމާ…..”ކިޔާރާ، ޖަނާގެ އަތުގައި ކުޑަކޮއް ވިކާލިއެވެ.
“އެއްކަލަ ދެމީހުން.މަޑުން ތިބޭ!އާރާއަށް ބެލްކަނި ކޮޓަރި..އޯކޭ؟؟” ޖަނާ ހިތްހަމަ ނުޖެހިގެން ބުނެލިއެވެ.”އަން މީ މާހިލް ކޮޓްރި.މީ އާރާ ކޮޓްރި..” އަހްމަދު އިށާރާތް ކޮއްލާފައި ބުނެލިއެވެ.މާހިލް އަވަހަށް ފޮށި ހިފައިގެން ވަނެވެ.ކޮޓަރި ފުދޭވަރަކައް ބޮޑެވެ.އެއްފަރާތުގައި ކިންގް ސައިޒް އެނދެކެވެ.އެނދު ކައިރީ ކުޑަ ސްޓަޑީން ޓޭބަލްއެއް ހުއްޓެވެ.މުށި ކުލައިގެ ކުޑަ އލަމާރިއަކާއި ޑްރެސިންގް ޓޭބަލްއެކެވެ.ސްޓަޑީން ތޭބަލް ކުރިމަތީ ހުރި ކުޑަ ދޮރު ކައިރިއައް މާހިލް ޖެހިލިއެވެ.
ކިޔާރާ ވެސް އޭނާގެ ސާމާނުތައް ހިފައިގެންވަނީ ކޮޓަރިއަށެވެ. ކިންގް ސައިޒް އެނދެއް ކައިރީ ކަޅުކުލައިގެ އަލަމާރީގެ އިތުރަށް ޑްރެސިންގް ޓޭބަލްއެށް އިނެވެ.އަލަމާރީގައި ލޯގަޑެށް ހުރުމުން ކިޔާރާ އުފާވިއެވެ.އޭނާގެ އެނދުކައިރީ އިން ކުޑަދޮރު ހުޅުވާލިއިރު ފެނުނު މަންޒަރުން ކިޔާރާ އިނީ އުފަލުން ފޮޅިފައެވެ.ބޯ ގަސްތަކެއްގެ ފަހަތުގައި އޮތީ ބީޗްއެކެވެ.ހަނދުވަރުގެ އަލިން މުޅި ބީޗް އޮތީ ދިއްލާލާފައެވެ.ބީޗްއަށް ރާޅު ބީއްސާ ހިތްގައިމު އަޑުއަހަން ކިޔާރާ އިނީ ފޫހި ކަމެށް ނެތިއެވެ.
“ހިތަތް އެރި ވަރަށް ވުރެ މިގެމާ ބޮޑު.”ޖަނާ ކުޑަދޮރުން ބޭރު ބަލަން ހުރެ އަހާލިއެވެ. “ރަނގަޅެންނު!އޭރުން ޖާގަ ކުޑަވެގެން އުޅޭކައް ނުޖެހޭނެ..”އަހްމަދް ފަހަތުން އައިސް ޖަނާގެ އަތުގައި ހިފާލިއެވެ.ދެން ދެމަފިރިން ވެސް ދިޔައީ ސިޓިންގް ރޫމްއަށެވެ.ރޭގަނޑު ކެއުމައްމައްފަހު ނިދަން އޮށޯވެވުނީ 10:30 ވަނިކޮށެވެ.ކިޔާރާ ނިދާ ހެދުމަށް ބަދަލުކޮއްލައިގެން ނިދަން އޮށޯތީ މާދަމާ ކޮޓްރިތެރެ އެއްކޮށް ހަމަޖައްސާނެ ކަމަށް ހިތަތް އަރައެވެ.
އާދުވަަހަކަށް އިރުއަރައިފިއެވެ.ކިޔާރާއަށް ހޭލެވުނީރު 7:30 ވެއްޖެއެވެ.ކިޔާރާ ތެދުވެ ވާޅަށް ދެމިލާފައި ބެލްކަނި ދޮރުގަނޑު ކަހާލިއެވެ. އިރުގެ ރަން ދޯދިތަަސް ގައިގައި ބީހިލުން ވަރަށްވެސް އަރާމެވެ.ކިޔާރާ އިރުކޮޅަކު އެހެން އިނުމަށްފަހު ވަނީ ފާޙާނާއަށް ފެންވަރާލާށެވެ.ކިޔާރާ ރީތިވެލައިގެން ނުކުމެ ސިޓިންގް ރޫމްއަށް ދެވުމުން އިނީ އޮޅިފައެވެ. ބަދިގެއަށް ދާނެގޮތެއް އޭނާގެ ހަނދާނަކު މިހާރު ނެތެވެ.އެކި ތަންތަނަށް ވަންނަމުން އުޅެނިކޮށް ބަދިގެ ފެނުނެވެ.ޖަނާ އާއި އަހްމަދެއް ގެޔަކު ނޫޅެއެވެ.
މާހިލްއަށް ހޭލެވުނުއިރު 10:30 ވެއްޖެއެވެ.ހޭލެވުމާއެކު ވާޅަށް ދެމިލާފައި ގޮސް ހުއްޓިލީ ސްޓަޑީން ޓޭބަލް ކައިރީގައެވެ.ކުޑަ ދޮރު ހުޅުވާލުމާ އެކީގައި އޭނާނެ ލޮލުގައި އަޅައިގަތީ ޖެހިގެން ހުރިގޭ މާގަސްތަށް ދޮށުގައި އިން އަންހެން ކުއްޖާއެވެ…
-ނުނިމޭ-

Comments (7)

  1. DevilQueen

    OMGGGGGGGGGGGG
    vvv salhi story
    curiously waitting for the nxt part
    sifakurunthah vvv reethi hingey

    1. pretty_princess
      DevilQueen

      Thank youu
      Next week ga eneh part nikunnaane IA..

  2. ONLY_YOURS872

    WOWWWWWWWWW
    vrhhhh loabi vhk akah vaane kmh ummeedhu kuran
    can’t wait for next part

    1. pretty_princess
      ONLY_YOURS872

      Thank youu
      Insha Allah next week ga 2 vana part nikunnaane..

  3. ABDULL

    can’t wait for the next part

    1. pretty_princess
      ABDULL

      Insha Allah next week ga..

  4. Pretty princess's friend

    Wow
    Vvvvv reethi

Comments are closed.