ނިދިފައިއޮތް ޒަޔާނަށް ހޭލެވުނީ ލޯންޗުގެ ދުވެލިމަޑުވެ ފަޅަށް ވަތްތަނާއެވެ. މޫނު މައްޗަށް ވެއްޓިފައި އޮތް ކަޅުކަންގަދަ ފަން އިސްތަށިކޮޅު ނަގާ އެއްފަރާތް ކޮއްލަމުން އޭނާގެ ނަޒަރު ހިނގާލެވުނީ ރަށުގެ މަލަމައްޗަށެވެ. ހަވީރުގެ ފިނި ރޯޅިތަށް ހޭޅިފަށުގައި ހެދިފައިވާ ގަސްތަށް ފޫއަޅުވާލާ އަޑު ވެފައިވީ ލުއި މިޔުޒިކަކަށެވެ. ލޯންޗު އަންނަ ގަޑިއާއި ދިމާކޮށް އެވަގުތު ބަނދަރުކައިރި މީހުންގަނޑުތައް އެއްވެފައިއޮތެވެ. ލޯންޗު ބަނދަރާއި ގާތް ކޮއްލުމާއެކު ކައިރީގައި އިން ނަދީން އޭނާގެ އަތުގައި ކޮއްޓާލަމުން ތެދުވަން އިޝާރާތް ކޮއްލިއެވެ. ނޯށަށް […]