ރާއިދުގެ އަތުގައި ހިފާލައިގެން ބީޗްއިން ނިކުންނަން ދިޔަ ނައުރީންގެ ފިޔަވަޅުތައް މަޑު ޖެހުނީ ކުރިމަތިން ފެނުނު ސޫރައިގެ ސަބަބުންނެވެ.. “މާއިޝް”… ތިން އަހަރުގެ ދިގު އިންތިޒާރަކަށްފަހު އެ ސޫރަ ފެނުމުން ނައުރީންގެ ހިތަށް ކުރަމުންދިޔައީ ތަފާތު އިހުސާސް ތަކެކެވެ.. ތިން އަހަރަށްފަހު ވެސް އެ ފިރިހެންވަންތަކަމަށް ބަދަލެއް އައިސްފައެއްނުވެއެވެ.. ހަމަ އެ ރީތި ޖާދުވީ ދެލޮލެވެ.. އިސްކޮޅުން ދިގު އެ ފިރިހެންވަންތަ ހަށިގަނޑެވެ.. ތުނިކޮށްފަޅާފައި ހުރި ތުބުޅިން މާއިޝްގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ.. ލާފައިވާ ގަމީސް ވާރޭގެ ސަބަބުން […]
ވިއްސާރަ ވިލާތަކުން މުޅި ޖައްވު ބައްދާލާފައިވާއިރު ހީވަނީ ދެންމެ ދެންމެ ބޯ ވާރޭގެ ޝިކާރައަކަށް ޖައްވު ވެދާނެހެންނެވެ….މިފަދަ ތޫފާނީ ރެއެއްގައި އެއްވެސް މިސްރާބެއް ނެތް މީހެއްފަދައިން މަގުމަތީގައި ހިނގާފައި ދިޔަ ޒުވާނާއަށް މީހުންގެ ނަޒަރު މަދުން ނަމަވެސް ހުއްޓެމުން ދިޔައެވެ.. މަޑު ހިނގުމެއްގައި ދިޔަ ޒުވާނާގެ ދިގު އިސްތަށިގަނޑަށް ޖެހެމުންދިޔަ ވައިރޯޅިތަކުން ކެޑިނޭޅި ހަމަލާދެމުންދިޔައެވެ..ކުއްލިޔަކަށް އޮއްސާލި ބޯވާރެއާއިއެކު ހިނދުކޮޅެއްގެ ތެރޭގައި ޒުވާނާ ތެންމާލިއެވެ.. ލައިފައިވާ ކަޅު ކުލައިގެ ދިގު ހެދުން ގައިގައި ހިފާލާފައިވާއިރު އެ ރީތި ޒުވާން […]