ކައިރީގައި އެހެނަސް ދުރުގައި…1
ވިއްސާރަ ވިލާތަކުން މުޅި ޖައްވު ބައްދާލާފައިވާއިރު ހީވަނީ ދެންމެ ދެންމެ ބޯ ވާރޭގެ ޝިކާރައަކަށް ޖައްވު ވެދާނެހެންނެވެ….މިފަދަ ތޫފާނީ ރެއެއްގައި އެއްވެސް މިސްރާބެއް ނެތް މީހެއްފަދައިން މަގުމަތީގައި ހިނގާފައި ދިޔަ ޒުވާނާއަށް މީހުންގެ ނަޒަރު މަދުން ނަމަވެސް ހުއްޓެމުން ދިޔައެވެ.. މަޑު ހިނގުމެއްގައި ދިޔަ ޒުވާނާގެ ދިގު އިސްތަށިގަނޑަށް ޖެހެމުންދިޔަ ވައިރޯޅިތަކުން ކެޑިނޭޅި ހަމަލާދެމުންދިޔައެވެ..ކުއްލިޔަކަށް އޮއްސާލި ބޯވާރެއާއިއެކު ހިނދުކޮޅެއްގެ ތެރޭގައި ޒުވާނާ ތެންމާލިއެވެ.. ލައިފައިވާ ކަޅު ކުލައިގެ ދިގު ހެދުން ގައިގައި ހިފާލާފައިވާއިރު އެ ރީތި ޒުވާން ހަށިގަނޑުގެ ވަނާތައް ހާމަވަމުން ދިޔައެވެ.. މިއިން އެއްވެސް ކަމަކާ ފިކުރު ކުރުމެއް ނެތި މަޑު ހިނގުމެއްގައި ޒުވާނާ ގޮސް އަށީންދެލީ އާޓިފިޝިއަލް ބީޗްގައިވާ ބެންޗެއްގައެވެ..
އެ ވަގުތު ކުރަމުން ދިޔަ ވިއްސާރައަށް ވުރެށް ޒުވާނާގެ ހިތުގައި ހިނގަމުންދިޔަ ތޫފާން މާ ވަރުގަދަފަދައެވެ.. ކުއްލިއަކަށް ޒުވާނާގެ ބޮޑު ކަޅު ލޮލުން އޮހެންފެށި ކަރުނައާއި އެކު މަޑު ގިސްލުމެއްގެ އަޑު ޖައްވުގައި ގުގުމާލިއެވެ.. ވޭނީ އެ ގިސްލުމުގެ އަޑު އިވޭ ހިސާބުގައި މީހެއް ހުރިނަމަ އެ މީހެއްގެ ހިތައްވެސް އަސަރު ކުރަާނޭ ކަންގައިމެވެ.. ގޮތް ހުސްވެފައިވާ މީހެއްފަދައިން ޒުވާނާ ރޮމުން ދިޔައިރު ވަމުންދާ ފިނި އިހްސާަްސްވެސް ނުވާފަދައެވެ..
“ރީން” ފަހަތުން އިވުނު ފިރިހެންވަންތަ އަޑާއިއެކު ސިހިފައި ނައުރީނަށް ފަަހަތް ބަލާލެވުނީ އެއްވެސް އިޙުތިޔާރެއް ނެތިއެވެ..”ރީން.. އަހަރެން ރީން ހާދަ ހޯދައިފީމޭ.. މިތާ ކީއްތި ކުރަނީ؟ މަންމަވެސް ރީން ފޯނަށް ނުގުޅިގެން މަ ކައިރީ ބުނީމަ މި ނިކުތީ ހޯދަން.”ދެންމެ ގިސްލަމުން ދިޔަ ނައުރީން މިހާރު ހުރީ ފަޑު ހިނިތުންވުމެއް ހަދިޔާ ކޮށްގެންނެވެ. އިހްސާސްތައް ފޮރުވަންވެސް ހަމަ ކުޅަދާނައީއެވެ..”ސާބަހޭ ރާއިދު އަށް ވާރޭ ވެހޭތީ ވާރެއާ ތެމިލަންށޭ އައީ ކިހާ ހިތްގައިމު” ސަމާސާ ގޮތެއް އަޑަށް ގެންނަމުން ނައުރީން ވާހަކަ ދެއްކީ ކޮއްކޮ ކުރިމަތީގައި އޭނާގެ ހިތުގެ ހާލު ބަޔާން ކުރުމަށް ފަސްޖެހެވުމުންނެވެ.. “ދެން އެކަމުވެސް ދޮންތި ވެސް ދޯ މަންމައަށް މިހާރު ނޭގޭ ހާޓް އެޓޭކެއް ނުޖެހޭކަމެއް ވެސް.. ހިނގާ ދެންވެސް އަވަހަށް ދާން.”
ރާއިދަކީ ނައުރީންގެ އެއްބަޑު އެއްބަފާގައި ހުރި ހަމައެކަނި ކޮއްކޮއެވެ.. އެއީ މުއްސަދި ދެމަފިރިއަކަށް ލިބިފައިވާ ހަމައެކަނި ކުދިންނެވެ.. އާއިލާގައި އިތުރު ކުއްޖެއް ނެތުމުން ދެބެންވެސް އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވެއެވެ.. ނައުރީންއަކީ މަޑުމައިތިރި ކުއްޖެއް ނަމަވެސް ރާއިދުއަކީ އޭގެ ދިމާ އދިކޮޅެވެ.. ރާއިދަކީވެސް އަންހެން ކުދިން ހިތްތައް ކަތިލާފަދަ ރީތި ސިފަތަކެއް ލިބިފައިވެއެވެ..ކަޅުކުލައިގެ ކަޅިއެއް ލިބިފައިވާ ރާއިދުގެ ރީތި ލޮލުގެ ޖާދޫގައި ނުޖެހޭ އަންހެން ކުއްޖެއް މަދު ވާނެއެވެ..
ރާއިދުގެ އަތުގައި ހިފާލައިގެން ބީޗްއިން ނިކުންނަން ދިޔަ ނައުރީންގެ ފިޔަވަޅުތައް މަޑު ޖެހުނީ ކުރިމަތިން ފެނުނު ސޫރައިގެ ސަބަބުންނެވެ.. “މާއިޝް”…
-ނުނިމޭ-
2 Comments!
Comments are closed.

Mi part vrh reethi Masha Allah 💗❤️💕 ummeedhu kuran next part varah avahah kiyaalan libeyne kamah.
Lysm nausha
Thank u so much for the support.. Vrh avahah insha allah next part genesdheynan 🫶🏻