ހަވީރުގެ ހިތްގައިމު ވަގުތެވެ. މާފަންނު ޕިންކް ރޯސް ގޭގެ އެންމެން ހަވީރުގެ ސަޔަށް އިންސާފް ކުރަމުން ދިޔައިރު އެތަނުގައި މަދީ މިޝްޔާ އެކަންޏެވެ. މާފަންނު ޕިންކް ރޯސް އަކީ މަޝްހޫރު ބިޒްނަސް މޭން ނަޒާންގެ ގެއެވެ. މިޝްޔާ އަކީ ނަޒާންގެ އެންމެ ހަގު ދަރިފުޅެވެ. މިހާރު މިޝްޔާވީ ރާއްޖެއިން ބޭރަށް އިންޓީރިއަރ ޑިޒައިނިންގ ކިޔަވަން ގޮހެވެ. މިޝްޔާ އެއްކޮށް ކިޔަވާ ނިމުނު ނަމަވެސް އަދި އެއް ހަފްތާ މިޝްޔާ ރާއްޖޭން ބޭރުގައި މަޑު […]