Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ބުނެދޭން ދަތި އިހުސާސެކޭ

NAUREEN
NAUREEN Level 1
March 15, 2024 5 Mins Read
6 Comments

       ހަވީރުގެ ހިތްގައިމު ވަގުތެވެ. މާފަންނު ޕިންކް ރޯސް ގޭގެ އެންމެން ހަވީރުގެ ސަޔަށް އިންސާފް ކުރަމުން ދިޔައިރު އެތަނުގައި މަދީ މިޝްޔާ އެކަންޏެވެ. މާފަންނު ޕިންކް ރޯސް އަކީ މަޝްހޫރު ބިޒްނަސް މޭން ނަޒާންގެ ގެއެވެ. މިޝްޔާ އަކީ ނަޒާންގެ އެންމެ ހަގު  ދަރިފުޅެވެ. މިހާރު މިޝްޔާވީ ރާއްޖެއިން ބޭރަށް އިންޓީރިއަރ ޑިޒައިނިންގ ކިޔަވަން ގޮހެވެ. މިޝްޔާ އެއްކޮށް ކިޔަވާ ނިމުނު ނަމަވެސް އަދި އެއް ހަފްތާ މިޝްޔާ ރާއްޖޭން ބޭރުގައި މަޑު ކުރަން ބޭނުންވާ ކަމަށް އޭނާގެ އާއިލާ ގާތު ވަނީ ބުނެފައެވެ. މިޝްޔާ އަކީ ގުދުރަތުން އެތަށް ރީތި ސިފައެއް ލިބިފައިވާ ފަތްމިންޏެއް ފަދަ އަންހެން ކުއްޖެކެވެ. ޕިންކް ރޯސް ގެއިން އެއްވަރަކަށް އިވިގެން ދަނީ ހުނުމާއި ސަކަރާތުގެ އަޑެވެ. ބަލާލި މީހަކަށް އެއީ އުފާވެރި އާއިލާ އެއް އުޅޭ ގެއެއްކަން އިނގޭނެއެވެ. އެންމެން އެއްފަހަރާ ދޮރާއި ދިމާލަށް ބަލާލީ ބެލް ޖެހި އަޑު އިވިގެންނެވެ. ” ކާކު މިގަޑީ އެބައަންނަން ބަލައިލާފަ “ މިހެން ކިޔާފައި ނަޒާން ގެ ދޮށީ ދަރިފުޅު  ނާއިލް ގޮސް ދޮރު ހުޅުވާލިއެވެ. އެ އާއިއެކު އިވިގެން ދިޔައީ އަންހެން ކުއްޖަކު ބާރަކަށް ސަޕްރައިޒް އޭ ކިޔާ ހަޅޭއް ލަވައިގެން އަޑެވެ. އެންމެން އަވަސްއަވަހަށް ދޮރު ކައިރި އަށް ދިޔައީ އެއީ ކޮން އަންހެން ކުއްޖެއްތޯ ބަލާލުމުގެ ޝައުގުވެރިކަން ހިތުގައި އުފެދުނުލެއް ބޮޑު ކަމުންނެވެ. ” މިޝީ ދަރިފުޅު. ކޮންއިރަކު އައީ ބުނި ނަމައެއްނު ބަލާވެސް ދެވޭނީ. އެކަމް ބުނި އަންނަ ހަފްތާގަ އޭ އަންނާނީ. މިޒޫ ބަލާބަ. މިއޮއް އައީ ކާކު.“ ނަޒާން މިޝްޔާ އާދިމާލަން އެހެން ުނުމަށްފަހު އޭނަގެ އަންހެނުން މިޒްނާ އަށް ގޮވަން ފެށިއެވެ. އެ އަޑަށް ބަދިގެ ތެރޭ ހުރެފައި މިޒްނާ އާއި ނާއިލް ގެ އަންހެނުން ޝައިނާ ވެސް އައެވެ. ” އަޅުގަނޑު ބުނެފައި އައި ނަމަ ބައްޕަ މެން ތިހާ ސަޕްރައިޒް އެއް ނުވީހެއްނު. އަޅުގަނޑު ބޭނުންވީ ބައްޕަ މެނަށް ސަޕްރައިޒް އެއްދޭންނޭ“ މިޝްޔާ އޭނާގެ ބައްޕަ އާއި ދިމާލަށް ބުނެލިއެވެ. ” ދެން އަޅުގަނޑު ގެއަކަށް ވެސް ނުވައްދާނަންތަ. “  މިޝްޔާ އޭނާގެ ދޮންބެ ކައިރިން ގެއަށް ވަންނަން މަސައްކަތް ކުރަމުން ބުނެލިއެވެ.“ އާނ މިއަދަކު މިޝީ ގެއަކަށް ނުވައްދާނަން. އާނ އެހެންޏަ އަންނައިރު އަންގާލުމެއް ވެސް ނޯވެ ވިއްޔާ . އެކަމު ޝަރުތެއްގެ މަތިން ގެއަށް ވައްދަފާނަން“ ”ހޫނ ބުނެބަލަ . މަގޭ ދެފައި ވާޅު ވެއްޖޭ މިހާރު. މީނަ މިހެން ބުނާއިރު ހީވަނީ މީ މީނަގެ ގެއެއް ހެން. ފޮނި ފިރެހެނާ.“ މިޝްޔާ ވެސް ނާއިލް ބުނެލި ރާގުގައި ބުނެލިއެވެ. ” ހޫމް ޝަރުތަކީ މަށަށް ގެނައި ހަދިޔާ އެންމެ ފުރަތަމަ ދޭން ޖެހޭނީ.“ ނާއިލް ވިސްނާ ކަހަލަ ގޮތަކަށް ބުނެލިއެވެ. ” ހޫނ ފޮނި ފިރެހެނާ . އަދި ތިއަށް ވުރެ ޅަ ވާންވީނު. ތިހެން ބުނީތީ ވެސް ހަދިޔާ އެއް ނުދޭނަން.“ މިޝްޔާ މިހެން ކިޔާފައި ނާއިލް ކޮށްޕާލާފައި ގޭތެރެއަށް ވަދެގެން އައެވެ. އަަދި ދިޔަ ގޮތަށް ގޮސް ނާއިލްގެ ދެ އަހަރަށްދާ އަންހެން ދަރިފުޅު ޝެލީން އުރާލިއެވެ. އޭރު ދެން ތިބި މީހުން ހެވިފައި އެ މަންޒަރު ބަލަންް ތިއްބެވެ.

އޭގެ ހަފްތާ އެއް ފަހެވެ. މިއަދަކީ މިޝްޔާ ވަޒީފާ އަށް ނުކުންނަ ފުރަތަމަ ދުވަހެވެ. ” ދަރިފުޅާ އާދޭ އަވަހަށް ސައިބޯން.“ މިޝްޔާ ކޮޓަރިން ނުކުތްތަން ފެނި މިޝްޔާގެ މަންމަ މިޒްނާ ބުނެލިއެވެ. ”މަންމާ ގަޑި ޖެހެނީ. ދެން އޮފީހަށް ގޮސް ކުޑަ ގޮތެއް ހަދާލާނީ. ބައްޕަ ވެސް އެދަނީ މިހާރު ދާން“ މިޝްޔާ މިހެން ބުނުމުން މިޒްނާ ވެސް އެންމެ ރަނގަޅޭ ބުނެލިއެވެ. އޭރު ނަޒާން ދޮރުން ނުކުންނަނީއެވެ.  މިޝްޔާ ވެސް ނަޒާން ގެ ފަހަތުން ނުކުމެގެން ދިޔައެވެ. މިޝްޔާ ބޭނުންވީ ކިޔަވައިގެން އައިސް އޭނާގެ ބައްޕަ ގެ ކުންފުނި ކަމަށްވާ އެން އެމް ޑިޒައިން ކުންފުނީގައި މަސައްކަތް ކުރާށެވެ. ނަމަވެސް ނާއިލް ބޭނުންވީ ފުލުހަކަށް ވާށެވެ. އޮފީސް ކައިރި އަށް ކާރު ޕާކް ކުރުމަށްފަހު ނަޒާން އާއި މިޝްޔާ އޮފީހަށް ވަދެގެން ދިޔައެވެ. ދިޔަގޮތަށް އެންމެ ފުރަތަމަ ވެސް ޖެހުނީ މީޓިންގ އަކަށް ދާށެވެ. އެތަނުން މިޝްޔާ ޕީއޭ އާ ވެސް ބައްދަލު ވިއެވެ. މީޓިންގ ނިންމާލި ގޮތަށް ދެ މީހުން ވެސް ދިޔައީ ކެބިން އަށެވެ. ” ހާއި އައި އޭމް މިޝްޔާ. އައި އޭމް ޓްވެންޓީ ފައިވް. އެހާ ރަސްމީ ކޮށް އަހަންނާ ވާހަކަ ނުދައްކައްޗޭ. މިޝްޔާ ނޫނީ މިޝީ ކީމަ އޯކޭ ވާނެ.“ މިޝްޔާ ތަޢާރަފް ވެލުމުން އެ ކުއްޖާ ވެސް ތަޢާރަފް ވާން ފެށިއެވެ. ” އައި އޭމް ޒާއިން. އޯކޭ ޒާން ކިޔަސް. މިހާރު ވަން މަންތް ވަނީ މިތާ މަސައްކަތް ކުރާތާ. އައި އޭމް ޓްވެންޓީ ސިކްްސް.“ އެއަށްފަހު އެ މީހަކު އެ މީހެއްގެ މަސައްކަތައިގެން މަޝްޢޫލު ވިއެވެ. ޒާއިން އަކީ އަންހެން ކުދިންެގެ ހިތްތައް ކަތިލާ ފަދަ ފިރެހެން ވަންތަ ހަށިގަނޑެއްގެ ވެރިއެކެވެ.

 “މިޝީ އޮފީސް ކިހިނެއް“ މިޝްޔާ ގެއަށް ވަންނަން ވާއިރަށް ނާއިލް އަހާލިއެވެ. ” ވަރަށް ބެސްޓް. އެކަމް މައްސަލަ އަކީ ޕީއޭ އަކަށް ފިރެހެެނެއް އިނީމަ. އެކަމް އޯކޭ“ ނާއިލް ކުރި ސުވާލަށް ޖަވާބު ދެމުން މިޝްޔާ އައިސް ކާން އިށީނދުނެވެ.މިފަދަ.އެތަށް ވާހަކައެއްގައި ތިބެގެން ކައި ނިންމާލުމަށްފަހު އެމީހަކު އެ މީހެއްގެ ކޮޓަރިއަށް ވަދުނެވެ. ކޮޓަރީގައި އޮތް އިރުވެސް ޒާއިންގެ ހިޔާލުތައް މިޝްޔާ އަށް އުނދަގޫ ކުރަމުންދިޔައެވެ.

 މި ގޮތުގައި އެއް އަހަރު ދުވަސް ފާއިތު ވެގެން ހިނގައްޖެއެވެ. މިޝްޔާގެ ހިތުގައި ޒާއިންގެ ނަން ރަން އަކުރުން ކަނޑާ ނެގިފައި ވިއެވެ. މިހާރު މިޝްޔާ އަށް އަބަދު ވިސްނެނީ ޒާއިން އާއި މެދުގައެވެ. ރޭގަނޑުގެ ހިތްގައިމު ވަގުތެވެ. މިޝްޔާ ލޯގަނޑު ކރިމަތީ ހުރެ ތައްޔާރު ވަމުން އެދަނީ ޒާއިން ބައްދަލު ކޮށްލަން އެދުމުން ރަސްފަންނަށް ދިއުމަށެވެ. ފަރި ހިނގުމެއްގައި މިޝްޔާ ރަސްފަންނު ގެތެރެއަށް ވަދެގެން އައި މިޝްޔާ އަށް އެތަނުގެ ތިބި ގިނަ ފިރެހެން ކުދިންގެ ނަޒަރު ވަނީ ހުއްޓިފައެވެ. ޒާއިން ވެސް ހރީ ކަޅި ޖަހާނުލާ މިޝްޔާ އާއި ދިމާލަށް ބަލާށެވެ. މިޝްޔާ އަށް މިކަން އިނގުމުން ޒާއިން އާއިދިމާލަށް ބަލައިލަން ވެސް ނުކެރުނެވެ. އެންމެފަހުން މިޝްޔާ އަށް ކެތް ނުކުނުކުރެވިގެން ވާހަކަ ދައްކަން ފެށިއެވެ. ” ޒާއިން އަހަރެން މިތަނަށް ގެނައީ ތިހެން އަހަރެންނާއި ދިމާލަށް ބަލަން ހުންނަންތަ.“ މިޝްޔާ ވާހަކަ ދެއްކި އަޑަށް ސިހިފައި ޒާއިން އަށް ހަމަ ބިމަށް އާދެވުނެވެ. ” އަހަރެން ބޭނުުންް މިޝީ ކައިރި ވަރަށް ބޮޑު ވާހަކަ އެއް ބުނަން. ހީކުރަން އަހަރެން ދެކެ ރުޅި ނާންނާނެ ކަމަށް. އަހަރެން ވަރަށް ގިނަ ދުވަސް ވެއްޖެ މި ވާހަކަ ބުނަން ބޭނުން ވެގެން އުޅޭތާ.“ ” އަނެއްކާ ކޮން ވާހަކައެއް އަހަރެން ރުޅި އަންނަވަރުގެ ވާހަކައެއް އަވަހަށްބުނެބަ“ ޒާއިން ވާހަކަ ދައްކަ ދައްކާ ހުއްޓާ މިޝްޔާ ޒާއިންގެ ވާހަކަ މެދު ކަނޑާލިއެވެ. ” އަހަރެން ބުނަން އުޅުނީ އަހަރެން މިޝްޔާ ދެކެ ވަރަށް ލޯބިވޭ. އަހަރެން ނުބުނާނަން މިޝްޔާގެ ހިތުގައި ނުރޮއްވާނަމެކޭ. އެކަމް އަހަރެންމބުނާނީ މިޝްޔާ އަށް ދިމާވާ ކޮންމެ އުފަލަކާއި ހިތާމައެއްގައި އަހަރެން ވެސް މިޝްޔާ ކައިރީ ހުންނާނަމޭ. އެފުރުސަތު މިޝްޔާ އަހަރެންނަށް ދޭނަންތަ. އަހަރެންނާއި ކައިވެނި ކުރަން ކެރި ދާނެތަ“ ޒާއިން މިޝްޔާ ކައިރީ އެހެން އަހާލިއިރު އޭނާ ހުރީ ވަރަށް ނުތަނަވަސް ވެފައެވެ. މިޝްޔާގެ ޖަވާބު އަންނާނެ ގޮތެއް ނޭނގޭތީއެވެ.  ޒާއިން ކުރި ސުވާލުން މިޝްޔާގެ ހިތް އުފަލުން ނަށަން ފެށިއެވެ. ވަގުތުން އާނއެކޭ ބުނާ ހިތްވިއެވެ.ނަމަވެސް މޫނުމަތިން އެއްވެސް އަސަރެއް ނުދައްކާ ވޭތޯ ބަލަމުން މިޝްޔާ ވާހަކ ދައްކަން ފެށިއެވެ.  ” އަމިއްލަ އަށް ގޮސް ބައްޕަ ކައިރިން ވަލީ ހޯދާ. ބައްޕަ ވަލީ ދީފިނަމަ ބަލާ އަހަރެން އެއްބަސް ވެއްޖެ ކަމަށް. “ އެންމެ ރަނގަޅު އަހަރެން މިޝްޔާ ހާސިލް ކުރަން ކޮންމެ ފަދަ ކަމަކާ ވެސް ކުރިމަތި ލާފާނަން. ދެން ހިނގާ ދާން ވަރަށް ލަސްވެއްޖެ.“ ޒާއިން ހިނގައިގަތުމުން މިޝްޔާ ވެސް ޒާއިން ގެ ފަހަތުން ހިނގައިގަތެވެ.

      އޭގެ ދެ ދުވަސް ފަހެވެ. މިޝްޔާ އާއި އޭނާގެ އާއިލާ ކާމޭޒު ދޮށުގައި ތިބީ ހަވީރުގެ ސަޔަށް އިންސާފް ކުރުމަށެވެ. ” ދަރިފުޅާ މިޝީ! ދަރިފުޅުގެ ކައިވެންޏަށް އެދިގެން ކުއްޖަކު ބައްޕަ ގާތަށް އައިއްސި. ދަރިފުޅު މިކަމާ ބުނަނީ ކީކޭ. ބައްޕަ ބުނީ ދަރިފުޅު އެއްބަސް ވެއްޖެއްޔާ ބައްޕަ އަންގާލާނަމޭ. “ ތަނަށް ވެރިވެފައި އޮތް ހަމަހިމޭންކަން ނައްތާލީ ނަޒާން ގެ އަޑުންނެވެ. ” އަނެއްކާކު. އަޅުގަނޑު ދަންނަ ކުއްޖެއްތަ “ ނަޒާން އެ ވާހަކަ ބުނުމާއިއެކު ފުރަތަމަ ވެސް މިޝްޔާގެ ހިތަށް އައީ ޒާއިންގެ ނަމެވެ. ” ދަރިފުޅުގެ ޕީއޭ ޒާއިން. ދަރިފުޅު ގަބޫލިއްޔާ ބައްޕަ އެ އާއިލާ އަށް މިރޭ މިގެއަށް އަންނަން ދައުވަތު ދެންތަ“ ނަޒާން ބުނެލިއެވެ. ” އެންމެ ރަނގަޅު އަޅުގަނޑު“ ގަބޫލު މިހެން ކިޔާފައި މިޝްޔާ ކޮޓަރިއަށް ދިޔައެވެ. އެރޭ ޒާއިން އާއި އޭނާގެ އާއިލާ ޕިންކްރޯޒް ގެއަށް އައެވެ. އަދި އޭޕްރީލް މަހުގެ ނުވައެއްގައި ކައިވެނި ކުރާ ގޮތަށް ދެ ފަރާތު އާއިލާއިން ވާހަކަ ދައްކާ ހަމަ ޖެއްސިއެވެ.  

    ކައިވެނި ކުރެވޭ ދުވަހަކީ ކޮންމެ އަންހެން ކުއްޖެއްގެ ހަޔާތުގައި އަންނާނެ އެންެމެ އުފާވެރި ދުވަހެވެ. މިޝްޔާ ވެސް އެދަނީ އެ ކަމުގެ އުފާ އެންމެ ފުރިހަމަ ގޮތުގައި ހާސިލް ކުރަމުންނެވެ. މިޝްޔާ އެކޭ ފަލަކުން ނައްޓައިގެން އައިސް އިން ހަނދެކޭ ތަފާތެއް ނެތެވެ. މަޑު ނޫ ކުލައިގެ ވެޑިންގ ޑްރެސް އެއްގައި ހުރިއިރު ކޮށްފާވައި މޭކަޕް ކޮށްފައި ވަނީ ނެޗުރަލް ބިއުޓީ ނުގެއްލޭނެ ހެންނެވެ. ޒާއިން ވެސް ކަނޑު ނޫ ކުލައިގެ ކޯޓެއް ލައިގެން ހުރިއިރު ކޯޓު ގެ އެއްއަރި މައްޗަށް ވަނީ ނޫކުލައިގެ މާ ކޯޅިއެއް ޖަހާފައެވެ. ޕާޓީ އަށް އަންނަ ކޮންމެ މީހެއްގެ ދުލު ކުރީގައިވެސް ވަނީ އެދެ މީހުންނަށް ތަޢުރީފުގެ ބަސްތަކާއި ހެޔޮ ދުޢާ ތަކެވެ. ” އަހަރެން ނޭދެން ދުވަހަކުވެސް މިޝީ އާއި ވަކިވާކަށް. އެހާ ވެސް ލޯބިވޭ ނޭނގެ ކިހިނެއް ކަމެއް ލޯބިވާވަރު ބަޔާން ކޮށްދޭނީކީ ވެސް މިޝީ ވެސް ނުދައްޗޭ އަހަރެން ދޫކޮށްލާފަ. އެދުވަހަކުން އަހަރެން މޮޔަ ވެދާނެ“ މިޝްޔާ އަތަށް ބޮސް ދެމުން ޒާއިން ބުނެލިއެވެ. “އަހަރެން ވެސް ޒާން ދެކެ ވަރަށް ލޯބިވޭ. ޒާން ވެސް ނުދައްޗޭ އަހަރެން ދޫކޮށްލާފަ. އަހަރެންނަކަށް ވެސް ނޭނގެ މި އަހުސާސް ތައް ބުނެދޭނެ ގޮތެއް.“ ރަކި ހިނިތުންވުމަކާއިއެކު މިޝްޔާ ބުނެލިއެވެ. މިޝްޔާ އާއި ޒާއިންގެ ދިރިއުޅުމަށް އަބަދުވެސް އުފާވެރިކަން  މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމުން މި ވާހަކ ނިންމާލަމެވެ.

 ނިމުނީ

ނޯޓް: މި ވާހަކަ އަކީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ކަމުން ކުށް ހުރުން އެކަށީގެންވޭ. އަޅުގަނޑަށް ހެދިފައިވާ ކުއްތަށް ކޮމެންޓް އިން އަޅުގަނޑާއި ހިއްސާ ކޮށްލާނެ ކަމަށް އުންމީދު ކުރަން. 

Share Article

NAUREEN
Follow Me Written By

NAUREEN

Level 1

A teenage girl who crazily loves to read and write dhivehi books. I would like to read both negative and positive comments.

Other Articles

Previous

މަގޭ މާއިލް 4

Next

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ތިންވަނަ ބައި)

Next
March 15, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ތިންވަނަ ބައި)

Previews
March 15, 2024

މަގޭ މާއިލް 4

6 Comments!

  1. Lily says:
    March 15, 2024 at 3:53 pm

    Heyy Naureeen!
    Furathama vahaka aa balaafa hama vrh vrh rangalhu..💗 keeep goingg! I hope you’ll write a long story too.. Lookimg forward to read a new story…

    1. NAUREEN NAUREEN says:
      March 15, 2024 at 5:12 pm

      Thank you so much lily. Alhugandu ge dhigu vaahaka eii vx kiyaalan libeyne insha allah

  2. RIFSHA says:
    March 15, 2024 at 4:04 pm

    Vaahaka varah reethi Masha Allah 💗❤️❤️
    Ummeedhu kuran nau ge dhigu vaahaka eh vx varah avahah kiyaalan libeyne kamah.
    Keep it up nauu 🤭😊
    Lysm naureen ❤️❤️❤️

  3. RIFSHA says:
    March 15, 2024 at 7:15 pm

    Ey naureenuu 🤭 varah reethi ingey vaahaka Masha Allah ❤️❤️.kurin vx comment eh kohleemey pending ga kanneynge dho.ey mihaaru kithah episode tha liyevuni long story ge first episode liye nimijje tha

    Lysm naureen ❤️💕❤️

    1. NAUREEN NAUREEN says:
      March 15, 2024 at 7:41 pm

      Thank you so much rifoo. Ya pending ga inee. Aan mihaaru first liye nimihje. Once again thank you bestie.

      LYSM RIFOO❤️❤️❤️😜😉

  4. love imko 💕💕 says:
    March 21, 2024 at 7:54 pm

    Mi part vex varha reethi Masha Allah
    Unmeedhu kuran next part kiyaalan libeeney kama
    Lysm naureen

Comments are closed.



All Right Reserved!