އަޅުގަނޑު ލިޔަމުން މިގެންދާ ވާހަކައިގެ ދެން އޮތް ޕާޓަށް އަންހެން ކުއްޖަކަށް ކިޔާނެ ޔުނީކް ނަމެއް ބޭނުންވެއެވެ. އެ ކުއްޖަކު ބޭނުންވާ އަކުރަކުން ނަން އިޚުތިޔާރު ކުރުމުގެ ފުރުސަތު ހުޅުވާލާމެވެ. އަދި ފިރިހެން ކުއްޖަކަށް ކިޔާނެ ނަމެއް ވެސް ކޮމެންޓު ކޮށްލައްވާ! އަދި ތިކުދިން ހިއްސާ ކުރާ ނަންތަކުގެ ތެރޭގައި ހުންނަ ނަންތައް ވާހަކައިގެ ކުރިޔަށް ހުރި ބައިތަކުން ފެނިގެން ދާނެ ގޮތަކަށް ހަދައިދެވޭތޯ މަސައްކަތް ކުރާނަމެވެ. ހުރިހާ ކުދިންނަށް ވެސް ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލަމެވެ 😊
އަހަރެންގެ މިހިތުގަ މިއަޅާ ވޭން އިހުސާސް ވާ އެންމެ މީހަކު ނަމަވެސް ހުންނާނެބާ؟؟ މިހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބެއް ލިބޭނެބާ؟؟ އަހަރެން އެންމެ ކުޑައިރުއްސުރެން ފެށިގެން އަހަންނާއި އެއްކޮށް ކިޔަވަމުން އައި މާހީއަށް އަހަރެންގެ ހިތުން މަގާމެއް މި ދެވުނީ ބޭއިޚްތިޔާރުގައެވެ. އަހަރެމެން ދެ މީހުންނަށް ވެސް ނޭނގި މިވެވުނު ލޯބި ކުރިޔަށް ގެންދިޔުމަށް އެންމެ ބޮޑު ބާރުވެރިކަމެއް ގެނުވީ އަހަރެމެންގެ މައިންބަފައިންނެވެ. ރައްޓެހިވެގެން 2 އަހަރުވުމުން މާހީގެ އެދުމާއެކު އަހަރެމެން ކައިވެނި އަވަސްކުރީމެވެ. ކައިވެނި ކުރާ […]
އަހަރެންގެ އުމުރުން އެންމެ 2 އަހަރުގައި އަހަރެންގެ މައިންބަފައިން ވަނީ އިހާނެތިގޮތަަކަށް މަރާލެވިފައެވެ. އެއަށްފަހު އަހަރެން ބަލަމުން އައީ އަހަރެންގެ ލޯބިވާ ބޮޑުދައިތަ ރާނިޔާއެެވެ. އަހަރެން ބޮޑުދައިތަ އާ އެކީ ލ.ކުނަހަންދޫ އަށް ބަދަލު ވީމެވެ. އޭގެ އަހަރުތަކެއް ފަހުން އަހަރެން އެ ރަށު ސްކޫލުގައި ގްރޭޑު 7 ހަމައަށް ކިޔެވުމަށްފަހު ރަށަށް ބަދަލުވީމެެވެ. އަަހަންނަށް އެ ރަށު ސްކޫލުގަ ކެތްނުކުރެވިގެންނެވެ. ވަނީ ވެސް އެހެންތާއެވެ! މައިންބަފައިން ނެތުމުން އަަހަންނަށް ބުލީކޮށް އެކަމުގެ ޝިކާރައަކަށް ވީއެވެ. އެ […]
ޖަހާ ބާރު ގުގުރީގެ އަޑު ކަންފަތަށް އިވޭހެންވެސް ހީނުވެއެވެ. ކޮަޓަރީގެ ކުޑަދޮރުގައި ފިރުކެމުން ދިޔަ ވާރޭ ތިކިތަކަށް ބަލަހަށްޓައިގެން އިން އަންހެން ކުއްޖާގެ ލޮލުގައި ޖަމާވެފައިވާ ކަރުނަތައް އޭގެ މަގާމު ދޫކޮށް ދިޔައެވެ. ކީއްވެ؟ އަޅެ ކީއްވެތަ އަހަންނަށް އެ މީހުން އެހެން އެ ހެދީ؟؟ އަހަރެންގެ ކުށަކީ ކޮބާ؟؟ އަހަރެން މި ދުނިޔޭގެ އުޅުމުގެ ބޭނުން ކޮބާ؟؟ މައިންބަފައިން ނެތް ދުނިޔޭގަ އަހަންނަށް އެހީ ވެދޭނެ މީހަކު ވާނެ ދުވަހަކަށް އިންތިޒާރު މި ކުރާ ކުރުން […]