Skip to content
އެސްފިޔަ

ބޭވަފާތެރިވިކަމުގެ ކުލަ މިހިތުގައި ފެވިއްޖޭ 1

އަހަރެންގެ އުމުރުން އެންމެ 2 އަހަރުގައި އަހަރެންގެ މައިންބަފައިން ވަނީ އިހާނެތިގޮތަަކަށް މަރާލެވިފައެވެ. އެއަށްފަހު އަހަރެން ބަލަމުން އައީ އަހަރެންގެ ލޯބިވާ ބޮޑުދައިތަ ރާނިޔާއެެވެ. އަހަރެން ބޮޑުދައިތަ އާ އެކީ ލ.ކުނަހަންދޫ އަށް ބަދަލު ވީމެވެ. އޭގެ އަހަރުތަކެއް ފަހުން އަހަރެން އެ ރަށު ސްކޫލުގައި ގްރޭޑު 7 ހަމައަށް ކިޔެވުމަށްފަހު ރަށަށް ބަދަލުވީމެެވެ. އަަހަންނަށް އެ ރަށު ސްކޫލުގަ ކެތްނުކުރެވިގެންނެވެ. ވަނީ ވެސް އެހެންތާއެވެ! މައިންބަފައިން ނެތުމުން އަަހަންނަށް ބުލީކޮށް އެކަމުގެ ޝިކާރައަކަށް ވީއެވެ. އެ ވަރުން ނުފުދިގެން އަހަރެން ސްކޫލުން ނިމޭގަޑި ބަަލައި އެ ރަށުގައި އޮންނަ ގޭންގު ތަކުން އަހަންނަށް ބިރުދައްކަން ވެސް ފަށައިފިއެވެ. މިއިން އެއް ވާހަކަ އެއް ވެސް އަހަރެން ބޮޑުދައިތައަކަށް ކިޔައެއް ނުދެމެވެ.

* * * މީގެ 2 އަހަރު ކުރި *****

އަަހަރެން ސްކޫލުން ނިމިގެން ގެއަށް ދާން ނުކުތްއިރު އަހަރެންގެ ބައިސްކަލު މަތީގައި މެދު އުމުރު ފުރައިގެ ދެ މީހަކު ތިބިއެވެ. ” އޭ މަންޖެ އާދެބަލަ!” އެތަނުން އެކަކު އެހެން ބުނި ނަމަވެސް ބިރުގަންފަ ހުރި ލެއް ބޮޑުކަމުން އަހަންނަށް ހަދާނެ ގޮތެއް ނޭނގިގެން ފަހަތައް ފިޔަވަަޅެއް އެޅުނެވެ. ” ހާދަ ބިރުން ތި އުޅެނީ… ހަހަހާ..” އަހަރެން ހަދާނެ ގޮތެއް ނޭނގިގެން ހާސްވާން ވެސް ފަށައިފިއެވެ. އިރުއޮއްސެން މާ ގިނައިރު ނެތްކަމުން މަގުތައް އަންނަނީ އަނދިިރިވަމުންނެވެ. މީހުން މަދުން ހިނގާ މަގެއް ކަމުން ފެންނަ ހިސާބުގައި ވެސް ހުރީ ދެ ތިން މީހެކެވެ. އެއީ ވެސް އަހަރެންގެ މައިންބަފައިން ނުތިބޭތީ އެ ކަމާ މަލާމާތްކުރާ ބައެކެވެ.

އަހަރެންނާ ދިމާލަށް އެ ދެމީހުން މަޑުމަޑުން އަންނަހެން ހީވުމުން ދުއްވައިގަންނަން ގަސްތުކުރީމެވެ. އެޅުނީ އެންމެ ދެ ފިޔަވަޅެވެ. އެތަނުން އެކަކު އައިސް އަހަރެންގެ އަނގަ މަތީގައި ފޮތިގަނޑަކުން އަަޅާ ހާްސް ކޮއްލިއެވެ. ބޮލަށް އެނބުރުން އަރައިގަނެެގެން ވެއްޓުނީއެވެ. އަހަންނަށް ހޭލެވުނު އިރު އޮތީ ފަޅުގެއެއް ފަދަ ތާކުއެވެ. ރަނގަޅަށް ހަމަ ބިމަށް އައި އިރު އަހަރެންގެ ގައިގާ ފޭރާމޭ ކިޔުނު އެއްޗެއްހާ ހިސާބު ވެސް ނެތެވެ. ކުށްލިއަކަށް އެ ތަނަށް އައި މީހާގެ މޫނު ފެނުމުން އަހަންނަށް އަޑުގެ ނެތް ކޮޅަށް ރޮއެގަނެވުނެވެ. އެ މީހާއަކީ އަހަރެންގެ……..

( ނުނިމޭ )

Comments (4)

  1. leeshaa

    vrh reethi mi part vx Masha Allah ❤️
    but thankolheh kuree dhonoo 😭😭😭
    vrh curious ekm ingey
    btw the two dudes might be maaish men dhw 😏
    wth she had no clothes…
    what did they do to her??
    who is that nulafaa person 😡
    when next part??
    take care dhonoo ❤️
    nai kokko mathin vrh miss
    lyssssssssm sissy 😘😘😘
    azaan salaam buni nai ah

    1. naura
      leeshaa

      thank you leekko ❤️
      ahaha dhonoo kurutha alhe leekko 😅
      next part dhigu kohllaanan IA
      hmmm yh vedhaane vedhaane
      balamaa dhw maaish men tho
      yh sadly 😭
      nai vx abadhu ronee dhe kudhin mathin miss vegen
      azaan ah vx nai kokko faraathun salaam buney
      dhonoo men varah avahah rashah dhaanan leekko mamma kairi ah shaa ehkkoh
      focus on your studies dhoonee ingey 💖
      love you moreeeee dhonooge leekko and azaan 😘😘😘

  2. nuhaaaaaa

    nau molhey dhw
    manje habareh vx nuvey mihaaru male’ dhiya fahun
    ingey busy kan mihaaru adhi toddler eh onnanyaa adhi maa busy vaanekan vx ingey
    mi part vx vrh reethi Masha Allah ❤️
    leekko bunihen thankolheh kuree
    ekm vrh habeys ingey
    take care nau ❤️
    vrh loabiveyyyy 😘😘😘

    1. naura
      nuhaaaaaa

      habaru dhw kihineh habaru vx vaanee madhu faharaku phone ga aii levenee
      thank you bestie ❤️
      yes yes next part dhigu kohllaanan
      you too take care ❤️
      loabiveyyyy moreeeee 😘

Comments are closed.