Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

އެކަނިވެރި ދުނިޔެ…

🌺 BLOSsOM QuInN 🌺 Level 3100 Login
May 6, 2021 3 Mins Read
3 Comments

ދެލޮލަށް ބޮނޑިވާން ފެށި ކަރުނަތައް ފައިބައިގަތީ އަހަރެންގެ އަތުގައި އޮތް ޑައިރީއަށެވެ.. އަހަރެން ކުރަން މިއުޅޭ ކަންތަކަކީ ރަނގަޅު ކަމެއްބާއޭ އަހަރެންގެ ހިތަށް އަރައެވެ. އަހަރެންގެ އަތުގައި އޮތް ގަލަން ނަގައި ޑައިރީގައި ލިޔަން ފެށިއިރު އަހަރެންގެ އަތް ތުރުތުރު އަޅައެވެ. އަހަރެން މާލެ އައީ އަހަރެންގެ މައިންބަފައިންގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށެވެ. އަހަރެން ވަރަށް ފޮނި އުއްމީދުތަކެއް ކުރީމެވެ. ނަމަވެސް އެ އުންމީދުތައް ވިއްސިވިހާލިވެގެން ދާކަށް މާގިނަ ދުވަހެއް ނުނެގިއެވެ.

*** *** *** ***

އަހަރެންނަށް ކިޔަނީ ޔަލާއެވެ. އަހަރެން މާލެ އައީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިންނެވެ. ރަށުން ކިޔެވެން އޮތް އެންމެ މައްޗަކަށް ކިޔަވައި އިތުރު އެއްޗެއް އުނގެނުމުގެ ބޭނުމުގައެވެ. ފުރަތަމަ ސްކޫލްއަށް ދިޔަ ދުވަސްކޮޅު ހުރިހާ ކުދިން ވެސް އަހަންނަށް ވަރަށް ރަނގަޅެވެ. ކަންކަމުގައި އެހީތެރިވެ އެކުގައި އުޅެ ހަދައެވެ. ބޭރަށްދާން ދައުވަތު ދީހަދައެވެ. ނަމަވެސް އަހަންނަކީ މާ ބޭރުތެރެއަށް ގޮސް ހަދާ ހިތްވާ ކުއްޖަކަށް ނުވާތީ އެ ދައުވަތުތަކަށް ނޫނެކޭ ބުނެ ކިޔެވުމައިގެން އުޅުނީމެވެ. މިކަމުގެ ސަބަބުން އެމީހުން މަޑުމަޑުން އަހަރެންނާއި ދުރުވާން ފެށިއެވެ. ދެތިން މަސްދުވަސް ވީއިރު އަހަރެންނާއި އަނގައިން ބުނެލާނެ ކުއްޖަކުވެސް ނުވެއެވެ. އަހަރެންނާއި އެއްކޮށް އުޅެ ހަދާލާނެ ކުއްޖަކުވެސް ނުވިއެވެ. އަހަރެން އެންމެންގެ ތެރޭގައި ބާކީވިއެވެ. ފުރަތަމަ ޓާރމްގެ ނަތީޖާ ލިބުނުއިރު ހުރިހާ މާއްދާއަކުން އަހަރެންނަށް ލިބުނީ A ފާހެވެ.

 

އާދައިގެ މަތިން ދުވަހެކެވެ. އަހަރެން އިނީ އަހަރެންގެ މޭޒު ކައިރީގައެވެ. ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ ކުލާހުގައި އުޅޭ ނުފޫޒުގަދަ ކުއްޖެއް ކަމުގައިވާ ރައުދާ އައިސް އަހަރެންގެ މޭޒުމަތީގައި ވަރަށް ބާރަށް ޖެހުމުންނެވެ. ” އޭ. މިއަދު މިސް ދިނެއްނު ފިލާވަޅެއް . އެ މަށަށް ހަދައިދީ..” އޭނާ އަހަރެންނާއި ދިމާލަށް ބުންޏެވެ. ” އެކަމު އެއީ އަމިއްލައަށް ހަދަންޖެހޭ އެއްޗެކެއްނުން. އެހެންވީމާ އަމިއްލައަށް ހަދާ..” އަހަރެން ބުނީމެވެ. ރައުދާ އަހަރެންގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ. ” އަނިޔާއެއް ވާން ބޭނުން ނޫނިއްޔާ ބުނީމަ ބުނާގޮތް ހަދާނީ.. ” ރުޅިވެރި މޫނަކާއެކު އޭނާ އަހަރެންނާއި ދިމާލަށް ބުންޏެވެ. އަހަރެންގެ ދެ ލޮލުން ކަރުނަ ހިލުނެވެ. އަހަރެންގެ އަޑު ބެދޭގޮތް ވިއެވެ. ” ހު. ހޫން. ހަ ހަދާނަމޭ.. ދޫކޮށްބަލަ..” އަހަރެންނަށް ގިސްލެވެން ފެށިއެވެ. ” ގުޑް ގާރލް..” ރައުދާ ނުލަފާ ފޮތަކަށް ހީލާފައި ދުރަށް ދިޔައެވެ.

އެދުވަހު ރައުދާގެ ފިލާވަޅު ހަދައިދޭން އިން އިރު އަހަރެންނަށް ވަރަށް ރޮވުނެވެ. އެންމެންގެ ކުރިމަތީގައި އަހަރެންނަށް ބިރުދައްކައި އަނިޔާ ކުރުމުން އެކަމާއި ދެރަވިއެވެ. އަހަރެންގެ ދިފާއުގައި ތެދުވާނެ ކުއްޖަކު ނުވުމުން އެކަމާއި ހިތުގައި ޖެހުނެވެ. އޭގެ އަނެއް ދުވަހު އަހަރެން ސްކޫލަށް ދިޔައީ ރައުދާގެ ފިލާވަޅު ހަދައިގެންނެވެ.. ރައުދާ މިސްއަށް ފޮތް ދެއްކުމުން މިސް ވަރަށް ފަރުވާތެރިކަމާއި އެކު އެޔަށް ބެލިއެވެ. އިރުކޮޅަކުން މިސް ރައުދާއަށްް ގޮވައެވެ. އަދި ފިލާވަޅު ހެދީ އަމިއްލައަށްތޯ ސުވާލު ކުރިއެވެ.. ރައުދާ އެފިލާވަޅު ހެދީ އަމިއްލައަށް ކަމުގައި ބުނުމުން މިސް އޭނާ ކޮޅަށް ނެގިއެވެ.. އަދި ބުންޏެވެ.. ” ރައުދާ ދޮގުހެދީ ކީއްވެ.؟ މި ލިޔުންމީ ރައުދާގެ ލިޔުމެއް ނޫން. މި ކޮންމެވެސް އެހެން ކުއްޖެއްގެ ލިޔުން.. މިސްއަށް ތިކުދިންގެ ލިޔުން ފާހަގަ ކުރަން އިނގޭ.. ދޮގުނުހަދާ ބުނޭ.. މި ކޮން ކުއްޖެއްގެ ލިޔުން..” ރައުދާ އިސްޖެހިގޮތަށް އަނގައިންވެސް ބުނެނުލިއެވެ. ” ރައުދާއަށް ފިލާވަޅު ހަދައިދިން ކުއްޖަކު ކޮޅަށް ތެދުވެފައި މިސް ކާރީގައި ބުނެބަލަ. ފަހުން މިސްއަށް އެނގިއްޖެއްޔާ އެކުއްޖަކަށް އަދަބު ލިބޭނެ.” މިސް އަނެއްކާވެސް ބުނެލިއެވެ.. އަހަރެން ރައުދާއާއި ދިމާލަށް ބަލައިލީމެވެ. އަދި ކޮޅަށް ތެދުވެފައި މިސް ކައިރީގައި އެފިލާވަޅު ހެދީ އަހަރެން ކަމުގައި ބުނީމެވެ. ރައުދާ ފާޑަކަށް އަހަރެންނާއި ދިމާލަށް ބަލާލި އެވެ. ” ޔަލާ ކީއްވެ ރައުދާއަށް ފިލާވަޅު ހަދައި ދިނީ..” މިސް އަހަރެންގެ ގާތުގައި އެހިއެވެ. ” ރައުދާ އަޅުގަނޑަށް ބިރުދެއްކީމަ ހަދައިދިނީ.. އަޅުގަނޑު ބުނިން އެކަނިންނޭ ހަދަންޖެހޭނީ.. ” އެދުވަހު ރައުދާއަށް މިސް އަދަބު ދިނެވެ. އެކަމާއި ރައުދާ ހުރީ ވަރަށް ރުޅިއައިސްފައި ކަން އަހަންނަށް އެނގުނެއްކަމަކު ނޭނގޭކަމަށް ހަދައިގެން އިނިއްޔެވެ.

އެދުވަސް ވެގެންދިޔައީ އަހަރެންނަށް ވަރަށް ވޭންދެނިވި ދުވަހަކަށެވެ. ސްކޫލްއިން ނިމުން ގަޑީގައި ރައުދާއައީ އޭނާގެ އެކުވެރިން އަހަރެންގެ ގައިގައި ވަރަށް ތަޅައި އަނިޔާ ކުރިއެވެ. ރައުދާއާއި ނުބެހުމަށް އަހަރެންނަށް އިންތިޒާރު ދިނެވެ. އަދި ބެހުމުން ވާނެ ގޮތަކީ މިއީ ކަމަށް ބުންޏެވެ. އެދުވަހު އަހަރެންގެ މުޅި ގައިގައި ރިއްސިއެވެ..

ދުވަސްތައް ފާއިތުވަމުން ދިޔައިރު އެމީހުން އަހަރެންނަށް ކުރަމުންދިޔަ ޖެއްސުންތަކާއި އަނިޔާތަށްވީ އިތުރުވެ. މީހުން އަހަރެންނޭ ކިޔައިގެން ދޮގު ވާހަކަތައްވެސް ފަތުރަން ފެށިއެވެ. އަހަރެންގެ ހިތަށް އަރައެވެ. އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ ؟ އަހަރެން އެމީހުންނަށް ކުރީ ކޮން ކަމެއް ހެއްޔެވެ.؟ އަހަރެން އެހެންމީހުންނަށް ބުރައަކަށް ވަނީ ކީއްވެ ހެއްޔެވެ.؟ އަހަރެންނަށް އެހެންމީހުން ނަފްރަތު ކުރަނީ ކީއްވެ ހެއްޔެވެ.؟

 

*** *** *** ***

” މައިންބަފައިންގެ ގާތުގައި މިވާހަކަތައް ކިޔާދޭކަށް އަހަންނަކަށް ނުކެރޭނެ އެވެ.. މިކަމާއި ކުރިމަތިލާނެހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. އެހެންކަމުން އަހަރެން މި ނިންމަނީ އެހެން މީހުންނާއި ދުރަށް މީހަކަށް އުނދަގޫ ނުވާނެ ހިސާބަކަށް ދާށެވެ. ވެގެން ވާނަމަ އަހަރެންނަށް މައާފް ކުރާށެވެ.. މަންމައާއި ބައްޕަ ދެކެ އަހަރެން ވަރަށް ލޯބިވެއެވެ. ”

ޑައިރީގައި އެންމެ ފަހު ފަހަރަށް ލިޔުމަށްފަހު އަހަރެން ދިޔައީ ޓެރެހަށެވެ. ޓެރެހުގެ ފާރަށް އަރައި އަހަރެން މަގުމަށްޗަށް ނަޒަރު ހިންގާލީމެވެ. މިގަޑިއަކީ ދަންވަރު ގަޑިއަސް އާދައިގެމަތިން މަގުމަތިތަށް ވަރަށް ހަލަބޮލިއެވެ. ދަންވަރު ގަޑިކަމުގައި ވިއަސް މީހުންް މަދުވާން އުޅޭ ހެނެއް ހިޔެއް ނުވެއެވެ. އަހަރެންގެ ހިތް ބާރުބާރަށް އެބަތެޅެއެވެ. ވަރަށް ބިރު އެބަގަނެއެވެ.

 

ދެލޮލުން އޮހިގަން ކަރުނަތަކާއި އެކު އަހަރެން ދެލޯ މަރާ ބާރު ކޮށްލީމެވެ. އެކަނިވެރި ދުނިޔެއެއްގައި އުޅުމަށް ވުރެން މިގޮތް ވެސް މާރަނގަޅު ވާނޭ އަހަރެންގެ ހިތަށް ވިސްނައިދިނީ މެވެ.. ހިތާއި ހިތުން އަހަރެންނަށް މަޢާފު ކުރުމަށް ބުނަމުން އަހަރެން ޓެރެހުން ފުންމާލީ އަހަރެންގެ ހިޔާލު ބަދަލު ވުމުގެ ކުރިންނެވެ. އަހަރެން ގޮސް ބިމުގައި ޖެހުމާއިއެކު މުޅި ހަށިގަނޑަށް އެއްކޮށް ފިނިވެގެން ދިޔައެވެ. އަހަރެންގެ ހަށިގަނޑުގެ އެތަން މިތަނުގައި ވޭން އެބަ އަޅައެވެ. ދެލޯ ފުސްވަމުން ދިޔައިރު އަހަރެންނަށް މިކުރެވުނު ކަންތަކާއި މެދު އަހަރެން ދެރަވިއެވެ. މީހަކު އަހަރެން ސަލާމަތް ކޮށްދޭނެނަމައޭ ހިތަށް އަރަމުން ދިޔައެވެ. ކުރާނެ ކަމެއް ނެތެވެ. މިއީ އަހަރެން އަމިއްލައަށް ލިބިގަން ކަމެކެވެ.

 

Share Article

Follow Me Written By

🌺 BLOSsOM QuInN 🌺

Level 3100 Login

Other Articles

Previous

ބަދު ނަސީބުގެ ހިޔަނި އެޅުމުން (25)

loabi viyas
Next

ލޯބިވިޔަސް… 9 ވަނަ ބައި

Next
loabi viyas
May 7, 2021

ލޯބިވިޔަސް… 9 ވަނަ ބައި

Previews
May 5, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (25)

3 Comments!

  1. ?Ril? says:
    May 6, 2021 at 7:04 pm

    OMG blossom sis ❤️❤️❤️
    Heiiiii sis. ❤️❤️
    How’s ya❤️❤️
    I missed u ❤️❤️❤️
    Sis on nuvaathy I was worried eyru. ❤️❤️❤️❤️
    Btw vaahaka Hama vrh sali ❤️❤️
    Sis mihaaru stry liyun Continue kuree thr ❤️❤️❤️
    Vrh ufaavehje sis ge stry Eh fenuny maaa❤️❤️❤️
    Adhi vxx Sis ge stry akah Waiting ingeyyy ❤️❤️❤️
    Lysssssmmm❤️❤️❤️
    Stay safe ❤️❤️Ans tvgc❤️❤️

  2. Smoke gurl says:
    May 6, 2021 at 8:25 pm

    Ohh
    Varah reethi vaahaka eh ❤️❤️✔️✔️??☺️☺️??
    Waiting for ur next story ??☺️☺️??????

  3. ReeshA CoronA ReeshA CoronA says:
    May 6, 2021 at 8:39 pm

    Heyyyyyyy blossom sisooooooo???????????❤️❤️❤️❤️I am santhimariyanbu ngey comedy land ge
    Sooooooo happy to meet you after sooo many days… How are you… Kaifin thr boffin thr… Roadha thr fajuruhsoadhiguge alikamun maghrib namaadhu bangi aa hama ah… Kithah roadha hifihjje thr Mihaaru ???????
    Woowwwwww and this story is awwwsoommmm… Comedy land ga Naisha akee sis eyy…
    Vvv reethi vaahaka eh masha Allah.. Sifa kurun thakaa ibaaraai kurun thah vx hama habyysss
    Lymmmm mm
    Pls give a reply to this
    Mymmmmmmmmm???????????????????????❤️❤️❤️❤️❤️❤️

Comments are closed.



All Right Reserved!