Skip to content
އެސްފިޔަ

އެކުގައިވާނަމޭ(1)

މެލޭޝިޔާގެ ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާރޕޯޓުގެ އެރައިވަލް ގޭޓުން ނުކުމުގެންއައި ދެ ޒުވާނުންނަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ އެމީހުންގެ މަންޒިލަށް ވާސިލްވުމުންނެވެ.މި ދެޒުވާނުންގެ ތެރެއިން އެކަކީ 18 އަހަރުގެ އައިޒަން އެވެ.އިސްކޮޅުންދިގުވެފައި، ބައިމަތި ފުޅާކޮށް ހުރިއިރު ބަލާލަން ފިރިހެންވަންތައެވެ.ބައްޕަގެ ފަރާތުން ލިބިފައިވާ މުށިއިސްތަށިގަނޑާއި ފެހިދެލޮލަކީ ދިވެހިކުދިންނާ ތަފާތުކުރުވާ ދެސިފައެވެ.ކަޅު ޓީޝާޓާއި އައިސްބްލޫ ޖިންސެއްގައި ހުރިއިރު އައިޒަން ވަރަށް ސްމާޓެވެ.

ދެން ހުރީ ނައިނާ އެވެ. އައިޒަން އެކޭ އެއްފަދައިން ނައިނާ އަށް ވެސް ލިބިފައިވަނީ ދޮންހަމަކާއި ހަމަކާއި މުށިއިސްތަށިގަނޑެކެވެ. އާދައިގެ އިސްކޮޅެއް ހުރިއިރު، ރީތި ބުމައަކާ ދިގުއެސްފިޔަތަކުގެ ހިޔާއެޅިފައިވާ ނޫ ދެލޮލަކީ މީހުން އެންމެ އަޅައިގަންނަ ސިފައެވެ. ރަތް ކުލައިގެ ޓޮޕަކާއެކު ކަޅު ސްކިނީގަ ހުރިއިރު އަރާފައި ހުރީ މީޑިއަމްހީލް އަކަށެވެ.މޭކަޕެއްނެތް މޫނުގައި ވަނީ ރީތި  ހިނިތުންވުމެކެވެެ.ނައިނާ އަށް ވީ އަދި 17 އަހަރެވެ.

އެއާޕޯޓުގެ ހަލަބޮލި މާހައުލުން ނުކުމެ އައިޒަން ވަށައިގެން ނަޒަރު ހިންގައިލީ ބައްޕަގެރައްޓެހި މާނިހުބެ ފެނޭތޯއެވެ.ދުރުން މީހަކު ހަނާ އަޅާތަން ފެނިގެން ނައިނާ އަތުގެއިޝާރާތުން އެމީހާ އައިޒަން އަށް ދައްކާލުމުން އެއީ މާނިހުބެ ކަމަށްބުންޏެވެ.އައިޒަންއަށް މާނިހުއާ ކިތައްމެ ފަހަރަކު ބައްދަލުވިޔަސް ނައިނާއަށް މިފެނުނީ އަލަށެވެ.މާނިހުއާއަރާ ހަމަވުމުން ދެކުދިން އޭނާއާ ސަލާމްކުރިއެވެ. ”ހާދަ ދުވަހެއް ފަހުންނޭ މި ބައްދަލުވީ އައިޒަންއާ.މީ ނައިނާ ދޯ!“ނައިނާ ހީލަމުން ބޯ ޖަހާލިއެވެ. ދަބަސްތައް ޑިކީއަށް ލުމަށްފަހު މާނިހު އާއެއްކޮށް ކާރަށް އަރާ ހަމަޖެހިލުމުން ބައްޕައަށް މެސެޖްކޮއްލީ މެލޭ އަށް އާދެވިއްޖެ ކަމުގައެވެ.އޭރު ނައިނާ އިނީ ކާރުން ބޭރަށް ބަލަހައްޓައިގެންނެވެ.

ނައިނާ އާއި އައިޒަން އަކީ ދެބެންގެ ދެދަރިންނެވެ. ނައިނާ ކުޑައިރު ނައިނާ ގެ މައިންބަފައިން ވަނީ ނިޔާވެފައެވެ. އެހެންކަމުން ނައިނާ ގެ ހުރިހާ ޒިންމާއަކާ ހަވާލުވީ ނައިނާގެ މަންމަ، ނޫރާގެ ބޭބެ އަދި އައިޒަން ގެ ބައްޕަ އާއިޒެވެ. އާއިޒްއާއި އޭނާގެ އަންހެނުން އަމީލިޔާ ނައިނާ ބަލަނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ކުޑައިރުއްސުރެ އެއްކޮށް އުޅުމުގެ ސަބަބުން އައިޒަންވެސް ދެކެނީ ނައިނާ އަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެއް ގޮތުގައެވެ.

 

 

 

Comments (9)

  1. mysticaldoe

    Dear readers
    I’m a slow typist so there might be some typing problems in 2nd para. Sorry for that.
    Hurihaa kudhinnah ves Vaahaka kamudhaane kama ummeedhukuran ?❤️

  2. Noo_ra

    Varah Varah reethi 1st part .. Maasha allah ❤️❤️?
    Waiting for the next part.. ☺️☺️

    1. mysticaldoe
      Noo_ra

      ?Thank you noora

  3. R¥N

    Maasha Allah ♥️♥️♥️
    Varah reethi 1st part ???waiting

    1. mysticaldoe
      R¥N

      ?ޝުކުރިއްޔާ?

  4. Kiyaa

    Ma Sha Allah this episode is really good. Can’t wait for the next episode

    1. mysticaldoe
      Kiyaa

      ? Thankyou ?

  5. Anonymous

    Haadha kureyy

    1. mysticaldoe
      Anonymous

      Eii first part v ma. 2nd part dhigu kolla dheveythoa balaanan inshallah

Comments are closed.