ހަތް އުޑުގެ މަތީ، އެކަލާނގެ ޢަރުޝިކޮޅުގައި ވޮޑިގެންވާ މަތިވެރިވަންތަ އިލާހުގެ އަމުރުފުޅަށް ދުނިޔެ ދައުރުވެ ބަދަލުވަމުން ދިޔައެވެ. ދުނިޔޭގެ ދަޅަތަކަށް ހެއްލި ، އެ އިލާހުގެ ޤާނޫނަށް ފުރަގަސްދެމުން ދިޔަ މީހުންގެ ޢަދަދު ގިނަ ވަމުން ދިޔަ ވަރަކަށް ދުނިޔޭގެ ހާލަތު އިތުރަށް ގޯސްވަމުން ދިޔައެވެ. ސާދަ ސަތޭކަ އަހަރުން ކުރިން ، މުޅި ޢާލަމަށް ރަޙްމަތެއްގެ ގޮތުގައި ފޮނުއްވެވި މާތް ﷲގެ ރަސޫލާ މުހައްމަދު ޞައްލައް ﷲ ޢަލައިހި ވަސަލަމްގެ ސުންނަތުގައި ކޮޅުފައިން ޖެހުމަށްފަހު ، […]