ހަވީރުގެ ހިތް ގައިމު ވަގުތެވެ. ސައިކަލް ޕާކު ކޮއްލުމަށްފަހު ކައިޝް މިސްރާބު ޖެހީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯރޓު ގެ އެރައިވަލްސް ގޭޓާ ދިމާއަށެވެ. އަތުކުރީގައި އޮތް ގަޑިއާ ދިމާލަށް ބަލާލި އިރު ނުތަނަވަސް ކަމެއް އެ ހިތްގައިމު މޫނު މަތިން ފާޅުވިއެވެ. “ލަސްވެއްޖިއްޔާ މަގޭ އެއް ކަންފަތުގެ ދުވަސް ދާނެ މިއަދު” އަމިއްލަ ނަފުސާ ވާހަކަ ދައްކަމުން ދިޔަ ކައިޝް އަށް ހުއްޓެން މަޖުބޫރުވީ މީހެއް ގައިގައި ލައިގަތުމުންނެވެ. “ސޮރީ” އެ މީހާ ގެ މޫނަށް ވެސް […]