އަސްރު ނަމާދު ކޮއްލައިގެން ނާހިޒާ އުނދޯލީގައި އިނީ ހަވީރުގެ ޒިކުރު ކިޔާށެވެ. އެއް އަތުން ޒިކުރު ފޮތް ހިފައިގެން، އަނެއް އަތަށް ލައިގެން އިން ވާގަނޑު މެދުވެރިކޮށް އުނދޯލި ހެއްލަމުން ދިޔައެވެ. ދުވަހަކީ އުޑުމަތި ސާފު، މޫސުން ވަރަށް ރީތި ދުވަހެކެވެ. ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅި އާއި އެކު ވަށައިގެންވާ ގަސްތަށް ދެކޮޅަށް ނަށަމުން ގެންދިޔައެވެ. ދުނިޔޭގެ އެއްވެސް ހިޔާލެއްނެތި ކައިރި ގަސްތަކު ތެރެއިން ކަނބިލިތައް ލަވަކިޔާ އަޑު އިވެއެވެ. ޒިކުރު ކިޔާ ނިއްމާލުމަށްފަހު އުނދޯލިން […]
ހިމޭންކަމާއި އެކު ވެހެމުން ދިޔަ ވާރޭގެ ތިކިތަށް، ކެނެޑާގެ ހިތްގައިމު ވެންކޫވަރ ސިޓީގެ ކަންމަތީގައި ހުރި ކުޑަ ފޮތް ފިހާރައެއްގެ ލޯގަނޑުގައި ބީއްސަމުން ދިޔައެވެ. ފިހާރައިގެ ދޮރު ހުޅުވާލައިފާ ލުހާ އެތެރެއަށް ވަދުމާއިއެކު ނޭފަތުގައި ޖެހުނު، ދުވަސްވެފައިވާ ފޮތްތަކުގެ ވަހާއި ކޮފީގެ ވަހުން ހިތް ފުރިގެން ދިޔައެވެ. ލައިގެން ހުރި ކޯޓު ބާލައި ފެންފުހެލުމަށްފަހު ކޯޓު އެޅުވުމަށް އެފިހާރައިގެ އެއްކަނުގައި ހާއްސަ ކޮއްފައި ހުރި ރެކުގައި އަޅުވާލާފައި، އެތެރެއަށް ހިނގައިގަތެވެ. ފޮތްތަކުގައި އަތް ކާއްތަމުން، ލުހާ އެކި […]