Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ޒައިން
ހިތާމަކުރުވާހަކަލޯބި

ޒައިން

Mohamed Adam Level 1
March 22, 2025 5 Mins Read
2 Comments

ހިމޭންކަމާއި އެކު ވެހެމުން ދިޔަ ވާރޭގެ ތިކިތަށް، ކެނެޑާގެ ހިތްގައިމު ވެންކޫވަރ ސިޓީގެ ކަންމަތީގައި ހުރި ކުޑަ ފޮތް ފިހާރައެއްގެ ލޯގަނޑުގައި ބީއްސަމުން ދިޔައެވެ. ފިހާރައިގެ ދޮރު ހުޅުވާލައިފާ ލުހާ އެތެރެއަށް ވަދުމާއިއެކު ނޭފަތުގައި ޖެހުނު، ދުވަސްވެފައިވާ ފޮތްތަކުގެ ވަހާއި ކޮފީގެ ވަހުން ހިތް ފުރިގެން ދިޔައެވެ. ލައިގެން ހުރި ކޯޓު ބާލައި ފެންފުހެލުމަށްފަހު ކޯޓު އެޅުވުމަށް އެފިހާރައިގެ އެއްކަނުގައި ހާއްސަ ކޮއްފައި ހުރި ރެކުގައި އަޅުވާލާފައި، އެތެރެއަށް ހިނގައިގަތެވެ.

ފޮތްތަކުގައި އަތް ކާއްތަމުން، ލުހާ އެކި ހަރުގަނޑުތައް ބަލަމުން ކުރިއަށް ހިނގަމުން ދިޔައީ ޝައުގުވެރިވާ ކަހަލަ ފޮތެއް ފެނޭތޯއެވެ. އިރުކޮޅެއް ވަންދެން ހިނގުމަށްފަހު ލުހާ މަޑުކޮއްލީ ލޯބީގެ ވާހަކަތަށް ހުންނަ ހަރުގަނޑުތަށް ކައިރީގައެވެ. އެންމެ ކުޑައިރުއްސުރެ ވެސް ލުހާ އެންމެ ޝައުގުވެރިކަން ހުންނަނީ ލޯބީގެ ވާހަކަތަށް ކިޔުމަށެވެ. އެކި ފޮތްތަކަށް ބަލަމުން ގޮސް ލޮލުގައި އަޅައިގަން ފޮތެއް ނެގުމަށް އަތ ލުހާގެ ސަމާލުކަން ގެއްލިގެން ދިޔައީ ކުރިމަތީގައި ހުރި ފޮތް ހަރުގަނޑު ކައިރިން ފުދޭވަރަކަށް ބަރު އަޑަކުން ވާހަކަ ދައްކާ އަޑު އިވުމުންނެވެ.

“ހުމްމް.. މީގެ މާނައަކީ ކޯއްޗެއް؟؟.”

ލުހާ އެންމެ ހައިރާން ވެގެން ދިޔައީ ބީރައްޓެހި ގައުމެއްގައި އުޅޭތާ އެއްއަހަރު ވެފައި ވީއިރު، ދިވެހި ބަހުން އެހެން މީހަކު ވާހަކަ ދައްކާ އަޑު މިއިވުނީ އަދި ފުރަތަމަ ފަހަރަށް ކަމަށް ވުމުންނެވެ. އެ ހައިރާންކަން މަތީގައި ހުރެގެން މަޑުމަޑުން ހަރުގަނޑުގެ އަނެއް ފަރާތަށް ބަލައިލިއެވެ. ޕޮއެޓްރީ ސެކްޝަންގައި ހުރީ ބުޅި އިސްތަށިގަނޑެއް ލައިފައި ހުރި ދިގު ފިރިހެނެކެވެ. އަތަށް ދެތިން ފޮތް ލައިގެން ގަނޑުތަށް އުކަމުން ދިޔައިރު، ލައިގެން ހުރި ވިއްސާރަ ކޯޓުން ފިހާރަ ތެރެއަށް ފެންތިކި ތަޅަމުން ދިޔައެވެ. އެމީހާގެ މޫނަށް ލުހާ ބަލާލުމާއިއެކު ހިނިގަނޑެއް ޖަހައިލެވުނީ އެމީހާގެ މޫނުމަތީގައިވާ ކުލަވަރު ފެނިފައެވެ.

ސިއްސައިގެންގޮސް އެމީހާ ލުހާއާއި ދިމާލަށް އިސްއުފުލާ ބަލާލިއެވެ. އަދި ޖެހިލުންވެ ހުރެ އެއް އަތް ހިއްލާލުމަށް ފަހު މަޑުމަޑުން ހަނާ އަޅައިލިއެވެ. ލުހާވެސް ޖަވާބުގައި ހަނާ އަޅާލުމަށްފަހު އަނެއްކާވެސް ހޭން ފެށިއެވެ. “އައިމް ސޮރީ، ފޮތަށް ބަލަން ހުރި ގޮތުން ހީވަނީ ހަމަ ދެންމެ ގަނޑުތަކަށް ހަމަލާއެއް ދީފާނެހެން.” ލުހާ ހުނުން ހުއްޓާލުމަށްފަހު ބުންޏެވެ. “އަދި އަލަށް މިކަލަ ފޮތެއްގެ އެތެރޭގައި ލިޔެފައިވާ އެއްޗެއް މިފެނުނީ. އެހެންވެ ލިޔެފައިވާ އެއްޗެއް އެހާ ބޮޑަށް ނޭނގޭތީވެ ވާނުވާގަ މިހުރީ.” ލުހާ ދިވެހިން ވާހަކަ ދެއްކުމުން، ކުޑަކޮށް ހައިރާންވެ ހުރެ އެމީހާ ކަރުގެ ފަހަތް ކަހާލަމުން ބުންޏެވެ.

“ޖޮބް އިންޓަރވިއުއަކަށް ރެޑީ ވަނީތަ؟” ލުހާ ވާހަކަ ދެއްކުން ކުރިއަށް ގެންދުމުގެ ނިޔަތުގައި ބުންޏެވެ. “ނޫން..” އެހެން ބުނުމުގެ ކުރިން އެމީހާގެ މޫނުމަތީގައިވާ ކުލަވަރު ލަދުރަކި ކަމަކަށް ބަދަލު ވެގެން ދިޔައެވެ. “ޑޭޓް އަކަށް ދާންވެގެން. ފިލްމު ތަކުން ފަސްޓް ޑޭޓް ތަކުގައި ލޯބީގެ ޕޮއެމްސް ބޭނުން ކުރާ ތަން ފެންނާތީވެ ހިތަށްއެރީ ގޮތް ބަލާލާނީއޭ.” ލުހާ ކުރިން ހުނު ވަރަށް ވުރެ ބާރަށް ހޭން ފެށިއެވެ.

“ހަހަ..ކިހިނެއްވީ.؟ ހިނިގަނޑެއް ޖަހާލަމުން އެމީހާ ލުހާއާއި ސުވާލު ކޮއްލިއެވެ. “އަހަރެންނަށް ހީވަނީ އަލަށް ދިމާވާ މީހަކާއި ދުވަކުވެސް ނޭނގޭ އެއްޗެއްގެ ނުވަތަ ކަމެއްގެ ވާހަކަ ދައްކައިގެން ރަނގަޅެއް ނުވާނެހެން. ޖަސްޓް ބީ ޔޯސެލްފް.” ލުހާ ބުންޏެވެ.

“ރަނގަޅު ވާހަކައެއް ތީ. އަހަރެންގެ ނަމަކީ ޒައިން.” ސަލާމް ކޮއްލުމަށް އަތް ދިއްކޮއްލަމުން ޒައިން ބުންޏެވެ. “ލުހާ..” ޒައިން އާއި ސަލާމް ކޮއްލަމުން ބުންޏެވެ. ވަރަށް ގިނައިރު ވަންދެން ވާހަކަ ދައްކަން ހުރުމަށް ފަހު، ލުހާއާއި ޒައިން ފޮތް ފިހާރައިން ވަކިވެގެން ދިޔައީ ފޯނު ނަންބަރު ބަދަލު ކުރުމަށް ފަހުގައެވެ.

ހަމަ އެދުވަހެވެ. ހަވީރު ވަގުތު ވީއިރުވެސް ވާރޭ ހުއްޓާ ނުލުމުން، ލުހާއާއި ޒައިން ކޮފީއެއް ބޯލަން ދިމާކުރިއެވެ. ކޮފީ ބޮމުން ދިޔަ ވަގުތު ޒައިން ލުހާ ކައިރީގައި، ވަރަށް ގިނަ ސުވާލު ކުރިއެވެ. ކިޔަވަމުން ދަނީ ކޯޗެއްތޯއާއި، އެންމެ ޝައުގުވެރިކަން ހުންނަ ފޮތްތަކާއި ފިލްމުތަކާއި، އަދި ހަޔާތުގައި ކުރަން ބޭނުންވާ ވާހަކަތަކެވެ. ލުހާ މި ހުރިހާ ސުވާލަކަށް ދެމުން އައީ ޖަވާބުތަށް ޒައިން އަޑުއަހަމުން ދިޔައީ ލުހާގެ އަނގައިން ނިކުންނަމުން އައި ކޮންމެ ބަހަކީވެސް އަގުހުރި މުހިންމު ބަސްތަކެއް ފަދައިންނެވެ. މިކަމުގެ ސަބަބުން ލުހާއަށް ޒައިން ވަރަށް ކަމުދިޔައެވެ. ކޮފީ ބޮއި ނިންމާލުމަށްފަހު ގެއަށް ދިޔައިރު ލުހާއަށް، ޒައިންއަކީ މުޅި އޭނާގެ ހަޔާތުގައި އިނގެފައިވާ މީހެއް ފަދައެވެ. ޒައިން އަކީ މަޖާ، ވިސްނުންތޫނު، އަދި ލުހާ ގަޔާވާ ފަދަ ގޮތަކަށް ބުނަން ބޭނުންވާ އެއްޗެހި ބުނާ ކަހަލަ މީހެކެވެ.

މާގިނަ ދުވަސްތަކެއް ނުވެ މަދުމަދުން އަންނަމުން ދިޔަ ކޮފީތަށް އެޔައްވުރެ ގާތް ގުޅުމަކަށް ބަދަލު ވެގެން ދިޔައެވެ. ދެމީހުންނަށް އެއްކޮށް ހުސް ވަގުތެއް ލިބެއްޖެނަމަ މިހާރު އަބަދުވެސް ހޭދަ ކުރަނީ އެއްކޮށެވެ. ދެ ހަފްތާއެއްހައި މަދު ދުވަސް ކޮޅެއްގެ ތެރޭގައި، ދެމީހުންނަށްވެސް އެކަކު އަނެކަކާއި ނުލައި ނޫޅެވޭ ވަރު ވެއްޖެއެވެ. މޫސުން ރީތިކޮށް އޮންނަ ކޮންމެ ދުވަހަކުވެސް ދެމީހުން އެކީގައި ކޮންމެސް ތަނެއް ބަލަން ބޭރަށް ދެޔެއެވެ. އަދި މޫސުން ގޯސް ދުވަސްތަކުގައި ބޭރަށް ނިކުންނަން ބޭނުން ނުވާނަމަ، ގޭގައި ތިބެގެން ފިލްމެއް ބަލައެވެ. ނުވަތަ އެކީގައި ފޮތެއް ކިޔައެވެ.

އެގޮތުގައި އެއްކޮށް އުޅޭތާއި ދެއަހަރު ފަހެވެ. ދުވަހަކީ ފުދޭ ވަރަކަށް ވިއްސާރަ ދުވަހެކެވެ. އާދައިގެ މަތިން ލުހާއާއި ޒައިން ވާހަކަ ފޮތެއް ގަނެލައިގެން ކޮފީއެއް ބޮއިލުމުގެ ބޭނުމުގައި، އެދެމީހުން އެންމެ ފުރަތަމަ ދިމާވި ފޮތް ފިހާރައަށް ދިޔައެވެ. ވާހަކަ ފޮތް ގަނެގެން ކޮފީއަކާއި އެކު، ކާލާނެ ކޭކެއް ނަގައިގެން ދެމީހުން އައިސް ފިހާރަ ތެރޭގައި އިށީނެވެ. ގައިން ފޮތްތަކާއި ބެހޭގޮތުން ވާހަކަ ދައްކަމުން، ކޮފީ ބޮމުން ދަނިކޮށް ކުއްލިއަކަށް ޒައިން އިންތަނުން ތެދުވިއެވެ. އަދި ޖީބުން ކުޑަ ކުޑަ ފޮށްޓެއްގައި އިން އަޅި ކުލައިގެ އަނގޮޓިއެއް ނެގުމަށްފަހު، ލުހާ ކައިރީގައި ކުޑަކަކޫ މައްޗައް އިށީނެވެ.

“ލުހާ.. މީގެ ދެއަހަރު ކުރިން މި ފިހާރައިން ދިމާވިއިރު، ތީ އަހަރެންގެ ހަޔާތުގައި ހުރި އެންމެ މުހިންމު މިހާއަށް ވެގެންދާނެ ކަމަށް އަހަރެން ހީވެސް ނުކުރަން. އަހަރެން ލުހާދެކެ ވަރަށް ލޯބިވޭ. އަހަންނާއި އިންނާނަން ތަ.؟؟” ޒައިން އެއް ނޭވާއިން ހުރިހާ އެއްޗެއް ކިޔާ ނިންމާލުމަށްފަހު ހީލިއެވެ. ލުހާ ލޮލަށް ހަމަ ވަގުތުން ޖަމާވެފައިވާ ކަރުނަތަށް ފުހެލަމުން ކޮޅަށް ތެދުވިއެވެ. އަދި އާއެކޭ ބުނުމުގެ ގޮތުން ދެތިން ފަހަރަކު ބޯ ޖަހައިލިއެވެ. ޒައިން ވަރަށް އުފަލުން ހުރެ ތެދުވުމަށްފަހު ލުހާގެ އިނގިލީގައި އަނގޮޓި އަޅުވައިދިނެވެ.

ކައިވެނި ކުރުމަށްފަހު ދެމަފިރިން އުޅެމުން ދިޔައީ ވަރަށްވެސް އުފަލުގައެވެ. ވެންކޫވަރގެ ތޮށްޖެހިފައި ނުވާ ހިސާބަކުން ކުޑަ އެޕާރޓްމަންޓަކަށް ދެމަފިރިން އެއްކޮށް ބަދަލުވިއެވެ. އަދި ގޭތެރޭގެ ފަޅުކަން ފިލުވާނެ ލޯބި ލޯބި ބުޅަލެއްވެސް ގެންގުޅެން ފެށިއެވެ. އުފާވެރި މުސްތަގްބަލަކަށް އެދި ލުހާއާއި ޒައިން އެކުގައި، ވަރަށް ބުރަކޮށް މަސައްކަތް ކުރަން ފެށިއެވެ. ލުހާ ގިނަ ދުވަސްތަކުގައި، ރޭގަނޑާއި ދުވާލުވެސް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ދިޔައެވެ. ޒައިންވެސް މީގެ ކުރިން މަސައްކަތް ކޮއްފައި ނުވާހާ ބުރަކޮށް އެކިއެކި ޕްރޮޖެކްޓް ތަކުގައި ވަގުތު ހޭދަ ކުރިއެވެ.

ބިނާކުރަމުން އައި ފުރިހަމަ ހަޔާތަށް ބަނަކަމެއް އަންނަން ފެށީ ކައިވެންޏަށް އަހަރެއް ފުރުނު ފަހުންނެވެ. ފުރަތަމަ އެކަން ފެށިގެން އައީ ކުޑަ ކަމެއްގެ ގޮތުގައެވެ. ޒައިން ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވެއެވެ. ކޮންމެ ފަހަރަކުވެސް ބުނަނީ ހަނދާން ނެތެނީ ކަމަށެވެ. އަދި ދެން އެހެން ނުވާނެ ކަމަށްވެސް ބުނެއެވެ. ކޮންމެ މީހަކީވެސް ހަނދާން ނެތިދާނެ މީހެއްކަމަށް އެނގިހުރެ، ލުހާ އެކަމަށް އެހާ ސަމާލު ކަމެއް ނުދެއެވެ. އަދި ދެމީހުންވެސް އެއީ “ކްރިއޭޓިވް ފޮގެޓްފުލްނެސް” އޭ ކިޔައިގެން އެކަމާ ސަމާސާ ކުރަމުން ދިޔައެވެ. ނަމަވެސް ކުރަމުން ދިޔަ ސަމާސާ ފަނޑުވެގެން ދާން މެދުވެރިވި ސަބަބަކީީ، އަޅާނުލައި ދޫކޮއްނުލެވޭ ވަރުގެ ކަންކަން ޒައިން ހަނދާން ނެތެން ފެށުނު ހިސާބުންނެވެ.

އެއްދުވަހެކެވެ. ލުހާ ގެއަށްއައި އިރު، ޒައިން ހުރީ ބަދިގޭގައި އުނދުން މައްޗައް ބަލަންނެވެ. ކަންކަން އުދާފައި ހުރި ފެން ކޮޅުވަނީ ކެކިކެކި ހުސްވެފައެވެ. އަދި ތެލީގެ ފޫވެސް ހުރީ އަނދާފައެވެ. ލުހާ ކޮންޑޫގައި އަޅާފައި ހުރި ދަބަސް ނަގައި އެއްލާލުމަށްފަހު ދުވެފައި ގޮސް އުނދުން ނިވައިލިއެވެ.

“ޒައިން..” ޒައިންގެ ކޮނޑުގައި މަޑުމަޑުން އަތުން ޖަހާލަމުން ލުހާ ގޮވައިލިއެވެ.

ޒައިން މަޑުމަޑުން ލުހާއާއި ދިމާލަށް މޫނު އަނބުރާލިއެވެ. މޫނުމަތީގައިވަނީ ވާނުވާ ނޭނގޭ ހާލަތެއްގައި މީހެއްގެ މޫނުމަތިން ފެންނާނެ ފަދަ ކުލަވަރެކެވެ. އަދި  އެހެން އިރުކޮޅަކު ލުހާއާއި ދިމާލަށް ބަލަން ހުރެފައި ކުއްލިއަކަށް ގިސްލާފައި ރޯން ފެށިއެވެ. އަދި ލުހާގެ ކޮނޑުގައި މަޑުމަޑުން ބޯ އަޅައިލިއެވެ. “އަހަރެން ހަނދާން ނެތުނީ.” ވައި އަޑަކުން ޒައިން ބުންޏެވެ. “އަހަރެން އުޅުނީ ލުހާ އަންނަން ވާއިރަށް ކައްކަން ވެގެން. އެކަމު ކުއްލިއަކަށް ހަނދާން ނެތުނީ ކުރަން ހުރި ކަންތަށް.”

“އެ ރަނގަޅުވާނެ..ޑޯންޓް ވޮރީ..” ލުހާ، އޭނާގެ ދެއަތުން ޒައިން ގައިގާ ފިރުމާލަމުން ބުންޏެވެ. އޭނާ ހަމައެކަށް އެޅުވުމުގެ ބޭނުމުގައެވެ. ނަމަވެސް މިއީ އާދައިގެ ކަމެއް ނޫންކަން އެވަގުތު ލުހާއަށް ރޭކައިލިއެވެ. އަދި ވީ އެންމެ އަވަހަކަށް މިވާ ގޮތެއް ބެލުމަށް ލުހާ އަވަސްވެގަތެވެ. ހަފްތާއެއްހައި ދުވަސް ވަންދެން ވަރަށް ގިން ޓެސްޓުތަކާއި އެޕޮއިންޓްމަންޓު ތަކަކަށް ފަހު މިއަދު ދެމަފިރިން ނިއުރޯލޮޖިސްޓެއްގެ އޮފީހުގައި ތިބިއިރު، ޑޮކްޓަރު ބުނަމުން ދިޔައީ ޒައިން ހަނދާން ނެތެން ފެށި އެންމެ ފުރަތަމަ ހިސާބުންވެސް ލުހާގެ ހިތް ބުނަމުން އައި ވާހަކައެވެ.

“އާރލީ އޮންސެޓް އަލްޒައިމާ.” އޯގާތެރި މަޑު އަޑަކުން ޑޮކްޓަރު އެހެން ބުނި ނަމަވެސް، ޑޮކްޓަރުގެ އަޑުގައިވާ ސީރިއަސްކަން ލުހާއަށް ފާހަގަ ކުރެވުނެވެ. “ޒައިންގެ އުމުރު މީހުންނަށް މި ބަލި ޖެހޭލެއް ވަރަށް މަދު ނަމަވެސް އަލާމަތްތަށް ފިޓް. ޕްރޮގްރެޝަން ލަސް ކުރުމަށް ފަރުވާ ދޭން ފަށިދާނެ، ނަމަވެސް…”

ޑޮކްޓަރު ކުރިއަށް ދިޔަ ވަރަކަށް ލުހާގެ އަތުގައި ޒައިން ހިފަމުން ދިޔަ ވަރު ބާރުވެގެން ދިޔައެވެ. އެއްވެސް ފަރުވާއަކުންވެސް ބަލި ރަނގަޅު ވުމުގެ މަގެއް ނެއްކަމަށް ބުނި ހިސާބުން ލުހާއަށް ޑޮކްޓަރު ކިޔަމުން އައި އެއްވެސް އެއްޗެއް އަޑެއް ނީވުނެވެ.

ހަޔާތުގައި ޖެހިގެންއައި ދުވަސްތަކުގައި އޮތީ ޒައިން ޑޮކްޓަރަށް ދެއްކުމާއި، ބޭސްކެއުމާއި، ދިރި އުޅުމައިގެން ކުރިއަށް ދިއުމަށް ޓަކައި ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ދެމެހެއްޓުމަށް ދެމަފިރިން ވެގެން މަސައްކަތް ކުރުމެވެ. ކަންދިމާ ކުރި ގޮތުން ޒައިން ޖެހުނީ ކުރިއަށް ގެންދަމުން ދިޔަ ހުރިހާ ޕްރޮޖެކްޓުތަށް ހުއްޓާލުމަށްފަހު ވަޒީފާއިން ވަކިވުމަށެވެ. އޭގެ އިތުރުން ލުހާ، ލިބޭ ހުރިހާ ވަގުތެއްގައިވެސް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ދިޔައެވެ. ޑޮކްޓަރު ދެއްކުމަށް ބޭނުންވާނެ ފައިސާ ހޯދުމުގެ އިތުރުން، މަސައްކަތް ކުރުމުން ޒައިންގެ ބައްޔާއި މެދު އަބަދު ވިސްނުމުން ދުރުހެލު ވުމަށް އެހީ ވެދޭތީއެވެ.

ދެމަފިރިން ވަރުގަދަކަމާއި އެކު ޒައިންގެ ބައްޔާއި ހަނގުރާމަ ކުރަމުން އައި ނަމަވެސް، ދުވަސްތައް ފާއިތު ވަމުން ދިޔަ ވަރަކަށް ޒައިންގެ ބަލި ދިޔައީ، ދެމަފިރިންގެ މައްޗަށް ގަދަ ކުރަމުންނެވެ. އެމީހުންގެ ކައިވެންޏަށް ދެއަހަރު ފުރުނު ދުވަސްވެސް ޒައިން ހަދާން ނެތުނެވެ. އެއަށްފަހު އެދެމީހުންގެ ލޯބީގެ ނިޝާނެއް ކަމަށްވާ، އެގޭގައި ގެންގުޅޭ ބުޅާގެ ނަންވެސް ޒައިން ހަނދާން ނެތުނެވެ. ބައެއް ދުވަސް ދުވަހުގައި ހުރެވޭ ތަން ހަނދާން ނެތުމުގެ ސަބަބުން ޒައިން އޭނާގެ ގޭގައި ނޫޅެ، އެޕާރްޓްމަންޓެއްގައި އުޅެނީވެސް ކީއްވެތޯ ސުވާލު ކުރެއެވެ. ޒައިން އެބުނަނީ އޭނާ ކުޑައިރު އުޅެ ބޮޑުވި ގޭގެ ވާހަކަން ލުހާއަށް ދެނެގަނެވުނެވެ.

ލުހާއަށް އެންމެ އުނދަގޫ ކަމަކަށް ވެގެން ދިޔައީ، އެއްވެސް ދުވަހަކު ދެމަފިރިން ހޭލާ ވަގުތު، ޒައިންއަށް ލުހާއަކީ ކާކުކަން ނޭނގޭތީއެވެ.

“ހައި.” ސުވާލުން ފުރިފައިވާ ރާގަކަށް ޒައިން ބުންޏެވެ. “ތިޔައީ.. ނަރުސްތަ؟” ޒައިންގެ އަނގައިން ނިކުއިން ބަސްތަށް ކަންފަތުގައި ޖެހުމާއި އެކު ލުހާގެ ހިތް ފަޅާއިގެން ދިޔަ ކަހަލައެވެ. ނަމަވެސް ގަދަކަމުން ހިތްވަރު ކޮއްލާފައި ހިނިތުންވެލިއެވެ. އަދި ބުންޏެވެ. “މިއީ ލުހާ. ޒައިންގެ އަންހެނުން..”

“ލުހާ..” ޒައިން ލުހާ އެހެން ބުނުމުން ފަހަތުން ތަކުރާރު ކޮއްލިއެވެ. “ރީތި ނަމެއް.” ލުހާއާއި ދިމާލަށް ހިނިތުންވެލަމުން ޒައިން ބުންޏެވެ. އެދުވަހު ޒައިންއާއި ކުރިމަތިލާނެ ހިތްވަރު ނެތުމުން ލުހާ އުޅުނީ ޒައިން އާއި ދުރުންނެވެ. ނިދަންވެސް ދިޔައީ ސޯފާއަށެވެ. އަދި ނިދެންދެން ގިސްލާފައި ރޮމުން ދިޔައެވެ.

މިހުރިހާ ކަމެއް ކުރިމަތިވަމުން އަންނަ އިރުވެސް ލުހާ އަދިވެސް ޒައިންއާއި އެކީގައި އުޅެން ބޭނުން ވިއެވެ. އެދެމީހުން އެކުގައި އުޅެފައި ހުރި ފޮޓޯތަކާއ ވީޑިއޯތަށް ޖާނަލްތަކާއި ފޮޓޯ އަލްބަމްތަކުގައި ޑޮކިއުމެންޓް ކުރަން ފެށީ، ކޮންމެ ދުވަހަކުވެސް ޒައިންއަށް އެމީހުންގެ ވާހަކަތައް ހަނދާން ކޮއްދިނުމުގެ ބޭނުމުގައެވެ. ދިމާވި ފޮތްފިހާރައިގެ ވާހަކައާއި، އެތަނުގައި ކައިވެނި ކުރަން އެހި ވާހަކައާއި، އެތަކެއް ރެޔަކު ނުނިދާ ތިބެ ދެމީހުން އެކުގައި ދެކުނު ފޮނި ހުވަފެން ތަކުގެ ވާހަތަށްވެސް ކިޔައިދިނެވެ.

އެއްދުވަހަކު ހަވީރުގެ ވަގުތެވެ. އާދައިގެ މަތިން ލުހާ މިއަދުވެސް އެދެމީހުންގެ ވާހަކައެއް ޒައިންއަށް ކިޔައިދެމުން ދިޔައެވެ. ކުއްލިއަކަށް ޒައިން ލުހާގެ އަތުގައި ހިފައިލިއެވެ. އަދި ބުންޏެވެ. “އަހަންނަށް މިއަދު ތިޔަކީ ކާކުކަން ނޭންގުނު ނަމަވެސް، އަހަރެންނަށް ހީވަނީ އަހަރެންގެ މުޅި އުމުރުގައި ތިބާދެކެ ލޯބިވެވިފައި ވާހެން.” މަޑުމޯޅި އަޑަކުން ޒައިން ބުންޏެވެ. ލުހާގެ ކޯތާފަތުގައި ބީހެމުން އައި ކަރުނަ ތިކި ފުހެލަމުން، ޒައިން ހިނިތުންވެލިއެވެ.

Share Article

Follow Me Written By

Mohamed Adam

Level 1

Other Articles

Previous

މި ވާވަރު ބުނެދޭހިތްވޭ…ޓްރެއިލަރ

Next

ހިތި ނަތީޖާ (1 ވަނަ ބައި)

Next
March 22, 2025

ހިތި ނަތީޖާ (1 ވަނަ ބައި)

Previews
March 22, 2025

މި ވާވަރު ބުނެދޭހިތްވޭ…ޓްރެއިލަރ

2 Comments!

  1. Nayaa Nayaa says:
    March 22, 2025 at 1:12 pm

    Mi story kiyaalaafa hama comment eh nukoh nuhurevigen mi comment eh kohlany.. Masha Allah.. Varah varah reethi.. Hama heevanii vaahakaige thereyga ulhevunu hen.. I love love loveee how you connected their love story to a bookstore.. Varah iconic hama.. Hoping to read more of these stories

  2. rishma says:
    March 22, 2025 at 1:50 pm

    vrh reethi vaahaka eh Masha Allah 💗💗💗
    btw my ex ah kiyanee zain ingey bro also have hama bulhi isthashi gandeh…
    heevee eyna ge hayaathun sofhaa eh kiyailevunuhen… hehe

Comments are closed.



All Right Reserved!