މޮޔައިން ތެންމާ ޒާތުގެކަނި ވާރޭ ކޮޅެއް މާ ހެނދުނަކާއި ވެހުނެވެ.އެކަމަކު މިހާރު ދުނިޔެ ތެރެއަށް ކެނޑިގެންދާން މިއުޅެނީ، ހިތަށް ފިނިކަން ލިބިގެންދާ ،ހިޔާލުތައް ފަނާކޮށް ލާނެ، ސާފު ރީތި ހެނދުނެކެވެ. ފަންކާގެ ވަޔަށް ނަށަމުން ދިޔަ ފަން އިސްތަށިގަނޑާއި ކުޅެލަ ކުޅެލާ އިން އެލީގެ ނަޒަރުވަނީ އޭނާގެ ފޯނުގައި ހުރި ފޮޓޯ ގަނޑަށެވެ. އެ ފޮޓޯ ގަނޑުގައި އެވަނީ އޭނާއަށް ވަރަށް ޙާއްޞަ މީހެކެވެ. އާއެކެވެ. އެއީ އޭނާގެ ލޯބިވެރިޔާގެ ފޮޓޯއެކެވެ. އޭނާގެ ހިތުގެ ރަސްކަން ކުރަމުން […]