“ސާރާއަށް ދެރަ ގޮތެއް ވެއްޖެއްޔާ ކީއްކުރާނީ؟ މަރުވާނީތަ؟” މިޝްކާ ގެ ވާހަކަ މެދުކަނޑާލާފައި ސަރާ ގެއާދިމާއަށް ދާން ދުއްވައިގަތެވެ. ******** ފަހަތުން މިޝްކާ ވެސް ދުއްވައިގަތީ މަޑުކުރާށޭ ގޮވަމުންނެވެ. ސާރާ ގެއަށް ވަތްއިރު ޒާންގެ ރުއިމުގެ އަޑުއިވުނެވެ. ދުވެފައިކަހަލަ ގޮތަކަށްގޮސް ކޮޓަރިއަށް ވަތް އިރު ޒުލޭޚާ ޒާން އުރާލާއިގެން އެދިމާލަށް އަންނަނީއެވެ. “އަހާން…. ކޮންތާކުން ތިއައީ. މިދަރި މިއޮށް ރޮއެ ރޮއެ ބަލިވަނީ”. ” އަޅޭ މަންމިގެ ދޫނީ އަވަހަށް އާދޭ”. ސާރާ ޒާން އަށް ބުއްފުޅި […]
“ސާރާގެ އަތްތިލަ ހާދަ މަޑޭ. މިލޯބި ލޯބި ކުޑަކުޑަ އަތުގެ ތެރޭ އަހަރެން މުޅިއުމުރަށް ފޮރުވާލަ ދެއްޗެވެ.” ކައިސްގެ ފޮނިފޮނި ބަސްތަކުން ސާރާ ލަދުގަތެވެ. ބުނާނެ އެއްޗެއް ނޭނގި އަނެއް ފަރާތަށް މޫނު އަނބުރާލީ ބޭ އިޚްތިޔާރުގައެވެ. ސާރާ ކައިސްގެ މިޔުޒިކަށް އަޑު ޖެހުމުން ސާރާގެ މޫނު ކައިސް އާވީފަރާތައް އަނބުރާލިއެވެ. އަދި މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. “ސާބަސް މީ މަށޭ. ކޮންދުނިޔެއަކަށް ގެއްލިފަ ތަތީނީ.” މިޝްކާ އައިސް ސާރާގެ ކައިރީގައި އިށީނދެލިއެވެ. ސާރާ ފަރާތް ފަރާތް […]