އެއީވެސް ހަމަ އެފަދަ ދުވަހެކެވެ. މުސުން ރީތި ދުވަހެކެވެ. ވައި ޖެހޭލެއް މަޑެވެ. ކަނޑުވެސް ގަދަ އެއް ނޫނެވެ. މޫސުމީގޮތުން އެދުވަހާ އެއްގޮތް ކަމެއް ހުއްޓަސް މީގެ 3 އަހަރު ކުރިން “ނިޔާމަ ބޯޓުގައި” މާލެ ދާން ފުރި ދުވަހު ސަނާއަށް ކުރެވުނު އިހުސާސް، މިއަދު އޭނާއަށް އެ ކުރެވޭ އިހުސާސާ ވަރަށް ތަފާތެވެ. އުފަން ރަށާއި މައިންބަފައިން ދޫކޮށް އެދުވަހު ދަތުރަށް ފުރީ ފުރާ ހިތަކުން ނޫނެވެ. ނަމަވެސ މިއަދު މާލެއިން އުފަންރަށަށް އެ ފުރަނީ […]