އެ ހަނދާންތައް
އެއީވެސް ހަމަ އެފަދަ ދުވަހެކެވެ. މުސުން ރީތި ދުވަހެކެވެ. ވައި ޖެހޭލެއް މަޑެވެ. ކަނޑުވެސް ގަދަ އެއް ނޫނެވެ. މޫސުމީގޮތުން އެދުވަހާ އެއްގޮތް ކަމެއް ހުއްޓަސް މީގެ 3 އަހަރު ކުރިން “ނިޔާމަ ބޯޓުގައި” މާލެ ދާން ފުރި ދުވަހު ސަނާއަށް ކުރެވުނު އިހުސާސް، މިއަދު އޭނާއަށް އެ ކުރެވޭ އިހުސާސާ ވަރަށް ތަފާތެވެ. އުފަން ރަށާއި މައިންބަފައިން ދޫކޮށް އެދުވަހު ދަތުރަށް ފުރީ ފުރާ ހިތަކުން ނޫނެވެ. ނަމަވެސ މިއަދު މާލެއިން އުފަންރަށަށް އެ ފުރަނީ ފުރާ ހިތުންނެވެ. މާލެއިން ލޯންޗު ނައްޓާލުމާއެކު ސަނާ ލޯ މަރާލީ މާޒީގެ ހިތި ހަނދާންތައް އާކުރަމުންނެވެ.
މިއަދަކީ ސަނާ އާއި އާފިޒް ޒަވާޖީ ހަޔާތެއް ފެށި ދުވަހެވެ. 4 އަހަރު ދުވަސްވަންދެން ކުރި އިންތިޒާރު ނިމުމަކަށް އައި ދުވަހެވެ. އާފިޒާއެކު އަމިއްލަ އުފަން ރަށުގައި މައިންބަފައިންގެ ކައިރީގައި އުޅުމުގެ ފުރުސަތު ލިބުނީތީ އޭނާ އުފާކުރެއެވެ. އެދުވަހު ކައިވެނި ޕާޓީ ނިންމާފައި ސަނާ އާފިޒާއެކު ގެއަށް ދިޔައީ ވަރަށް ފޮނި އުންމީދުތަކެއް ކުރަމުންނެވެ. އާފިޒަކީ އެހެންމީހުން ކުރިމަތީގައި ބަސްމަދު މަޑުމައިތިރި މިހެކެވެ. ނަމަވެސް ސަނާ ކައިރީގައި އާފިޒް ވާހަކަ ދައްކާ އުޅެއެވެ.
ކައިވެންޔަށް 1 އަހަރު ފާއިތުވެގެން ދިޔައިރު ސަނާއަށް އާފިޒް ކުޑަކޮށް އެނާއާއި ދުރުކަން ފާހަގަ ކުރެވެން ފެށިއެވެ. އެކަމާ ބެހޭގޮތުނަ އެއްޗެކޭ ބުނުމުން އާފިޒް އަންނަނީ ސަނާ ދެކެ ރުޅިއެވެ. ދުވަސްތައް ފާއިތުވާ ވަރަކަށް އާފިޒްގެ ފަރާތުން އެކިކަހަލަ އަނިޔާތައް ސަނާއަށް ލިބެން ފެށިއެވެ. ކައިވެންޔަށް ފަހު ސަނާ ވަނީ އޮންލައިން ކޮށް ޓީޗިންގް ކިޔަވަން ފަށާފައެވެ. ނަމަވެސް އާފިޒްގެ ފަރާތުން ލިބެމުންދާ އަނިޔާގެ ސަބަބުން ސަނާގެ ކިޔެވުމަށް ވެސް ވަނީ ބުރޫއަރާފައެވެ. އެހެން މީހުންގެ ލޮލަށް އާފިޒަކީ ވަރަށް މާތް މީހެއް ނަމަވެސް ސަނާއަށް ވެސް އާފިޒްގެ އަސްލު ސިފަ އެނގުނީ މިހާރެވެ. ސަނާއަށް ބަދަލްތަކެއް އަންނަކަން އޭނާގެ މައިންބަފައިންނަށް ވެސް ވަނީ ފާހަގަކުރެވިފަ އެވެ. އެކަމާ ސުވާލުކުރުމުން ސަނާ އޭނާއަށް އެއްވެސް ކަމެއް ނުވާކަމައް ބުނެއެވެ. އާފިޒް ކައިރިގައި ސަނާ އެނާއަށް އަނިޔާކުރަނީ ކީއްވެތޯ އެހުމުން ބުނަނީ އެއީ ސަނާއަށް ކުދިން ނުލިބޭތީ ކަމަށާއި ބޭކާރު އަންހެނަކަށް ވީމާ ކަމަށެވެ. ކައިވެންޔަށް 2 އަހަރު ފުރުނު އިރުވެސް ސަނާހުރީ އާފިޒް ކުރާ އަނިޔާތަކަށް ކެތްކޮށްގެންނެވެ. ނަމަވެސް އިންސާނަކަށް ކެތް ކުރެވޭނީވެސް ވަކި ވަރެއް ވަންދެން ތާއެވެ.
އެއްދުވަހު ހަވީތު އާފިޒް ވަޒިފާނިންމާފައި ގެއަށް ވަގުތު ފެނުނީ ސަނާ އާއި 2 ފުލުސް އޮފިސަރުން ގޭތެރޭގައި ތިބި ތަނެވެ. ސަނާއަށް އިތުރަށް ކެތްނުވެގެން މައްސަލަ ޖެއްސީއެވެ. އެދުވަހު މުޅި ރަށުގައި އެއްއަޑަކުން އޮތީ އެ ވާހަކަ އެވެ. އާފިޒަކި ރަށު މީހުން ކުރިމަތީގައި ވަރަށް ރަނގަޅު މީހެކެވެ. އެހެންކަމުން އެހާ ރަނގަޅު ފިރިއެއް ލިބުމުންވެސް ސަނާ އަށް ނޫޅެވުނޭ ކިޔައި ރަށު މީހުން ދިޔައީ އޭނާއާއި ދިމާލަށް އެއްޗެހި ގޮވަމުންނެވެ. ހުރިހާ ވޭނަކަށް ކެތްކުރުމަށް ފަހުވެސް މަލާމަތް ރައްދުވީ ސަނާއަށެވެ. ސަނާ ގައިގައި ފެންނަން ހުރި ލަކުނުތަކުން ޕޮލިހުންނަށް މައްސަލަ ބަލާކަށް އުނދަގުލެއް ނުވިއެވެ. 1 މަސް ތެރޭގައި އާފިޒް ސަނާ ވަރިކޮށް އާފިޒަށް ލިބެންޖެހޭ ހައްޤު އަދަބު ލިބުނެވެ. ސަނާ އެއަށް ފަހު ބަދަލުވީ މާލެއަށެވެ. އޭނާގެ ހުވަފެންތައް ހަޤީގަތަކަށް ހެދުމަށްޓަކައެވެ.
ސަނާއަށް ދެލޯ ހުލުވައިލެވުނީ ލޯންޗުގެ އިންޖީނު އަޑު މަޑުވާން ފެށުމުންނެވެ. ފުން ނޭވާއެއް ލުމަށްފަހު އޭނާ ތެދުވީ ލޯންޗުން ފައިބަންނެވެ. އޭނާ މިއަދު އުފަން ރަށަށް އެންބުރި އެއައީ ބުރަ މަސައްކަތުން ސެކަންޑްރީ ދިވެހި ޓީޗަރުކަން ކިޔަވައި ރަށަށް ހިދުމަތް ކޮށްދިނުމަށެވެ. މައިންބަފައިންގެ ހުވަފެންތަކާއި އޭނާގެ ހުވަފެންތައްވެސް ހަޤީގަތަކަށް ހަދައިގެންނެވެ. ސަނާ އޭނާއަށް ކެތްތެރިކަން ދެއްވީތީ މާތް ﷲ އަށް އޭނާ އަބަދުވެސް ޝުކުރުވެރި ވެއެވެ.
*ނިމުނީ*
މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ކަމުން ކުށްތައް ހުރުންވެސް އެކަށީގެންވެއެވެ. މިވާހަކަ ތިބޭފުޅުންނަށް ކަމުދާނެކަމަށް އުންމީދު ކުރަމެވެ.
2 Comments!
Comments are closed.

vrh reethi vaahaka eh Masha Allah ❤️
ginain vhk liyaa varakah perfect vamun dhaanee…
thank you. varah avahah ithuru vaahaka eh genesdheynan.