ފަހަތަށް ނަޒަރު ހިނގާލުމާ އެކު އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. މީގެ އަހަރުތަކެއް ކުރިން ދިމާވި ހާދިސާއެއްގެ ހަނދާނެވެ. އަހަރެންގެ ކޮއްކޮއަށް ދިމާވި ހާދިސާއެވެ. އެއީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހެވެ. އަހަރެންނާއި އަހަރެންގެ ކޮއްކޮ ހުރީ ދަނބު ބަގީޗާ ގައެވެ. އެއީ ދަނބު ގަސްތަކުން ފުރިފައިވާ ބަގީޗާ އެކެވެ. އެވަގުތަކީ ހަވީރުގެ ހިތްގައިމު ވަގުތު ކަމުން، އެކި ޢުމުރުގެ މީހުން އެ ބަގީޗާގެ ގޮނޑިބަރި ތަކުގައި ތިއްބެވެ. އަހަރެން ވެސް […]