Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ދަނބު

Malaak Mohamed
November 18, 2023 2 Mins Read
0 Comments

ފަހަތަށް ނަޒަރު ހިނގާލުމާ އެކު އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. މީގެ އަހަރުތަކެއް ކުރިން ދިމާވި ހާދިސާއެއްގެ ހަނދާނެވެ. އަހަރެންގެ ކޮއްކޮއަށް ދިމާވި ހާދިސާއެވެ.

އެއީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހެވެ. އަހަރެންނާއި އަހަރެންގެ ކޮއްކޮ ހުރީ ދަނބު ބަގީޗާ ގައެވެ. އެއީ ދަނބު ގަސްތަކުން ފުރިފައިވާ ބަގީޗާ އެކެވެ. އެވަގުތަކީ ހަވީރުގެ ހިތްގައިމު ވަގުތު ކަމުން، އެކި ޢުމުރުގެ މީހުން އެ ބަގީޗާގެ ގޮނޑިބަރި ތަކުގައި ތިއްބެވެ. އަހަރެން ވެސް އިނީ އެ ތަނުން މާ ގަސްތައް ކައިރީގައި ހުރި ގޮނޑިބަރި އެއްގައެވެ. ކޮއްކޮ ފޮނުވާލީ އޭނާގެ އެކުވެރިންނާ އެކު ކުޅޭށެވެ. އަހަރެން އިނީ ފޯނާއި ކުޅޭށެވެ. އިރުއޮއްސޭކަން އަހަންނަށް ފާހަގަވާން ފެށީ އުޑުގައި ރަތް ވިލާތައް ފެތުރި، އަނދިރިކަން ވެރިވާން ފެށުމުންނެވެ.

އަހަރެން އިން ގޮނޑިބަރިން ތެދުވެ، ކޮއްކޮ ގޮވައިގެން މިސްރާބު ޖެހީ ގެއާ ދިމާލަށެވެ. އެ ބަގީޗާގެ ދޮރާށިން ނުނިކުމެނިސް ކޮއްކޮ ބޮންޏެވެ. “ދޮންތީ! ހިނގާބަ ދަނބު ގަހުން ދަނބު ބިނދެގެން ދާން. ކޮއްކި މިހުރީ ވަރަށް ކާހިތްވެފަ. ފެނުމުން ކުޅު ދިޔާ ވަނީ”. “ލައްބަ. ހިނގާ ބިންނަން. އެކަމަކު ކާކު ގަހަށް އަރާނީ؟” އަހަރެންގެ ލޯބިވާ ކޮއްކޮއަށް ދުވަހަކުވެސް ނޫނެކޭ ނުބުނެވޭނެއެވެ. “ކޮއްކިއަށް އިނގޭ ގަހަށް އަރަން.” ކޮއްކޮ ކެތްމަދުވެފައި ހުރެ ބުންޏެވެ. “ދޮންތިއަށް އޯކޭ. އެކަމަކު ނުވެއްޓެއްޗޭ!” އަހަރެން ހީލާފައި ޖަވާބު ދިނީމެވެ. “ލައްބަ ދޮންތީ. ތެންކިއު، ޔޫއަރ ދަ ބެސްޓް.” އަހަރެންގެ ގާގައި ބައްދާލަމުން ކޮއްކޮ ބުންޏެވެ.

އަހަރެން ކޮއްކޮ އާއެކު ދަނބު ގަހެއް ކައިރިއަށް ދެވުމާއެކު ކޮއްކޮ ފުންމައިގެން އަވަހަށް އެރީ ގަހަށެވެ. އެ ގަހަކީ ބިޔަބޮޑު ދިގު ގަހެކެވެ. އެހެންކަމުން އަހަރެން ކޮއްކޮ ކައިރި ސަމާލުވާން ބުނީމެވެ. އަހަރެންގެ ފޯނު ރިންގު ވާން ފެށުމުން ދަބަހުން ފޯނުނަގައި ބަލައިލިއިރު އެ ގުޅަނީ އަހަރެންގެ އޮފީސް ބޮޑު މީހާއެވެ. އަހަރެންނަށް އެ ފޯނުކޯލު ނަގަން މަޖުބޫރުވިއެވެ. އަހަރެމެން ދެމީހުންގެ ވާހަކަ ހުއްޓުމެއް އައީ އަހަރެންގެ ކޮއްކޮ ބާރަށް ހަޅޭލެވި އަޑަށެވެ. ފަހަތަށް އެނބުރުމާއި އެކު އަހަރެންގެ ކޮއްކޮ ވެއްޓިފައި އޮތްތަން ފެނުމުން ދުއްވައިގަތީ ކޮއްކޮ ކައިރިއަށެވެ. ކޮއްކޮގެ ބޮލުން ހުއްޓުމެއްނެތި، ހޯސްލާފައި ލޭ އާދެއެވެ. އޭރު ކޮއްކޮ އޮތީ ހޭނެތިފާކަން އަހަންނަށް އިނގުނީ ކޮއްކޮ ނޭވާ ނުލާތީއެވެ. އަހަރެން ވަރަށް ހާސްވެ ހުރެ އެންމްބިއުލާންސް އަށް ގުޅިއެވެ. އޭރު އަހަރެންގެ ލޮލުން ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދެއެވެ. ހީވީ ދެންމެ ދެންމެ ހިތް ހުއްޓިދާނެ ހެންނެވެ.

ހަސްފަތާލަށް ދެވުމާއެކު ކޮއްކޮ ވެއްދީ އޮޕަރޭޝަން ރޫމަށެވެ. ބައި ގަޑިއެއް ހާއިރު ފަހުން ޑަކުޓަރު ނުކުތީ ދެރަ ޚަބަރަކާއި އެކުގައެވެ. ކޮއްކޮގެ ފުރާނަނެތް މަސްގަނޑާއި އެކުގައެވެ. އަހަރެންގެ ލޮލުން ކަރުނަތައް ފޭބީ އިސްކޫރެއް ދޫކޮށްލި ފަދައިންނެވެ. އަހަރެން ހިތަށް އެރިއެވެ. އެ ފޯނުކޯލު ނުނެގިނަމަ ކޮއްކޮ ސަލާމަތް ކުރެވުނީހެވެ. އެކަމަކު އަހަންނަށް އެ ވަގުތު މުހިންމުވީ ކޮއްކޮއަށް ވުރެ ބޮޑަށް ވަޒީފާއެވެ. މިއަދު އަހަރެންނަށް އެ ގަސް ފެނުމުން ކޮއްކޮގެ ހަނދާންތައް އާ ވެގެން ދިޔައެވެ.

=ނިމުނީ=

Share Article

Follow Me Written By

Malaak Mohamed

Other Articles

Previous

ތަގުދީރު

Next

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ދެވަނަ ބައި)

Next
November 18, 2023

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ދެވަނަ ބައި)

Previews
November 15, 2023

ތަގުދީރު



All Right Reserved!