ފިޒާން ކޮޅަށް ތެދުވާން އުޅެނިކޮށް މާއީ އާއެކޭބުނެ ގޮސް ފިޒާންގެ ގައިގާ ބައްދައިގަތެވެ. އެއާއިއެކު ޕާޓީއަށް ހާޒިރުވެ ތިބި އެންމެންގެ އަތްތިލަބަޑީގެ އަޑުން މުޅިތަން ގުގުމައިގެން ދިޔައެވެ. ” އަހަރެން ހީކުރީ ބޭބް ނޫނެކޭ ބުނަން އުޅެނީ ކަމަށް، ކުޑަ ހިނދިކޮޅަކަށް ނަމަވެސް މަގޭ ހިތް ހުއްޓުނު” ފިޒާން އާއި މާއީ ވާހަކަދައްކަން ތިބީ ޕާޓީއަށް އައިސްތިބި އެހެން މީހުންނާ ތަންކޮޅެއް ދުރުގައެވެ. ” ނޫނެކޭ ބުނަންވީ ކީއްވެ، ލޯބިއަށް އިނގެއެއްނުން އަހަރެން މިދުވަހައް ވެއިޓް ކުރާވަރު […]
ފިޒާން ފުރަގަހަށް އެނބުރުނު ވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވުމާއިއެކު ހީވީ ވަށައިގެންވާ މާހައުލު ހަމަހިމޭން ކަމުގެ ސުކޫތެއް ގެނުވިހެންނެވެ. މާއީގެ އެފުން ދެލޮލުގެ ތެރެއަށް ފިޒާން ގެނބިގެންދިޔައެވެ…….. ޓެންޓު މަތީ ބީހެމުން އެކިރާގު ކުޅެމުންދިޔަ ވާރޭތިކިތަކުގެ އެ ހިތްގައިމު އަޑުވެސް އެދެމީހުންގެ ކަންފަތާ ހަމަޔައް ނުފޯރާކަހަލައެވެ. އުނަގަނޑާއި ހިސާބުން ފިޒާންގެ އިނގިލިތައް އިހުސާސްވެފައި މާއީއަށް ނޭވާ ހިފަހައްޓާލެވުނެވެ. ފިޒާން މާއީ ގެނެސް ގައިގައި ޖައްސާ ފިއްތާލަމުން އަތުން ދޫކޮށްލާފައި މާއީގެ ކޮނޑުމައްޗައް ވިހުރިފައިހުރި އިސްތަށިތައް އެއްފަރާތް ކޮށްލަމުން […]
” ހޭ ބޭބް ސޮރީ، މާބޮޑަށްވެސް ލަސްވެއްޖެދޯ؟ އަސްލު މާވިން އަންގާވެސްނުލާ ކާރު ގެންދިޔައީ” ފިޒާން އެއްނޭވާއަކުން ހުރިހާ އެއްޗެއްކިޔާ ނިންމާލިއެވެ. މާއީ އޭރުވެސް އިނީ ފިޒާނަށް ފުރަގަސްދީގެންނެވެ. މާއީގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އޭނާ ހުރީ ވަރަށް ބޮޑަށް ހިންހަމަ ނުޖެހިފައިކިން ފިޒާނަށް އެގުނެވެ. އެންމެފަހުން ފިޒާންގޮސް މާއީ އިށީދެގެން އިން ބެންޗު ކައިރީގައި މާއީގެ ކުރިމައްޗަށް ވާގޮތަށްއިށީނެވެ. ކައިރީގައިން ބޮކިދަނޑީގެ އަލިން މާއީގެ މޫނަށް އަލިއެޅިފައިވާއިރު ހީވަނީ ސާދިވިލޭރޭ ހަނދު ފާޅުވެފައި ހުރިހެންނެވެ. […]