އިންޓަރވަލް އިން އައިސް ފުރަތަމަ ގަޑީގެ މެދުތެރެއިން ޝާޔާ އޭނާގެ ބޮލުގައި ރިއްސަނީކަމަށް ބުނެ ޓީޗަރު ކައިރިން ހުއްދަ ހޯދުމަށްފަހު ޑެސްކުގައި ބޯ އަޅާލައިގެން އޮވެލީ ބޮލުގައި ރިހުމަށް ލުޔެއް ލިބޭނެކަމަށެވެ. އިރުކޮޅެއް ނުވެ ޝާޔާގެ ލޮލަށް ނިދިޖެހުނެވެ. ހޭލެވުނީ ގަޑި ނިމުމުން ޖެހި ރަންގަބީލުގެ އަޑަށެވެ. އޭރު ޓީޗަރު ކުލާހުން ނިކުންނަން ރެޑީވަނީއެވެ. ޝާޔާ ޑެސްކުމަތިން ބޯ ނެގުމައްފަހު ހަމަޖެހިލާ ޑެސްކު މަތީ އޮތް އޭނާގެ ފޮތް ދަބަހަށްލާން ނެގި ވަގުތު ފޮތުގެ ތެރެއިން ކުޑަވަރެއްގެ […]