ލާމިއުއަށް ލޯ ހުޅުވައި ލެވުނުއިރު އެންމެ ފުރުތަމަވެސް ފެނުނީ އުމުރުން ގާތްގަނޑަކަށް 30 އަހަރުގެ އަންހެނަކާއި ހުދުކުލައިގެ ކޯޓެއް ލައިގެން ހުރި ފިރިހެނެކެވެ. ލާމިއު ތެދުވާން މަސައްކަތްކުރިއެވެ. “ނުތެދުވޭ. އަދި އޮށޯވެގެން އޮވެލާ” ލާމިއުގެ ކޮނޑުގައި އަތް ޖައްސާލުމަށްފަހު ޑޮކްޓަރު ބުންޏެވެ. އޭރުވެސް އެ އަންހެންމީހާ ހުރީ ފެންކަޅިވެފައެވެ. “ލާމިއު. އަހަރެން މި ކުރާ ސުވާލާށް ޖަވާބު ދީބަލަ. ގުރޭޑް 10 އަކާއި ހަމައަށް ލާމިއު ކިޔެވީ ކޮން ސުކޫލަކުން؟” ޑޮކްޓަރުގެ މި ސުވާލު އަޑުއިވުމާއެކު ލާމިއު […]