ލައިންގެ އެންމެ ކުރީގައި މަޑު ހިނގުމެއްގައި ހިނގަމުން ދިޔަ ނޫރައިން ހުރީ އިސްޖަހައިގެންނެވެ. ކުރިމަތީގައި ފެންނަންހުރި ޒާއިންއަށް ނުބަލަންވެގެންނެވެ. ޒާއިން އަކީ ވަރަށް ރީތި ކުއްޖެކެވެ. ރީތި އިސްތަށިގަނޑަކާއި މުށިކުލައިގެ ދެލޮލާއި އެ މަޑު ފިޔާތޮށި ކުލައިގެ ތުންފަތް ވަނީ ނޫރައިންގެ ހިތް ފަޅި ސިކުންތަކުން ދެވިފައެވެ. އޭނާ އަދިވެސް ޒާއިންދެކެ ލޯބިވެއެވެ. ނަމަވެސް ނޫރައިންގެ އެ ލޯތްބަށް ޒާއިން ދިނީ ބީރު ކަންފަތެކެވެ. ނޫރައިން އަކީވެސް ބަލާލަން ހަޑި ކުއްޖެއް ނޫނެކެވެ. ރީތި އިސްތަށި ގަނޑަކާއި […]
”މަންމާ!” ނޫރައިން ވެއްޓެމުން ދިޔަ ނަފީސާއަށް ބާރު ބާރަށް ގޮވާލިއެވެ. ނަފީސާ އޭނާގެ އެންމެ ކުޑަދަރިފުޅު ކަމަށްވާ ނޫރައިންއަށް އޭނަގެ އެންމެ ފަހު ބަސް އިއްވާލިއެވެ.” ދަރިފުޅާ ބައްޕަ ބަލާތި.. ” ******** ސަތާރަ އަހަރުގެ ނޫރައިންއަށް ހޭލެވުނީ މިހެއް އޭނާގައިގައި ބީހޭ ކަމުގެ އިހްސާސް ވާތީއެވެ. އެ ކަނު އަނދިރީގެ ތެރޭގައި އެއީ ކާކުކަމެއް ވަކި ކުރާކަސް ނޭނގުނެވެ. އޭނާ އަށްހުރެވުނި ގަބު އަރަފައެވެ. އޭނަގެ ހެނދުމުގެ ކަރުވަޅުތެރެއަށް އެ މީހާގެ އަތް ކާއްތަމުން ދިޔައިރު […]