އަސްލު ތެދަށް ބުނާނަމަ، އަހަރެންގެ މުޅި ނަފްސު ވަނީ އެކީއެކަށް ރޫޅި، ހިތް މަރުވެފައެވެ. ދުނިޔޭގެ އެއްވެސް ކަމަކުން ހިތްހަމަޖެހުމެއް ލިބޭނެ ފަދަ ޒައްރެއްގެ މިންވަރުވެސް މިއަދު އަހަރެންގެ ހަޔާތަކު ނެތެވެ. ޒަމީރު ބުނަނީ ދިރިއުޅުމުގެ މި ބުރަ ދަތުރުން އަހަރެން ވަރުބަލިވެ، ފޫހިވެއްޖެ ކަމަށެވެ. އަހަރެމެންގެ ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު، ފޮނި ހުވަފެންތަކަކާއެކު ދިރިއުޅުން ފެށީ އަމިއްލަ ގޭގައި އެންމެ ކޮޓަރިއެއް ދިރިއުޅެވޭ ވަރަށް ހަދާލައިގެންނެވެ. އެއީ ދަތި ނަމަވެސް އުފާވެރި ދުވަސްތަކެކެވެ. ރެޔާއި ދުވާލު، […]
އަހަރެންގެ ދިރިއުޅުމުގެ ހުރިހާ އުންމީދުތަކެއް އެކީގައި ފުނޑުފުނޑުވެ، މުޅި ދުނިޔެ މަތިން އަހަރެން މުޅިން ފޫހިވެއްޖެއެވެ. ހިތާމައިގެ ބޮޑުކަމުން ހަށިގަނޑުން ހަކަތަ ހުސްވެ، އަމިއްލަ ފައިމައްޗަށް ކޮޅަށް ހުންނާނެހާ ހިތްވަރުވެސް އެއްކޮށް ނެތިދިޔައެވެ. ހިތާމައިގެ ފުން ކަނޑަކަށް ގެނބި، ހޭވެރިކަން ނެތް ހާލެއްގައި އެތައް އިރަކު އޮންނަން ޖެހުމުގެ ސަބަބުން، އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ލޯބިވާ ދަރިފުޅުގެ ކަށިނަމާދާއި، ޖަނާޒާގެ ކަންތައްތަކުގައި އަމަލީގޮތުން ބައިވެރިވުމުގެ އެންމެ ފަހު ފުރުޞަތުންވެސް އަހަރެން މަޙްރޫމްވިއެވެ. އެ މައުސޫމް މޫނުގައި […]
މިއަދު އަހަރެން މި ހުރިހާ ވޭނަކާއި ހިތާމައެއްގެ ތެރޭގައިވެސް، ކެތްތެރިކަމާއެކު ދިރިއުޅުމުގެ ވާފަށް ދަމަހައްޓަމުން މިދަނީ ހަމައެކަނި އަހަރެންގެ ލޯބިވާ ދެ ދަރިންނަށްޓަކައެވެ. އަހަރެންގެ އަނބިމީހާގެ ފަރާތުން އެ މައުސޫމު ކުދިންނަށް ލިބެންޖެހޭ މައިވަންތަކަމުގެ ލޯތްބާއި ކުލުނެއް ނުލިބެއެވެ. ކުދިން ހެނދުނު ހޭލައްވައި، ފެންވަރުވައި، ލޯބިން ކާންދީ، އަދި ރޭގަނޑު އަރާމު ނިންޖަކުން ނިންދަވަނީވެސް ހަމަ އަހަރެންގެ އަމިއްލަ ދެއަތުންނެވެ. އެ އަންހެނާގެ އަޅާލުން ކުޑަކަމާއި ހިތްހަރުކަން ހުންނަ މިންވަރަކީ، ތުއްތު ދަރިފުޅު ބޮޑުކަމުގޮސްގެން ހުއްޓަސް، އޭނާ […]
އިރުއޮއްސި، އަނދިރިކަން މުޅި ދުނިޔެއަށް ވެރިވަމުން ދިޔަ ވަގުތެވެ. އާދައިގެ މަތިން އެދުވަހުވެސް އަހަރެން ކަނޑުމަތީގެ ބުރަ މަސައްކަތް ނިންމައި، މަހުން ލަފައިގެން ގެއަށް އައިސް ވަތްއިރު މުޅި މާހައުލަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު ހަމަހިމޭންކަމެކެވެ. ނަމަވެސް، އެ ހަމަހިމޭންކަން ފޫއަޅުވާލާފައި ގޭތެރެއިން އިވެމުންދިޔައީ ކެކުޅުމާއި ހިތްދަތިކަމުން ފުރިގެންވި ރުއިމެއްގެ އަޑެވެ. އަހަރެންގެ ފިޔަވަޅުތައް އަވަސްވެ، ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. ކޮޓަރިއަށް ދުވެފައި ވަދެ ބަލައިލިއިރު، އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ކުޑަކުޑަ ދަރިފުޅު ކަނެއްގައި […]
އަހަންނަކީ އަހަރެންގެ ލޯބިވާ މައިންބަފައިންނަށް ލިބުނު ފަސް ފިރިހެން ކުދިންގެ ތެރެއިން ހަތަރުވަނަ ފިރިހެން ދަރިއެވެ. އަހަރެމެންގެ ކުޑަކުޑަ އާއިލާ ދިރިއުޅެމުން އައީ އުފާވެރި، އެހާމެ އެކުވެރި މާހައުލެއްގައެވެ. އަހަރެންގެ ބައްޕައަކީ މުޅި ރަށުގައިވެސް ހުރި އެންމެ ހީވާގި، ކެރޭ، އަދި ނަމޫނާ މަސައްކަތްތެރިޔާއެވެ. ވަޑާމުގެ ނިޔަނެތި މަސައްކަތްތަކާއި، ރާނާ ސިމެންތި ޖެހުމުގެ ހުނަރުވެރިކަމާއި، ކަނޑުފަޅު ގަދަ ކަނޑުތަކަށް ނުކުމެ ކުރާ މަސްވެރިކަމަކީ ބައްޕަގެ ލެއާ ގުޅިލާމެހިފައިވާ ފަންނުތަކެކެވެ. ބައްޕަގެ އެ މުރާލިކަމާއި، އަތްތެރިކަމުގެ އިތުރުން ދިރިއުޅުމުގެ […]
ނޯޓް:މީ އަޅުގަނޑު މި ސައިޓައް ލިޔާ ފުރަތަމަ ވާހަކަ ކަމުން ވަރަށް ގިނަ މިސްޓޭކްސް ހުރުން އެކަށީގެން ވެއެވެ. ޢެހެން ކަމުން ހުރިހާ ކިޔުން ތެރިން ވެސް މިސްޓޭކެއް ވާނަމަ ބުނެދުން އެދެމެވެ. ފޯނުކޯލު ނިންމާލުމަށް ފަހު އަހަރެން އެނދުމަތީގައި އޮށޯވެ މޯޅިއަކަށް ހަށިގަނޑު ދަމާލިއެވެ. އަހަރެންގެ ދެ ލޮލުން ނީރާލި ކަރުނަ، ކޯރެއްގެ ސިފައިގައި ބަންޑުންވާކަށް މާކަ ގިނަ އިރެއް ނުނެގިއެވެ. އަހަރެން އެނދުމަތިން ތަދުވެގެން ގޮސް ފާހާނައަށް ވަދެ މޫނުދޮވެލައި ގެން އަވަސް ވެގަތީ […]