Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބައްޕަގެ ގާތިލް

lavv Level 1
January 16, 2021 2 Mins Read
0 Comments

ނޯޓް:މީ އަޅުގަނޑު މި ސައިޓައް ލިޔާ ފުރަތަމަ ވާހަކަ ކަމުން ވަރަށް ގިނަ މިސްޓޭކްސް ހުރުން އެކަށީގެން ވެއެވެ. ޢެހެން ކަމުން ހުރިހާ ކިޔުން ތެރިން ވެސް މިސްޓޭކެއް ވާނަމަ ބުނެދުން އެދެމެވެ.

ފޯނުކޯލު ނިންމާލުމަށް ފަހު އަހަރެން އެނދުމަތީގައި އޮށޯވެ މޯޅިއަކަށް ހަށިގަނޑު ދަމާލިއެވެ. އަހަރެންގެ ދެ ލޮލުން ނީރާލި ކަރުނަ، ކޯރެއްގެ ސިފައިގައި ބަންޑުންވާކަށް މާކަ ގިނަ އިރެއް ނުނެގިއެވެ. އަހަރެން އެނދުމަތިން ތަދުވެގެން ގޮސް ފާހާނައަށް ވަދެ މޫނުދޮވެލައި ގެން އަވަސް ވެގަތީ ބައްޕަ މެން އުޅޭ ގެއަށް ދިއުމަށެވެ. ކާރު ތެރޭގައި އިން އިރު ވެސް އަހަރެން ގެ ރުއިމަކަށް ބަދަލެއް ނައެވެ. ކަރުނަތަށް ފޮހެލުމަށްފަހު ހަމަޖެހެލެވޭތޯ ބަލައިލީމެވެ. ނަމަވެސް އަހަންނަށް އަހަރެންގެ މާޒީ ސިފަވާ ކަހަލައެވެ.
އެއީ މީގެ 15 އަހަރު ކުރިއެވެ. އަހަންނަކީ މުއްސަނދި ދެމަފިރިއެއްގެ ހަމައެކަނި ދަރިފުޅު އެވެ. އަހަރެން އަހަރެންގެ މައިންބަފައިން ނާ އެކު އުޅުނީ ވަރަށް އުފަލުގައެވެ. ނަމަވެސް އަހަރެން ގެ އުފާވެރިކަމަށް ބަދަލު އައީ މަންމަ އާއަ ބައްޕަ ޖެހުނު މައްސަލައެއްގައި ބައްޕަ މަންމަ ވަރިކުރުމުންނެވެ. ބައްޕަ މަންމަ ގެއިން ނެރެލީ ވެސް އަހަރެން ރޮއެރޮއެ އޮއްވައެވެ. އަހަރެން އެދުވަހު ބައްޕަ ދެކެ ވަރަށް ރުޅިއައެވެ. މަންމަ ގެއިން ނެރެލިތާ މަހެއް ނުވެ އެހެންމީހަކާ ބައްޕަ އިނީ އެވެ. އަހަރެން ބައްޕަ އިން އަންހެން މީހާ ދެކެ ވަރަށް ރުޅިއާދެއެވެ. އެ ނުލަފާ އަންހެނާ އަހަންނާއި އަހަރެންގެ މަންމަ ދުރުކުރު ވީއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އަހަންނަށް އަށާރަ އަހަރު ވެސް ފުރުނީއެވެ. އަހަރެން ފޮށްޓަށް އެއްޗެހިތައް އެޅުމަށް ފަހު ގެއިން ނުކުމެގެން ދިޔައީ ދުވަހަކު ވެސް އެގެއަށް ނުދިއުމަށް ހިތުލައި ގެންނެވެ. އަހަރެން ދެން އުޅުނީ އަހަރެންގެ ރައްޓެއްސަކު ކަމަށްވާ ޖައުޝާން މެން ގޭގައެވެ. ބައްޕަ އަހަންނަށް އެދުވަހު ގުޅި ނަމަވެސް އަހަންނެއް ފޯނެއް ނުނަގަމެވެ.
އެއްދުވަހެއްގެ ހަވީރެވެ. އަހަރެން އަސުރު ނަމާދު ކުރުމަށް ފަހު މިސްކިތުން ނުކުމެގެން ގެއަށް ދާން ހިގައިގަތް ވަގުތެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނު ތަނާހެން އަހަރެން ގެ ފައި ގަޑުވީ ކުރިމަތިން ފެނުނު މީހާގެ ސަބަބުން ނެވެ. ތެޅިތެޅި އޮތް ހިތަކާއެ އެންމެ ސިކުންތެއްވެސް ބޭކާރު ކުރުމެއް ނެތި އެމީހާ ފަހަތުން ހިގައިގަތީމެވެ.އޭނަޔާ އަރާ ހަމަވުމުން އަހަރެން މަންމަ އޭ ކިޔާ ގޮވާލީމެވެ. އާނއެކެވެ. އެއީ އަހަރެން ދުނިޔެ މަތީގަވެސް އެންމެ ލޯބިވި އިންސާނާ ކަމަށްވާ އަހަރެންގެ މަންމައެވެ. މަންމަ އެހާ ދުވަސްކޮށްފައި ފެނުނީމަ ވެސް އަހަންނަށް އެސޫރައެއް ނޯޅުނެވެ.
” ދަރިފުޅު އުމަރު ތަ” މަންމަ އަށް ބުނެވުނީ އެހިސާބަށެވެ. މަންމަ ގެ ބަޑި ފަޅައިގެން ދިޔައީ އެވެ. އަހަރެން ގައިގާ އޮޅުލައި ގަންނަމުން ކުޑަކުއްޖެއް ފަދައިން ރޮވުނެވެ. އޭގެ އިރުކޮޅެއް ފަހުން މަންމަ އަހަރެން ގޮވައިގެން މަންމަ ގެ ގެއަށް ގޮސް މީހަކަށް އަހަރެން ތައާރަފް ކޮށްދިނެވެ. އެއީ މަންމަގެ މިހާރުގެ ފިރިމީހާ ކަމެއްވެސް ބުންޏެވެ.
އޭގެ ދެ އަހަރު ފަހެވެ.ނިދިފައި އޮތް އަހަންނަށް ހޭލެވުނީ އަހަރެންގެ ފޯނު ރިންގުވާ އަޑަށެވެ. ސޭވްކޮށްފައިވާ ނަމަށް ބެލުމެއްނެތި ފޯނުނަގައި ހަލޯއޭ ކީމެވެ. އަހަރެންގެ ނިދި ގަޑު ވެސް ދިޔަ ކަހަލައެވެ. އެކޮޅުން ވާހަކަދެއްކީ އަހަރެންގެ ދޮންމަންމަ ހަލީމާ ގެ ދަރި ލާމިއު އެވެ. އޭނާ ބުނީ ބައްޕަ ނިޔާވެއްޖެ ކަމަށެވެ. މޫނު ބަލަން އައުމަށެވެ.
” އޭ ކިޔާ އިރެއް ގޮވާތާ…މިޔޮއް އާދެވުނީ އޭ” އަހަންނަށް މާޒީ ތެރެއިން ނިކުމެވުނީ ޑްރައިވަރު ގޮވުމުން ނެވެ. އަހަރެން ރުފިޔާ ދިނުމަށް ފަހު ކާރުން ފައިބައިގެން ގޭތެރެއަށް ވަދުނީމެވެ. އޭރު ދޮންމަންމަ އޭނާ ގެ ދަރި ލާމިއު ގެ ކޮނޑުގައި ބޯއަޅާލައިގެން ރޮނީއެވެ. އަހަރެން ވަދުންތާ ގިނަ އިރެއް ނުވެ ދެތިން ޕޮލިހަކު އައިސް ދޮންމަންމަ ހަތްޔަރު ކޮށްގެން ގެން ދަން އުޅުމުން ލާމިއު ބުންޏެވެ.” މަންމަ ހަތްޔަރު ތިކުރަނީޔޯ” ފުލުހުން ނަށް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ އަހަރެން ބުނީމެވެ.” ކަލޭ މަންމަ އޭ މަގޭ ބައްޕަ އަށް ޒަހަރު ބޯންދިނީ…ކަލޭ މަންމަ އަކީ އަހަރެންގެ ބައްޕަގެ ގާތިލް” ލާމިއު އަަށް އެއްޗެ ބުނަން ފުރުސަތު ނުދީ އަހަރެން އެތަނުން ނުކުމެގެން ދިޔައީ އެވެ.
ނިމުނީ

Share Article

Follow Me Written By

lavv

Level 1

17 years old I write stories in dhivehi and English

Other Articles

Previous

މައިންބަފައިންނަށް އިޚްސާންތެރިވުން!(2ވަނާއި ނިމޫނީ)

Next

ޢުމުރަށް އެކުގާ (4)

Next
January 16, 2021

ޢުމުރަށް އެކުގާ (4)

Previews
January 16, 2021

މައިންބަފައިންނަށް އިޚްސާންތެރިވުން!(2ވަނާއި ނިމޫނީ)



All Right Reserved!