މެންދަމުގެ ހަމަހިމޭން ވަގުތެވެ. ދެފަރާތް ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އަހަރެން އޮތްއިރު އަހަރެންގެ ލޮލުން ނިދީގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އެހެން އޮއްވާ ކުއްލިއަކަށް ވަރަށް ބޯކޮށް ވާރޭ ވެހެން ފެށިއެވެ. ވާރޭ ބޯކުރަމުން ގޮސް ކުއްލިއަކަށް ވިދާލި ވިދުވަރާއި އެކު މުޅި ކޮޓަރިތެރެއަށް ދިޔައީ އަަލި އެޅިގެންނެވެ. ވިދުވަރުގެ އަލި ނުކެނޑެނީސް ޖަހާލި ހޮނު ގުގުރިން ހީވީ މީހާގެ ދެކަންފަތުގެ ތޫރި ފަޅައިގެން ދިޔަހެންނެވެ. އެވަގުތު އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. ހިތަށް ބިރުވެރިކަން […]