“އާން! މިއަދުގެ ޕްލޭން ފްލޮޕްއެއް ނުވާނެ. ޑޯންޓް ވޮރީ.” އެ ކޮޅުން އީރާގެ އެންމެ ގާތް އެކުވެރިޔާ ނަތާ ބުނެލިއެވެ. އަވަސް އަވަހަށް އީރާ އޭނާގެ ދަބަސް ހިފައިގެން ނިކުތީ މިއަދުގެ ޕްލޭން ފްލޮޕް ނުވާނެ ކަން އިނގުމުންނެވެ. “އައުޗް.” ސްކޫލަށް އެޅި ފުރުތަމަ ފިޔަވަޅުން ވެސް މީހެއް އީރާގެ ގައިގާއި ޖެހިލިއެވެ. “އޭ!! ތަންކޮޅެއް ބަލައިލާއިގެން އުޅެން ވީނު. ހަމަ ގައިގަ ޖެހިގަން….” އީރާގެ ބަސް ހުޓުނީ ހުރިމަތީގައި ހުރި ލީމް ފެނުމުންނެވެ. ލީމްގެ ރީތި ދެލޮލާއި ކަޅުކަންގަދަ ކޮނޑާއި ހިސާބަށް އަރާ އިސްތަށިގަނޑުގެ ސަބަބުން އީރާގެ ހިތުގާއިވި ނަފްރަތު ދިޔައީ އިތުރު ވަމުންނެވެ. ދެބުމަ ގޮއް ޖަހާއިލައިގެން އީރާ އޭނާގެ ކްލާހަށް ދުއްވައިގަތެވެ. “އޭ ކައެ އަށް އިނގޭތަ؟ މިއަދު ވަރަށް ހޮޓު ބިޓެއް މި ކްލާހަށް އާދޭ. ލީމް ކަންނޭގެ ކިޔަނީ. ހާދަ ރީއްޗޭ އޭނަ.” އެހާ ރުޅިއައިއްސަ އިން ވަގުތެއްގަ އީރާގެ ފަހަަތުގައި އިން ދެކުދިން ދެއްކި ވާހަކައަކުން އީރާގެ ރުޅި ކެކިގެން ދިޔައެވެ. އެ ދެކުދިންނާއި ދިމާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ތަނާހެން ކްލާހަށް ވަދެގެން އާއި ލީމް ފެނުމުން އީރާގެ އަތް މުއްކުވުނެވެ. “އީރާ.” އެވަގުތު ނަތާ އައިސް އީރާ އަށް ގޮވާލިއެވެ. “މިއަދު ބޭގް ޗެކް ކުރާނެންނު. މަ ލީމްގެ ދަބަހަށް ޕެންޑްރައިވް އެއް ލާފަ އިންނާނީ. ހަހަހަހަ.” ނަތާ އޭނާ ކުރިކަންތަށް ކިޔާދިނެވެ. އީރާ އާއި ނަތާ އަކީ ކޮންމެ ފަދަ ކަމެއް ވެސް ކުރަން ކެރޭ ދެކުދިންނެވެ. “ލީމް ގޯ އެންޑް ސިޓް ދެއާރ.” ޓީޗަރު ކްލާހަށް ވަތް ގޮތަށް ލީމް އިށީންނަށްވީ ތަންބުނެލިއެވެ. “ނޫން.” އިޙްތިޔާރަކާ ނުލާ އީރާ އަށް ހަޅޭއް ލަވައިގަނެވުނީ ޓީޗަރު ލީމް އޭނާގެ ‘ކްރަޝް’ ކައިރީ އިށީންނަން ބުނުމުންނެވެ. މުޅި ކްލާހުގެ ނަޒަރު އީރާ […]
ކޮޓަރިތެރޭގައި އިވެމުން ދިޔަ މިޔުޒިކުގެ އަޑާއި އެއްވަރަށް ފައި ތަޅުވަމުން ދިޔަ އީރާ ދިޔައީ މޭކަޕް ކުރަމުންނެވެ. ތުންފަތުގައި ގަދަ ރަތް ކުލައެއް ޖައްސާލަމުން ފޯން ނަގާ ނަމްބަރަކަށް ޑައިލް ކޮށްލިއެވެ. “ހަލޯ” އެކޮޅުން ފޯނު ނެގުމާއި އެކު އީރާ ބުނެލިއެވެ. އޭ މިއަދު ޖެހޭނެ ރަނގަޅަށް ވެސް އެ ލީމް ގަނޑު ޖޭ ކޮށްލަން. ހުވާ މިބުނީ މަ ކާއިރިއަށް ހާދަ ރުޅިއެއް އާދޭ. މަށަށް ވުރެ ރީތި ވާން އުޅޭ މީހާ ގަނޑެއް.” އީރާ ފައްޗަކަށް އަމުނާލިއެވެ. އޭނާގެ ދެބުމަ ގޮށް ޖަހާލައިގެން އިން އިރު އަތް ހުރީ ގޮއް މުއްކުވިފައެވެ. އީރާ އަށް ވުރެ ރީތި ކުއްޖެއް އީރާ އަށް ފެނިއްޖެނަމަ އީރާގެ ހަސަދާއިގެ ހުޅުކޮޅު ރޯވާނެއެވެ. “އާން މިއަދުގެ ޕްލޭން ފްލޮޕް އެއް ނުވާނެ ޑޯންޓް ވޮރީ.!!” އެ ކޮޅުން އީރާގެ އެންމެ ގާތް އެކުވެރިޔާ ނަތާ ބުނެލިއެވެ. ވަރަށް އަވަހަށް އަންނަނީ………… އިންތިޒާރު ކޮށްލައްވާ…. ނުނިމޭ