ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. މުޅި ދުނިޔެވެސް ނިދާފަކަހަލައެވެ. މީހެއްގެ ހިލަމެއްނުވާ މަގުމަތީގައި ހުރި ހޮޅިބުރީގެ ފަނޑު އަލިކަމެއް ހުއްޓެވެ. “ޝަނާން…” މީހަކު ބަރު އަޑަކުން ގޮވާލިއެވެ. އެއީ ޒުވާންފިރިހެނެކެވެ. ދިގު އިސްކޮޅެއް ލިބިފައި އޭނާގެ އިސްތަށިގަނޑު ދިގެވެ. އޭނާއަށް ގޭގެ ބެލްކަނިމަތީގައި ހުރި ޝަނާން އިޝާރަތް ކުރަމުން ދަނީ ގެއަށް ވަނުމަށެވެ. ޝަނާންގެ މައިންބަފައިން ހަފްތާއަކަށް މާލެ ގޮސްފައިވުމުން ގޭގައި އުޅެނީ ހަމައެކަނި އޭނާއެވެ. “ބޭބީ؟؟..ކޮންއިރަކުތަ އައީ؟” އެ ޒުވާނާ ގޭތެރެއަށް ވަނުމުން ޝަނާން އޭނާގައި ގައި […]
ޙިޔާލީ ދުނިޔެއަށް ގެއްލިފައި އިން އަޔާން ސިއްސުވައިލީ މައިޝާއެވެ. އޭނާގެ އަޑު އަޔާންގެ ކަންފަތުގައި ގެހުމުން އަޔާންގެ ތުންފަތަށް ލުއި ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ. ” ޔާން ހާދަ ލޯންލީކޮށް؟” މައިޝާ އައިސް އަޔާންގެ ގާތުގައި އިށީން ނަމުން ބުނެލިއެވެ.” ލޯންލީވާނެތަ މައި އުޅެންޔާ؟” އަޔާން މައިޝާއާ ދިމާލަށް މޫނު އަބުރާލަމުން، ފިރިހެން ވަންތަ ހިނިތުން ވުމެއް ހަދިޔާކޮއްލިއެވެ. އަޔާންގެ މި ހަރަކާތްތަކުގެ ސަބަބުން އަޔާންގެ މޫނަށް ގެއްލިފައިންކަމެއް މައިޝާއަށް ރޭކާނުލައެވެ. އަޔާންގެ މަޑު އަޅި […]