ރުޅިއަކީ އިންސާނާ ހެޔޮކަންތައްތަކާ ދުރުކުރުވާ އެއްޗެކެވެ. އެއީ އިންސާނާއަށް ލިބިގެންވާ އެންމެ ނުބައިސިފައަށްވީ އެހެންވެގެންނެވެ. ރާއިންއަށް އާދެވުނު ގަދަރުޅީގެ ސަބަބުން މިރޭގެ މަޣުރިބުނަމާދުގެ މަތިންވެސް ރާއިން ހަނދާނެއް ނެތެވެ. މިއީ ރާއިން މުކައްލަފަކަށް ވީފަހުން ފާއިތުވީ ފުރަތަމަ ނަމާދެވެ. ނަމާދު ނުކުރެވޭ ހަނދާންވުމުން ރާއިން ވަރަށް ދެރަވިއެވެ. އެއްއުޞޫލަކުން ބަލާނަމަ ރާއިންއަކީ ބަސްނާހާ ކުއްޖެއްނޫނެވެ. މުއްސަނދި ދިރިއުޅުމެއްގެ އެދުމުގައި ދައްކާ ނޭއްގާނި ކަމެއް ފިޔަވާ މަންމަ ދަސްކޮށްދިން ހުރިހާ ރީތި އާދަތަކެއްގައި ރާއިން ހިފަހައްޓައެވެ. ޚާއްޞަކޮށް ނަމާދަށް […]
ރާއިން ފަޤީރެއްގެ ގޮތުގައި ދުނިޔޭގައި ބިކަޙާލުގައި އުޅެންޖެހުނީ އެމަންމަގެ ސަބަބުންނެވެ. އެއީ މީހުންގެ ފަރާތުން ރާއިންއަށް އެނގިފައިވާ ގޮތެވެ. ބައްޕަޔާ ބެހޭގޮތުން ރާއިން ވަރަށް ގިނައިން މަންމަޔާ ސުވާލު ކުރެއެވެ. މަންމަގެ ފަރާތުން އަބަދުވެސް ލިބެނީ އެއްޖަވާބެކެވެ. ދަރިފުޅުގެ ބައްޕަވީތަނެއް މަންމައަކަށް ނޭނގެއެވެ. އެކަމަކު ދެރަނުވާށެވެ. ކޮންމެވެސް ދުވަހަކުން ދަރިފުޅު ބަލައި ބައްޕަ އަންނާނެއެވެ. އެތައްއަހަރެއްވީއިރުވެސް ބައްޕައެއްނައެވެ. ރާއިންގެ ސުވާލުތައް ގިނަވާން ފެށިއެވެ. މަންމަ ކެތްތެރިކަމާއެކު ރާއިންއަށް ވިސްނައި ދެވޭތޯ މަންމަ މަސައްކަތްކުރެއެވެ. މިހާރު މަންމަގެ ވާހަކަތައް […]
ހަވީރު ރަތްވިލާ ޖަހަމުން ދިޔަވަގުތު އިސްޖަހައިލައިގެން ހުރެ މަޑު ހިނގުމެއްގައި އައިސް ރަށުގެ އިރުމަތީ ފަރާތުގައި އޮންނަ މުޅިއަތޮޅަށް މަޝްހޫރު ރީތި ބޮޑު ދޮންވެލި ތުނޑީގެ ރާޅުޖަހާ ފަށުގައި ރާއިން އިށީނދެލިއެވެ. ހީވާގޮތުގައި ރާއިންގެ ސިނކުޑީގައި ވަރުގަދަ ހައިޖާނެއް އުފެދިފަވެއެވެ. އިރުއިރުކޮޅުން ދެއަތުން ބޮލުގައި ހިފަހައްޓާލައެވެ. ދެލޮލުން ނުރުހުމުގެ އަސަރުތައް ފާޅުވޭވޭ ހުއްޓެވެ. އެއިން ހިސާބަކުވެސް މީހަކު ފެންނާކަށް ނެތެވެ. ހިތްއުފާކޮށްލުމަށްޓަކައި ހަވީރު ތުނޑިއަށް އައި މީހުންތައް އިރުއޮއްސެން އުޅޭތީ ގެއަށްގޮސް ނިމިއްޖެއެވެ. މީހުން އުޅޭ ހިސާބާ […]
ހަވީރު ރަތްވިލާ ޖަހަމުން ދިޔަވަގުތު އިސްޖަހައިލައިގެން ހުރެ މަޑު ހިނގުމެއްގައި އައިސް ރަށުގެ އިރުމަތީ ފަރާތުގައި އޮންނަ މުޅިއަތޮޅަށް މަޝްހޫރު ރީތި ބޮޑު ދޮންވެލި ތުނޑީގެ ރާޅުޖަހާ ފަށުގައި ރާއިން އިށީނދެލިއެވެ. ހީވާގޮތުގައި ރާއިންގެ ސިނކުޑީގައި ވަރުގަދަ ހައިޖާނެއް އުފެދިފަވެއެވެ. އިރުއިރުކޮޅުން ދެއަތުން ބޮލުގައި ހިފަހައްޓާލައެވެ. ދެލޮލުން ނުރުހުމުގެ އަސަރުތައް ފާޅުވޭވޭ ހުއްޓެވެ. ވަރަށް އަވަހަށް އަންްނަނީ!!!! އިނތިޒާރުކޮށްލައްވާ!!!!!!!!