Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ވިސްނުނީ މާ ފަހުންނެވެ. 2 ވަނަ ބައި

Izora izo ? Level 1
June 24, 2016 2 Mins Read
7 Comments

ރާއިން ފަޤީރެއްގެ ގޮތުގައި ދުނިޔޭގައި ބިކަޙާލުގައި އުޅެންޖެހުނީ އެމަންމަގެ ސަބަބުންނެވެ. އެއީ މީހުންގެ ފަރާތުން ރާއިންއަށް އެނގިފައިވާ ގޮތެވެ. ބައްޕަޔާ ބެހޭގޮތުން ރާއިން ވަރަށް ގިނައިން މަންމަޔާ ސުވާލު ކުރެއެވެ. މަންމަގެ ފަރާތުން އަބަދުވެސް ލިބެނީ އެއްޖަވާބެކެވެ. ދަރިފުޅުގެ ބައްޕަވީތަނެއް މަންމައަކަށް ނޭނގެއެވެ. އެކަމަކު ދެރަނުވާށެވެ. ކޮންމެވެސް ދުވަހަކުން ދަރިފުޅު ބަލައި ބައްޕަ އަންނާނެއެވެ. އެތައްއަހަރެއްވީއިރުވެސް ބައްޕައެއްނައެވެ. ރާއިންގެ ސުވާލުތައް ގިނަވާން ފެށިއެވެ. މަންމަ ކެތްތެރިކަމާއެކު ރާއިންއަށް ވިސްނައި ދެވޭތޯ މަންމަ މަސައްކަތްކުރެއެވެ. މިހާރު މަންމަގެ ވާހަކަތައް އަހާކަށް ރާއިން ބޭނުމެއްނޫނެވެ. ރާއިންގެ ގޮތްދޫނުކުރުމުގެ ސަބަބުން މަންމަގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހެން ފަށައެވެ. އެކަމާ ރާއިން ދެރައެއްނުވެއެވެ.

ބައްޕަގެ ގާތަށްގޮސް މުއްސަނދި ތަނަވަސް ދިރިއުޅުމެއް އުޅުމަކީ ރާއިންގެ އެންމެ ބޮޑު އުއްމީދު ކަމުގައި ވިޔަސް މަންމަވަނީ އެމަގު ބަންދުކޮށްފައެވެ. މަންމަގެ ނަޞޭޙަތަކީ މިންވަރަށް އީމާންވުމެވެ. މުއްސަނދި ކަމަކީ ﷲދެއްވާ ނިޢުމަތެކެވެ. އަޅުތަކުންނަށް އޮތީ އެނިޢުމަތް ހޯދަން ތެދުވެރިމާއެކު މަސައްކަތްކުރުމެވެ. ދަރިފުޅުވެސް ބޮޑުވެގެން މުއްސަނދިވާން މަސައްކަތްކުރާނީއެވެ. މަންމަގެ ހުރިހާ ނަޞޭޙަތް  ރާއިން ޤަބޫލުކުރާއިރުވެސް އެނަޞޭޙަތް ޤަބޫލެއް ނުކުރެއެވެ. ބައްޕަގެ ގާތަށް ފޮނުވައިދިނުމަށް އެދި އާދޭސްކުރެއެވެ. ރާއިންއަކީ ބައްޕަނެތް ކުއްޖެއްނޫނެވެ. ރާއިންގެ ބައްޕައަކީ ނުލިބޭ މީހެއްވެސް ނޫނެވެ. ވީއިރު ބައްޕަގެ ލޯތްބާ، ބައްޕަގެ ތަނަވަސްކަމުން ރާއިން މަޙްރޫމްކުރަން މަންމަ މަސައްކަތްކުރަނީ ކީއްވެގެން ހެއްޔެވެ؟ ރާއިން ރުޅިގަދަވަނީ މަންމަ އެގޮތަށް ކަންތައްކުރާތީއެވެ. އިރެއްގައި ރާއިންއަކީ ކުޑަކުއްޖަކަށް ވިޔަސް މިހާރު ރާއިންއަކީ ކުޑަކުއްޖެއްނޫނެވެ. ރާއިންއަށް ރާއިންގެ ބައްޕައަކީ ކާކުކަމާ، ބައްޕަ އުޅެނީ ކޮންތާކުކަން އެނގޭނަމަ މަންމަ ދޫކޮށްލާފައި ދާންޖެހުނަސް ބައްޕަގެ ގާތަށް ދާނެއެވެ. މީހުން ބުނާގޮތުން ބައްޕައަކީ ރާއްޖޭގެ ބޮޑެތި މުއްސަނދިންގެ ތެރެއިން މުއްސަންޖެކެވެ. އެކަމަކު އެހެންބުނާ މީހުންނަށްވެސް ރާއިންގެ ބައްޕައަކީ ކާކުކަން ބުނެދޭކަށް ނޭނގެއެވެ.

އިރުއޮއްސި އަނދިރި ވެއްޖެއެވެ. ރެއަކީ ކަޅުފޮއި މޫސުމުގެ ރެއެކެވެ. އުޑުމަތީގައި އެންމެ ވިލާރޮއްޖެއްވެސް ނެތެވެ. އިރުއޮއްސި ރޭގަނޑުގެ އަދިރިކަން ދުނިޔެމައްޗަށް ވެރިވުމާއެކު އެސާފު އުޑުމަތި އެކިވަރުވަރުގެ ތަރިތަކުން ޒީނަތްތެރި ވެއްޖެއެވެ. އެކި ދިމަދިމާލުން ފިޔަޖަހަމުންދާ ރަންކުލައިގެ ތަރިތަކުގެ ސަބަބުން އެރީތި މަންޒަރު ފެނިއްޖެނަމަ ބޮޑެތި ބޮޑެތި ހިތާމަވެރިންނަށްވެސް އެމީހުންގެ ހިތުގައިވާ ހިތާމަތައް ފިލާ ހިތްހަމަޖެހުން ލިއްބައިދޭނެކަން ކަށަވަރެވެ. އެކަމަކު އެމަންޒަރު ފެންނަ ހިސާބުގައި އެހާމަ އުޑުދަށުގައި އިންއިރުވެސް ރާއިންއަށް އެކަން އިޙްސާސްވާހެނެއް ހިއެއްނުވެއެވެ.

އިރުއޮއްސުނު އިރު ވައިހިނދިފައި އޮތްނަމަވެސް މިހާރު ހެޔޮވަރު ވަރަށްވުރެ ވައިރޯޅި ބާރުވެއްޖެއެވެ. ޖެހެމުންދާ ތެތްފިނި ވައިރޯޅީގެ ބާރުކަމުން ކިތައްމެ ގަދަޔަށް ރުޅިއައިސްފައިއިން މީހަކަށް ވިޔަސް މިފަދަ މާޙައުލެއްގައި މަޑުކޮށްލައިފި ނަމަ ސިކުނޑިއާއި ލޭ ފިނިނުވެއެއް ނުހުންނާނެއެވެ. އެހެން ނަމަވެސް ރާއިންގެ ސިކުނޑިއަށް އަދިވެސް ފިނިކަން ލިބުނު ހެނެއް ހިއެއްނުވެއެވެ. ދޮންވެލި ތުނޑީގައި ފޫހަރާލައިގެން އަދިވެސް އިނީ ފުންވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ.

އިރުއޮއްސުނުއިރު ހިކިފައިއޮތް ދިވަރުވެސް ފޫދިއްޖެއެވެ. ވައިބާރުވުމުގެ ސަބަބުން ފޫދިފައިވާ ދިޔަވަރުގެ ރާޅުތަކުގެ ޙަރަކާތްތެރިކަން އަވަސްވެއްޖެއެވެ. އެއްރާޅާ އަނެއްރާޅު ހިފާ އޮޅުލަމުން އައިސް އެއްރާޅަށްވުރެ އަނެއްރާޅު އެއްގަމަށް އެރޭތޯ މަސައްކަތްކުރަމުން ދެއެވެ. ރޭގަނޑުގެ ހަމަހިމޭންކަމުގެ ސަބަބުން ރާޅުގެ މިއުޒިކީއަޑު ނޫން އެހެން އަޑެއް ނުއިވެއެވެ.

ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުގެ އުދަގޫ ބޮޑުވާން ފެށުމުން އެތަނުގައި އިންނަން އުނދަގޫވެގެން ރާއިން ތެދުވެއްޖެއެވެ. ރާޅުގެ އުނދަގޫނުވާ ހިސާބު އެއްގަމަށް ޖެހިލާ އަނެއްކާވެސް އިނށީދެއްޖެއެވެ. އަދިވެސް ގެއަށްދާ ފިކުރެއް ނުކުރެއެވެ. ގެއަށްދާން ހިތަށް އެރިޔަސް ފޫހިވެއެވެ. އެއީ ގެއެއް ހެއްޔެވެ؟ ކިރިޔާ ބާރު ވައިރޯޅިއެއް އަޔަސް ފުރާޅު ބޮލަށް ވެއްޓިދާނެހެން ހީވާފަދަ ބަލިބަލި ޖިފުޓިގަނޑެކެވެ. ފުރާޅު ހަލާކުވެފައި ހުރުމުގެ ސަބަބުން ވާރޭ ހިޔަލެއްނުވެއެވެ. ބޮޑު މުއްސަނދި މަހުޖަނެއްގެ ދަރިއަކު އެކަހަލަ ހިޔާވައްސެއްގައި އުޅެން ބޭނުންވާނެ ހެއްޔެވެ؟ އެކަމަކު ދިގު އަށާރައަހަރު ރާއިން ހޭދަކުރީ އެ ނިކަމެތި ޖިފުޓިގަނޑުގައެވެ. ދެން އިތުރަށް އެންމެ ދުވަހަކުވެސް އެ ޖިފުޓިގަނޑުގައި އުޅޭކަށް ބޭނުމެއްނޫނެވެ. މިއަދު ރާއިން ގޭން ނުކުތީ ދެން ދުވަހަކުވެސް އެނބުރި އެގެއަށް ނުދާން ނިންމައިގެންނެވެ. އެކަމަކު އެގެއަށް ނުގޮސް ދާނީ ވަކި ކޮންތާކަށް ހެއްޔެވެ؟ ބައްޕަ ވީތަނެއް ނޭނގެއެވެ.

އިރުމަތީފަރާތުގެ އުދަރެސް އަލިވާން ފަށައިފިއެވެ. އެއީ ހަނދުއަރަން އުޅޭކަމުގެ ހެއްކެކެވެ. ރާއިން ގަޑި ބަލާލިއެވެ. ރޭގަނޑުގެ ދިހައެއް ޖަހައިފިއެވެ. ވަގުތު ދިޔަގޮތް ރާއިންއަށް އިޙްސާސްވެސް ނުކުރެވެއެވެ. ސިނކުޑީގައި އުފެދިފައިވާ ހައިޖާނުގެ ސަބަބުން އެހެން އެއްވެސްކަމެއް ރާއިންއަށް ވިސްނޭވަރެއް ނޫނެވެ.

ރާއިން ވިސްނުމުގެ ތެރޭގައި އިނދެފައި ހިތާމައިގެ ފިނިނޭވާއެއް ދޫކޮށްލިއެވެ. ވަށައިގެންވާ މާޙައުލަށް ނަޒަރު ހިންގާލިއެވެ. ހަނދުއަރާ ދުނިޔެއަށް އޭގެ ރަންދޯދިތަކުން އަލިކުރަން ފަށައިފިއެވެ. ބިއްލޫރިކޮޅެއް ފަދަ ސާފު ލޮނުގަނޑަށް ހަނދުވަރުގެ އަލިއެޅުމުން އެއުފައްދައިދޭ ހިތްގައިމު މަންޒަރަކީ ބަލާ ފޫހިނުވާފަދަ ރީތި މަންޒަރެކެވެ. ވައިރޯޅި ބާރުވުމުގެ ސަބަބުން ލޮނުގަނޑުގައި ހަލަބޮލިކަން އުފެދިފައިވާތީ ހަނދުވަރުގެ އަލީގައި އެލޮނުގަނޑު ފެންނަނީ ވިދަވިދާހުރި އަލިމަސްތަކެއް ހެންނެވެ. އެތައް ހިސާބެއްގެ ދުރަށް ފެތުރިފައިވާ ސްނޯތަކެއްފަދަ ހުދުކުލައިގެ ދޮންވެލި ތުނޑިމަތީގައި އިނދެ ސާފު ރިހި ހނދުވަރުން ފެންވަރާލުމުން ރާއިންގެ ސިކުނޑިއަށް ހިސާބެއްގެ ހަމަޖެހުމެއް ލިބިއްޖެހެން ހީވިއެވެ. ތެދުވެ މޯޅިއަކަށް ދެމިލާ ފަޓުލޫނުން ވެލި ފޮޅާލުމަށްފަހު އެނބުރި ދިއުމަށްޓަކައި ހިނގައިގެންފިއެވެ.

ރުޅިއަކީ އިންސާނާ ހެޔޮކަންތަކާ ދުރުކުރުވާ އެއްޗެކެވެ. އެއީ އިންސާނާއަށް ލިބިގެންވާ އެންމެ ނުބައި ސިފައަށްވީ އެހެންވެގެންނެވެ.

ނުނިމޭ.

 

 

Share Article

Follow Me Written By

Izora izo ?

Level 1

Other Articles

Previous

ދޭނަން ހިތާ ޖާނާ (7)

Next

ކުއްޅަވަށްފާ (8)

Next
June 24, 2016

ކުއްޅަވަށްފާ (8)

Previews
June 23, 2016

ދޭނަން ހިތާ ޖާނާ (7)

7 Comments!

  1. Anonymous says:
    June 24, 2016 at 1:48 am

    Haasaru thigukan dw

  2. Niii says:
    June 24, 2016 at 8:49 am

    Thi vaahaka eh tha.???haadha haasaruthah ginaey vaahakaige haadhisaa gebesbala…ehn noony meehun thi kiyaa hiy nuvaane

  3. ny says:
    June 24, 2016 at 10:21 am

    V v reethi imeyjkurunthakaaeku vaahagenesfhineema furihamavaaneevaahaka

  4. Snow says:
    June 24, 2016 at 11:23 am

    Beykaaru bai dhigukan dhw….

  5. naash♡ says:
    June 24, 2016 at 11:26 am

    Varah reethi Keep up the good work

  6. aish says:
    June 24, 2016 at 5:09 pm

    Maa gudhurathee sifakurunthah ginaee.. vaahakaige haadhisaa thakah vure sifakurun gina veema kamaku nudhaane. U have got talent. Next part rangalhu kuraane kamah ummeedhu kuran

  7. Aindhatha says:
    June 25, 2016 at 2:48 am

    Konme echekey myga liyunas comments thakuga innaany vv nice…. MashH kamaku nudhey mivaahKaeh

Comments are closed.



All Right Reserved!