އަހަރެންގެ ހަޔާތުގައި އެންމެ މުހިންމު މީހަކީ އަހަރެންގެ މަންމަ. އަހަރެން ދުނިޔެއަށް އައި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އަހަރެންގެ މަންމަ ވަނީ އަހަރެންނަށް ޓަކައި ވަރަށް ގިނަ ޤުރުބާނީތަކެއް ވެފަ. ބައްޕައެއްގެ އެހީތެރިކަމެއް ނެތި، އެކަނި މައިމީހެއްގެ ގޮތުގައި އަހަރެން ބޮޑުކޮށް، ތަރުބިއްޔަތު ކުރުމަކީ ފަސޭހަ ކަމެއް ނޫން. ކުޑައިރުއްސުރެ އަހަރެންގެ މަންމަ އަހަރެންނަށް ދަސްކޮށްދިނީ ރަނގަޅު އަޚްލާޤާއި، ހިތްވަރާއި، ކެތްތެރިކަން. އަހަރެން ކުޑައިރު ބަލިވެއްޖެ ނަމަ، މުޅި ރޭ ނިދުމެއްނެތި އަހަރެންގެ އަރިހުގައި […]