ތާރާ: ތަނާލް އާއި ރާހިލްއަށް އެންމެ ފުރަތަަމަ ލިބުނު ދަރިފުޅަށް ކިޔަނީ ތާރާއެވެ. ޅައުމުރުގައި ދެކުނު ހުވަފެން ހަގީގަތަކަށް ހަދައި އޭގެ ފޮނި މީރުކަން ލިބިގަތީ ވަރަށްވެސް ފުރިހަމައަށެވެ. ފެޝަން ޑިޒައިނަރ އަކަށްވެ މުޅި ޤައުމު ފަޚުރުވެރިވާ ފަދަ ނަތީޖާއަކާ އެކު ލަންޑަނުގެ ސެންޓްރަލް ސެއިންޓް މަރޓިނުން ސަނަދު ހާސިލު ކުރުމަށްފަހު އެނބުރި ރާއްޖެ އައިސް ބުރަ މަސައްކަތްތަކަކަށް ފަހު ދާލިޔާ އެންޓަޕްރައިސަސް ގެ ނަމުން ނަން ދީ ބޮޑު ކުންފުންޏެއް ނަގާ ކޮޅަށް ޖެހިއެވެ. ވިޔަފާރީގެ […]
އައްސަލާމު ޢަލައިކުމް! “އަބަދުމެ ތި ސޫރަ މި ހިތުގައި ވާނޭ” މި ވާހަކައަކީ އަޅުގަނޑު އަލަށް މި ވެބްސައިޓެއްގައި ލިޔަން ފަށާ ވާހަކައެކެވެ. މި ވާހަކައިގެ އެޕިސޯޑް ތައް ވެބްސައިޓަށް އަޕްލޯޑު ކުރުމަށް ފަހު އެއްވެސް ވަރަަކަށް ކުށް ހުންނަ ކަމަށްވަނީ ނަމަ އެކަންކަން ފާހަގަ ކޮށްދިނުން އެދެމެވެ. އަލަށް ލިޔާ ދިގުވާހަކަ އަކަށް މި ވާހަކަ ވާތީ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދުކުރަން. ޝުކުރިއްޔާ! 🤍