Skip to content
އެސްފިޔަ

“އަބަދުމެ ތި ސޫރަ މި ހިތުގައި ވާނޭ”… ޝަޚުޞިއްޔަތްތަކުގެ ތަޢާރަފް

ތާރާ: ތަނާލް އާއި ރާހިލްއަށް އެންމެ ފުރަތަަމަ ލިބުނު ދަރިފުޅަށް ކިޔަނީ ތާރާއެވެ. ޅައުމުރުގައި ދެކުނު ހުވަފެން ހަގީގަތަކަށް ހަދައި އޭގެ ފޮނި މީރުކަން ލިބިގަތީ ވަރަށްވެސް ފުރިހަމައަށެވެ. ފެޝަން ޑިޒައިނަރ އަކަށްވެ މުޅި ޤައުމު ފަޚުރުވެރިވާ ފަދަ ނަތީޖާއަކާ އެކު ލަންޑަނުގެ ސެންޓްރަލް ސެއިންޓް މަރޓިނުން ސަނަދު ހާސިލު ކުރުމަށްފަހު އެނބުރި ރާއްޖެ އައިސް ބުރަ މަސައްކަތްތަކަކަށް ފަހު ދާލިޔާ އެންޓަޕްރައިސަސް ގެ ނަމުން ނަން ދީ ބޮޑު ކުންފުންޏެއް ނަގާ ކޮޅަށް ޖެހިއެވެ. ވިޔަފާރީގެ ދާއިރާއަށް ތާރާ ކެރިހުރެގެން ނިކުތީ ވަރަށްވެސް ފޮނި އުއްމީދުތަކާ އެކު އެވެ.

އިކާން: އިކާން އަކީ އައިކާ އާއި ކިޔާންގެ އެއްމެ ދޮއްޓަށް ހުންނަ ކުއްޖާއެވެ. އާދަޔާޚިލާފު ރީތިކަމެއް ލިބިފައި ހުންނަ އިކާން އަކީ ޒިންމާދާރު ވަކީލެކެވެ.މީހުންނަށް އިންސާފު ހޯދައިދިނުމުގައްޔާއި ކަންކަމުގައި ޙައްޤު ބަސް ބުނުމުގައި އިކާން އަަބަދުވެސް ހުންނާނީ އެއްމެ ކުރީސަފުގައެވެ. ޅަ ދުވަހުން ފެށިގެން އެކުގައި އުޅެބޮޑުވި އެއްމެ ގާތް އެކުވެރިޔާ ތާރާ އާއަ ޖެއްސުމެއް ކޮށްލުމަކީ އޭނާގެ ދުވަސް ފުރިހަމަވާ ކަމެއް ފަދައެވެ. އަަބަދުވެސް އިކާން އަކީ ވަރަށް ސަކަ މިޒާޖެއްގެ ވެރިއެކެވެ. ނަމަވެސް އޭނާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައީ ތާރާ އާއި މެދު އެހެން ނަޒަރަކުން ދެކެވެނީ ފެށި ހިސާބުންނެވެ.

ޒެކް: ޒިވްޔާ އަދި ކައިލާންގެ ދެލޮލުގެ ނޫރު ކަމުގައިވާ ޒެކް އަކީ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. ފުރާވަރުގެ އުމުރުފުރާގައި ނިއުރޯ ސަރޖަން އަކަށް ވުމަށް ކުރެވުނު އުއްމީދުގައި ކުލަޖެއްސުމަށް ރެޔާ ދުވާލު ބުރަ މަސައްކަތްތަކެއް ކޮށް މުޅި ކޮލެޖުން އެއްވަނަ ހޯދުމަށްފަހު ރާއްޖެ އައިސް ދަރުމަވަންތަ ހޮސްޕިޓަލުގައި ވަޒީފާ އަދާކުރަންފެށީ އޭނާގެ އަމިއްލަ ހޮސްޕިޓަލެއް ހުޅުވުމު ގެ ނިޔަތުގައެވެ. އުމުރުން 27 އަހަރުގައި އަމިއްލަ ހޮސްޕިޓަލެއް ހުޅުވާ އެތަން މުޅި ދުނިޔެއަށް ޕްރޮމޯޓް ކޮށް، ދުނިޔޭން ފާހަގަކޮށްލެވޭ އެއްމެ މޮޅު 3 ޑޮކްޓަރުންގެ ތެރޭގައި ހިމެނުނެވެ. އޭނާގެ އެއްމެ ގާތް އެކުވެރިޔާ އިކާން ގެ ކޮއްކޮ ނޯރާ އަށް ހިތްދެވި މޮޔަވެވުނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ.

ނޯރާ: ނޯރާ އަކީ ވަރަށް ބަސްއަހާ، ޢަޒުމް ވަރުގަދަ އަދި ކެރިހުރެގެން ކަންކަމުގައި އުޅޭ ކުއްޖެކެވެ. ޓީވީގެ އެކި ޕްރޮގްރާމްތައް ހޯސްޓުކުރާ ނޯރާ އަކީ ޖާރނަލިސްޓްއެކެވެ. މި ދާއިރާއިން ކުރިއަރަމުން އަންނައިރު މިކުއްޖާ އަކީ ޓިކްޓޮކް، އިންސްޓަގްރާމް ފަދަ މަންސަ ތަކުގައި ތަފާތު ވައްތަރުގެ ކޮންޓެންޓް ޕޯސްޓް ވެސް ކުރާ ކުއްޖެކެވެ. ޙަޔާތުގެ ދުވަސްތައް އަމަން އަމާންކަމާއެކު ކުރިއަށް ދަނިކޮށް މުޅި އާއިލާ އެންމެންގެ ނަފްރަތުގެ އަމާޒު ފަތްގަނޑަކަށް އޭނާ ހެދުމުން މަގު ގެއްލިފައިވާ މުސާފިރަކަށްވީ ވަގުތު ކުރިޔަށް ދިޔުމަށް ހިތްވަރު ދިނުމުގައި ދެމިހުރި ބޭބެގެ އެއްމެ ގާތް އެކުވެރިޔާ، ޒެކް އަށް ހިތް ހިބަކޮށްދެވުނީ ނުވެސް އެނގި ހުއްޓައެވެ.

ޔާނިކް: ތަނާލް އާއި ރާހިލްއަށް ލިބުނު ދެވަނަ ދަރިފުޅަކީ ޔާކިންއެވެ. ޔާނިކް އަކީ ވަރަށް ސަކަ މިޒާޖެއްގެ ކުއްޖެކެވެ. ހިތާމައަކީ އޭނާއަށް ލިބިފައިވާ ރީތިކަމުގެ ނާޖާއިޒު ފައިދާ ނަގަމުން އަންނަނީ ވަރަށްވެސް ހިތި ގޮތަކަށް ކަމަށްވާތީވެ. ކިޔެވުމުގެ ކަންކަމުގައި ތާރާ އާއި އެއްގޮތް ކަންކަން މަދުންނަމަވެސް ފެންނަމުން ދެއެވެ. އިނގިރޭސީން ބުނާ ނަމަ ޔާނިކް އަކީ ހަމަ ޕްލޭ ބޯއި އެކެވެ. މީހުނަށް އުނދަގޫ ކުރުމާ، ޖެއްސުން ކުރުން އޮންނަނީ އިންތިހާއަށެވެ. ޔާނިކްގެ މުޅި ދިރިއުޅުމަށް އެތަކެއް ބޮޑެތި ބަދަލުތަކެއް ގެނުވާ ކުއްޖަކަށް އައިލާ ވެގެންދަނީ ޔާނިކް ކޮލެޖަށް ވަތް ފުރަތަަމަ ދުވަހުއެވެ. ޔާނިކް ދިރިހުރުމުގެ މަގުސަދަކީ އައިލާ ކަމުގައި ވެގެން ދަނީ އެތަކެއް ހިތި ރަހަ ތަކެއް އަރުތެރޭގައި ލެއްވި ދިޔުމަށްފަހުގަ އެވެ.

އައިލާ: ދެލޮލުގެ ކޮއި ފަދައިން ބޮޑުކުރި ދަރިފުޅު އައިލާ އަކީ އަމައިރާ އާއި އާހިލްގެ ހިތުގެ ފިނިކަމެވެ. އައިލާ އަކީ ވަރަށް ބަސްމަދު ކުއްޖެކެވެ. ބޮޑުވެގެން އޭނާގެ ދެބެންގެ ދެދަރި ދައްތަ ކަމުގައިވާ ތާތަ (ތާރާ) ނަމޫނާއަކަށް ބަލައިގެން އޭނާވެސް ބޭނުންވީ ބިޒްނަސް ވުމަން އަކަށް ވާށެވެ. ސޮފްޓްވެއަރ އިންޖިނިއަރިންގ ކިޔަވައި އަމިއްލަ ކުންފުންޏެއް އުފައްދާ ދުނިޔޭގެ އެކި ހިސާބުތަކުގައި އޭނާގެ އެކި މަސައްކަތްތައް ފެންނަމުން ދިޔައީ ވަރަށްވެސް ފުރިހަމައަށެވެ. ބޭބެއެއްގެ ގޮތުގައި ދެކިގެން އުޅެ ބޮޑުވި ކިންބެ ( ޔާނިކް ) އާމެދު ގޮތްނޭނގޭ އިހުސާސެއް ކުރެވެން ފެށުނީ އުމުރުން އެއްމެ 15 އަހަރުގައެވެ. ކޮލެޖަށް ވަތް ފުރަތަަމަ ދުވަހަކީ އައިލާގެ ދިރިއުޅުމަށް ބިޔަ ރާޅެއް ބިންދާލި ދުވަހެކެވެ. އެ ޒުވާން ހިތް ލެއިން ކަޅިވެ ނިމިދަނީ ދުނިޔެއަކީ ކެހިވެރި ތަނެއްގެ ގޮތުގައި ސިކުނޑިއަށް ވިސްނައި ދެމުންނެވެ. ނަމަވެސް އޭނާއަށް ޔާނިކްގެ ލޯބި ލިބެނީ ވަރަށްވެސް ހިނުކުރާ ގޮތަކަށެވެ.

އައްސަލާމު ޢަލައިކުމް! އަޅުގަނޑު އަލަށް މި ވެބްސައިޓެއްގައި ލިޔަން ފަށާ މި ވާހަކަ އަކީ ޙަޔާތުގައިވެސް އަލަށް ލިޔާ ދިގު ވާހަކައެވެ. މިއީ އަޅުގަނޑު މެއި މަހުގައި ލިޔަން ހަމަޖެހިފައިވާ
“އަބަދުމެ ތި ސޫރަ މި ހިތުގައި ވާނޭ” މި ވާހަކައިގެ ޝަޚުޞިއްޔަތްތަކުގެ ތަޢާރަފްއެވެ. މި ވާހަކައިގެ ޓްރެއިލަރ އަންނަ ހަފްތާގެ ހޯމަ ދުވަހު ގެނެސްދޭނަމެވެ. އިންތިޒާރު ކޮށްލައްވާ!

Comments (11)

  1. Your fav bab

    It seems to be really interesting
    Keep it up!!

    1. Nina🤍
      Your fav bab

      Thankyou your fav bab so much 🩷

  2. gurrrrl

    nice hama vrh reethi vaane hen heevani
    keep it up
    good work

    1. Nina🤍
      gurrrrl

      Thankyou gurrrrl 🌸

  3. eri

    i feel like esfiya writers spend a lot of time now writing shahsiyathu tharaaf instead of actually gradually introducing and expanding the characters in the story i feel like its more interesting as we read along we get to know the characters ourselves and i feel like trailers ga ves sometimes vrh spoil vey hen i feel like a synopsis would be better instead of saying trailer this is just my opinion tho good luck on the story

    1. Nina🤍
      eri

      Trailer upload nukoh part 1 upload kohlan eban visnan aslu. Girl I felt the same about writers spending more time on writing introduction of the characters and stuff too. Kudk thafaathu kohlan story ge furathama part laanan may noony june ga

  4. Yk 💡

    Looks like now in esfiya ongoing story ehga ulhey character ehge name copied kohfa hen nora

    1. Nina🤍
      Yk 💡

      Kon story ehga nora ge nan inee? E nan ehen vaahaka ehga inn kameh aslu alhugandakah neynge. Mi website ga hunana vaahaka thah ehaa ginain nukiyaathy neynge ekm gasthuga ingehure copy eh nukuran 😁

  5. Yk 💡

    Ohh I didn’t know sorry I thought you were copying but really really sorry
    It’s “abadhahtaka hithuge loabi” eyga ulhey nora that’s why ehen bunevuni but 2 characters are different from 2 stories ga ves ..btw I’m really sorry ingey I wasn’t meant to hurt you but it’s js my thoughts sorry

    1. Nina🤍
      Yk 💡

      Its totally fine also I’m glad that you actually pointed it out I get you don’t have to apologize 💙

  6. Nina🤍

    Its totally fine also I’m glad that you actually pointed it out Ingey you don’t have to apologize 💙

Comments are closed.