ނޯޓު:މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ކަމުން ކުށް ހުރުން އެކަށީގެންވޭ. ހޮނިހިރު ދުވަހެއްގެ ހަވީރުގެ ވަގުތެވެ.އަހަރެން އިނީ ތުނޑިމަތީގައެވެ.ވަށައިގެންވާ މާހައުލުވަނީ އުފާވެރިކަމެއްގެ ތެރޭގައެވެ.އެހެން ނުބުނަންވީ ސަބަބެއްވެސް ނެތެވެ.ވަށައިގެން ފެންނަ ނޫކުލައިގެ މޫދުވަނީ ފުންނިންޖަކުން ނިދާފައޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ.އެހާވެސް ރީޗެވެ.ހީވަނީ ސާލެއް އަޅައިފާ ވާހެންނެވެ.މަޑުމަޑުން ޖެހިލާ ނަލަ ވައިރޯޅި ހިތުގެ އެންމެ ހިމަ ނާރާވެސް ކުޅިލާނެއެވެ.ތުނޑީގެ ބޯކިރުކޮޅެއްފަދަ ދޮންވެލިގަނޑުމަތީ އަހަރެން ނޫން ކިތަންމެ ބަޔަކުވެސް ތިއްބެވެ.ޖޯޑު ޖޯޑުން ތިބި ލޯބިވެރިންނާއި ދެމަފިރިންވެސް އެހާމެ ގިނައެވެ.އަދި އެމީހުންގެ ލޮލުގެ […]