Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

އެ ދުވަސް

IMROO Level 1
October 27, 2020 2 Mins Read
4 Comments

ނޯޓު:މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ކަމުން ކުށް ހުރުން އެކަށީގެންވޭ.

ހޮނިހިރު ދުވަހެއްގެ ހަވީރުގެ ވަގުތެވެ.އަހަރެން އިނީ ތުނޑިމަތީގައެވެ.ވަށައިގެންވާ މާހައުލުވަނީ އުފާވެރިކަމެއްގެ ތެރޭގައެވެ.އެހެން ނުބުނަންވީ ސަބަބެއްވެސް ނެތެވެ.ވަށައިގެން ފެންނަ ނޫކުލައިގެ މޫދުވަނީ ފުންނިންޖަކުން ނިދާފައޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ.އެހާވެސް ރީޗެވެ.ހީވަނީ ސާލެއް އަޅައިފާ ވާހެންނެވެ.މަޑުމަޑުން ޖެހިލާ ނަލަ ވައިރޯޅި ހިތުގެ އެންމެ ހިމަ ނާރާވެސް ކުޅިލާނެއެވެ.ތުނޑީގެ ބޯކިރުކޮޅެއްފަދަ ދޮންވެލިގަނޑުމަތީ އަހަރެން ނޫން ކިތަންމެ ބަޔަކުވެސް ތިއްބެވެ.ޖޯޑު ޖޯޑުން ތިބި ލޯބިވެރިންނާއި ދެމަފިރިންވެސް އެހާމެ ގިނައެވެ.އަދި އެމީހުންގެ ލޮލުގެ ނޫރުކަމުގައިވާ ދަރިންވެސް އެތާގައި ފޯރިއާއެކު ކުޅެ މަޖާކުރަމުން ދިޔައެވެ.މި މާހައުލުގައި ހިނގަމުންދާ އެއްވެސް ކަމެއްގެ ހިލަމެއް އަހަނަނަކަށް ނުވެއެވެ.އަހަރެންގެ ހިޔާލުތައްވަނީ މާދުރުގައެވެ.މަޑުމަޑުން މާޒީގެ ތެރެއަށް ފީނައިލީމެވެ.

………………………..

އެއީ މީގެ 18 ވަރަކަށް އަހަރު ކުރިއެވެ.އަހަރެނގެ އުމުރުން 14 އަހަރެވެ.އަހަރެން މިދުނިޔެއަށް އުފަންވުމާއެކު އަހަރެންގެ މަންމަ ވަނީ މިފަނާވިދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ.އަހަރެންގެ އުމުރުން 3 އަހަރުގައި ބައްޕަ އެހެން މީހަކާ ކައިވެނީގެ ގޮތުން ގުޅެއެވެ.ދޮންމަންމަގެ އަލަތު ކައިވެނީގަ ވަނީ 2 ކުދިން ލިބިފައެވެ.އެއީ ވިޝާން އަދި ޒިވީ އެވެ.މިދެކުދިންވެސް އަހަންނަށް ވުރެ ބޮޑެވެ.ވިޝާން ޒިވީއަށް ވުރެ 2 އަހަރު ބޮޑެވެ.އަހަރެން ބޮޑުވަމުން އައީ ވަަރަށް އުފަލާއި ލޯބިލިބިގެންނެވެ.މިހުރިހާ ކަމެއް ބަދަލުވީ އަހަންނަށް 17 އަހަރު ވުމުންނެވެ.

އެއީ އަހަރެންގެ ބައްޕަ މިދުނިޔެދޫކުރީމައެވެ.އަހަރެންގެ ބައްޕަ މަރުވީ އަހަރެންގެ ކުރިމަތީގައެވެ.އަހަރެން އެވަރަށް ރުއިދުވަހެއް ހަނދާނެއްވެސް ނުވެއެވެ.މުޅި ދުވަސް ހޭދަވީ އަހަރެން ރުއިމުގައެވެ.މުޅި ލޯކައިރިވަނީ ރުއިމުގެ ސަބަބުން ރަތްވެފައެވެ.ދޮންމަންމަގެ ހަޤީޤީ  ސިފަ އަހަންނަށް ރޭކާލީދެނެވެ.ކޮންމެ ދުވަހަކު އަހަރެން ލައްވާ ގޭތެރޭގެ ހުރިހާ މަސައްކަތްތަކެއް ކުރުވަންފެށިއެވެ.

މިހާރު އަހަންނަކީ ގޭ މަސައްކަތު މީހާ ބުންޏަސް ދޮގަކަށް ނުވާނެއެވެ.ހެނދުނު ހޭލާގޮތަށް ރޭގަނޑު 9 ނުޖަހަނީސް އަރާމެއް ނުކުރެވޭނެއެވެ.އެލިބޭ ވަގުތުގައި ވެސް އަހަންނަށް ނިދޭނަމަ ކީއްހެއްޔެވެ؟ލޮލުފިޔައެއް ނުޖަހާ މުޅިރޭ ފާއިތުވެގެންދަނީ އަހަރެންގެ ބަދުނަސީބާއި ދޭތެރޭވިސްނާފައެވެ.މިއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ.

ފަތިހު އަހަންނަށް ހޭލެވުނީ ބަންްގީގެ އަޑަށެވެ.އަވަހަށް ތެދުވެ ފެންވަރައިގެން ނަމާދު ކޮށްލީމެވެ.ނަމާދުކުރުމަށް ފަހު ގޭތެރޭ މަސައްކަތާގެން މަސްޢޫލުވެއްގައިމެވެ.ހެނދުނުގެ ނާސްތާއަށް ދޮންމަންމައާއި އޭނަގެ ދެދަރިން އައިސް ކާމޭޒުދޮށުގައި އިށީނެވެ.އެދެކުދިންގެ ވެސް ހުންނަނީ ދޮންމަންމަގެ އުޅުމާއި މިޒާޖެވެ.އަހަންނާއި ދިމާއަށް ޒިވީ ވަށްކަޅިން ބަލައިލުމަށް ފަހުސައިބޯންފެށިއެވެ.ދޮންމަންމަ ސައިބުއުމުގެ ތެރެއިން އަހަނަށް ގޮވާލައިފައި ބުނީ އަވަށްޓެރި ފަހުމީބެ ގެ ގެއަށްމަސައްކަތު ދިއުމަށެވެ.އަހަރެން އެއްވެސް ދެކޮޅުހެދުމެއްނެތި އާންއެކޭ ބުނީމެވެ.އަހަރެން މަޑުކޮށްގެން ހުރީ ދޮންމަންމަމެން ސައިބުއިނިމެންދެނެވެ.އެތިންމައިން ސައިބުއިނިމިގެން ދިއުމުން އަހަރެން ވެސް ސައިބުއިލައިގެން ތަށިތައް ނަގާ ތަންސާފުކޮށްލީމެވެ.ދެން އަހަރެން ކޮޑަގޮތަކަށް ރީތިވެލައިގެން ދިޔައީ ފަހުމީބެމެން ގެއަށެވެ.

އެގެއަށް ވަނުމާއެކު ފަހުމީބެ އަހަންނަށް ހިނިތުންވުމެއްދިނެވެ.އަހަރެންވެސް ރައްދުގައި ހިނިތުންވުމެއް ދިނީމެވެ.އަހަރެން ވަނުމާއެކު ފަހުމީބެގެ އަންހެނުން ޝަކީލާ ކުރަންވީ ކަންކަން އަހަންނަށް ކިޔާދިނެވެ.ޝަކީލާ އަކީ ނަރުހެއްކަމުން ހެނދުނުދާ މީހާ އަންނާނީ އިރުއޮއްސިދާފަހުންނެވެ.ޑިއުޓީގައި އުޅޭވަގުތުތަކުގައި ކައިބޮއި ހަދާނީ ހޮސްޕިޓަލްކައިރީގައިވާ ހޮޓަލުންނެވެ.ހަމައެގޮތަށް ފަހުމީބެއަކީ ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާމީހެކެވެ.ފަހުމީބެ އާއި ޝަކީލައްތަ ބޭރަށްދިޔުމުން އަހަރެން އަވަހަށް މަސައްކަތާގެން އުޅެންފެށީމެވެ.މަސައްކަތް ނިމުނީ އެދުވަހު އިރުއޮއްސެނިކޮށެވެ.

އަހަރެން ގެއަށްދިޔުމުން ދޮންމަންމަ ކިހިނެއްތޯ ދުވަސް ދިޔާއަހާލިއެވެ.އަހަރެން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.ވާނީވެސް އެހެންތާއެވެ.މިއީ ބައްޕަ މަރުވުމަށްފަހު ދޮންމަންމަ އަހަންނާއި ރީތިކޮށްވާހަކަދެއްކި ފުރަތަމަފަހަރެވެ.އެހާގިނަ ދުވަސްތަކަކަށް ފަހު ދޮންމަންމަ އެގޮތަށް ވާހަކަދެއްކުމުން އަހަރެންގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ.އުފަލާއެކު ރަނގަޅަށޭ ދުވަސްދިޔައީ ބުނުމަށްފަހު އަަހަރެން ދިޔައީ ކޮޓަރިއަށެވެ.ފެންވަރައިގެން އަހަރެން ނިދާލުމަށް ޖައްސާލުމުން އިސާހިތަކު އަހަރެން ހުވަފެނީ ޢާލަމަށް ދަތުރު ކޮއްފިއެވެ.

ދުވަސްތައް މާޒީވަމުން ދިޔައެވެ.ދޮންމަންމަ އަހަންނާއި މުޙާތަބުކުރަނީ ވަރަށް ލޯބިންނެވެ.ސަބަބަކީ އަހަރެން ކުރާ މަސައްކަތުން ފައިސާ ލިބޭތީއެވެ.ފަހުމީބެ މެން ދޭމުސާރަ ނަގަނީ ދޮންމަންމަ އާއި އޭނަގެ ދެކުދިންނެވެ.އަހަންނަށް ބައެއްމަސްމަހު 100 ރުފިޔާދޭނެއެވެ.

އާދައިގެ މަތިން މިއަދުވެސްއަހަރެން ހުރީ މަސައްކަތު އައިސްއެވެ.ފަހުމީބެ އަހަންނަށް ގޮވާލުމަށްފަހު ބުނީ ކޮޓަރި ސާފުކޮށްލުމަށެވެ.އެހެން ބުނެފައި ފަހުމީބެ ގޮސް ޓީވީ ހުޅުވާލައިގެން ސޯފާގައި އިށީނެވެ.އަހަރެން އަވަސްފިޔަވަޅުތަކަކާއެކު ގޮސް ކޮޓަރިއަށް ވަނީމެވެ.އަދި ސާފުކުރަން ފެށީމެވެ.އެނދުގެ ބެޑްޝީޓްގަނޑު އަޅަން އުޅުނުވަގުތު މީހަކު އަހަރެންގެ ގައިގާ ފިރުމާލިހެން ހީވިއެވެ.އަހަރެން ދިޔައީ ސިއްސައިގެންނެވެ.މަޑުމަޑުން މޫނު އަބުރާލިއިރު ކުރިމަތީ ހުރީ ފަހުމީބެއެވެ.ފަހުމީބެ ނުބައިވައްތަރަކަށް ހީލިއެވެ.އަހަރެންނަށް ފަހުމީބެގެ އެދުން އިގުމާއެކު އެތަނުން ނުކުންނަން އުޅުނީމެވެ.ނަމަވެސް އެއަށްވުރެ ފަހުމީބެ ހުޝިޔާރެވެ.ފަހުމީބެ އަހަންނާ ކައިރިވަމުން ދިޔައެވެ.އަހަރެން އެހެން ނުހެދުމަށް ރޮއި އާދޭސްކުރަމުން ދިޔަ އަޑު ފަހުމީބެއަށް ނީވޭކަހަލައެވެ.ފަހުމީބެ ދިޔައީ އޭނަގެ އެދުން ފުރިހަމަ ކުރަމުންނެވެ.

އަހަންނަށް ހޭވެރިކަންވީ އިރުއޮއްސެން ގާތްވެފައިވަނިކޮށެވެ.އޭރު އަހަރެންގެ މުޅި ގައިގާ ދިޔައީ ރިއަސްމުންނެވެ.ނުރިއްސާ އެންމެ ކަށިކޮޅެެއްވެސް ނެތެވެ.ވަރަށް ހިތްވަރާއެކު ތެދުވެގެން ގެއަށް ދިޔައީމެވެ.ގެއަށް ވަންއިރު އެކެއްވެސް ފެންނާކަށް ނެތެވެ.އަހަރެން ކޮޓަރިއަށްވަދެ ދޮރުލައްޕާލުމާއެކު ރޯންފެށީމެވެ.ގިސްލަގިސްލާފަ ރޮމުންއަހަރެން ގޮސް އެނދަށް އަރާއޮށޯތީމެވެ.އޭރުވެސް އަހަރެންދިޔައީ ރޮމުންނެވެ.މުޅި ކޮޓަރީގައި ވަނީ އަހަރެންގެ ރުއިމުގެ އަޑު ހަރުލާފައެވެ.

……………………

އަހަރެންނަށް މާޒީގެ ތެރެއިން ނިކުމެވުނީ ދުރުން އިވެމުންދިޔަ ބަންގީގެ އަޑަށެވެ.އަވަހަށް ތެދުވެގެން ގެއާއި ދިމާއަށް މިސްރާބުޖެހީ ލޮލުންއަންނަ ކަރުނަތައް ފުހެމުންނެވެ.

ނިމުނީ…

 

 

Share Article

Follow Me Written By

IMROO

Level 1

Other Articles

Previous

އެސޫރަ – 02

Next

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..31

Next
October 27, 2020

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..31

Previews
October 27, 2020

އެސޫރަ – 02

4 Comments!

  1. ahmed says:
    October 27, 2020 at 2:54 pm

    varah reethi

  2. s.n.o.w.f.l.a.k.e Maash says:
    October 27, 2020 at 4:40 pm

    Varah reethi Maasha Allah

  3. SHABAKKO 10 says:
    October 27, 2020 at 6:59 pm

    Varah reethi ???
    Masha Allah ❤️❤️❤️

  4. Faiherrr says:
    October 28, 2020 at 10:30 am

    vrh vrh vrh reethi????maasha allah

Comments are closed.



All Right Reserved!