އޭރު އަހަރެންގެ އުމުރުން އެންމެ 17 އަހަރެވެ. ޒަވާޖީ ޙަޔާތަކަށް އެންމެ ފުރަތަމަ ފައިތިލަ ބީއްސާލީ އަހަރެންގެ މި ޒުވާން އުމުރުގައެވެ. ލިބުނު ހިތްދަތި ކެކުޅުންތައް ހަނދުމަނެތިކޮށް ދެކެފަރިތަ ވެފައި ނުވާ މީހަކާ އަހަރެން ކައިވެނިކުރީމެވެ. ޙަޔާތުގައި އަހަރެން ލޯބިވީ މީހުން ނުލިބުނީއެވެ. އެއީއަހަރެންގެ ސިފަ ހުތުރު ވެގެންނެއް ނޫނެވެ. އަދި އަހަރެންގެ ހަށިގަނޑުގައި އައިބެއް ހުރެގެންނެއްވެސް ނޫނެވެ. އަހަރެންގެ ބަލިޙާލަތު ހުރި ގޮތުން ފިރިހެން ކުދިންގެ މައިންބަފައިންނަށް ޚިދުމަތް ނުކޮށްދެވިދާނެތީ އެ މައިންބަފައިން ނުރުހޭތީއެވެ. ލޯބީގެ […]