ގޭގެ ބެލް ޖެހި އަޑު ދެތިން ފަހަރަކު އިވުމުން ކާކުތޯވެސް ބަލާނުލާ އަހަރެން ގޮސް ދޮރުހުޅުވާލީމެވެ. ބެލް ޖެހީ ކާކުކަން އަހަރެންނައް މާކުރިންވެސް އިނގިފައި އޮތީމައެވެ. މިއަދަކީ އަހަރެންގެ ފިރިމީހާ އަމްޖަދު މާލެ އަންނާނެ ކަމައް ބުނި ދުވަހެވެ. ކޮނޑުގައި ދަބަސް އަޅުވައިގެން ދޮރުމަތީގައި އެހުރީ ދެވަނަ މީހެއްނޫނޭ ،އަމްޖަދުއެވެ. އަހަރެންނާއި އަމްޖަދުގެ ކައިވެނި ކުރެވުނީ ދެ އާއިލާގެ އެދުމަށެވެ. އޭރު އަހަރެން އަދި އޯލެވެލް ހަދާ ނިމުނީ އެވެ. ބައްޕަ ބޭނުންވީ އަހަރެން ކިޔަވާ ނިމޭ […]