Skip to content
އެސްފިޔަ

ބަދަލުވި ހަޔާތް

ގޭގެ ބެލް ޖެހި އަޑު ދެތިން ފަހަރަކު އިވުމުން ކާކުތޯވެސް ބަލާނުލާ އަހަރެން ގޮސް ދޮރުހުޅުވާލީމެވެ. ބެލް ޖެހީ ކާކުކަން އަހަރެންނައް މާކުރިންވެސް އިނގިފައި އޮތީމައެވެ. 

މިއަދަކީ އަހަރެންގެ ފިރިމީހާ އަމްޖަދު މާލެ އަންނާނެ ކަމައް ބުނި ދުވަހެވެ. ކޮނޑުގައި ދަބަސް އަޅުވައިގެން  ދޮރުމަތީގައި އެހުރީ  ދެވަނަ މީހެއްނޫނޭ ،އަމްޖަދުއެވެ.

އަހަރެންނާއި އަމްޖަދުގެ ކައިވެނި ކުރެވުނީ ދެ އާއިލާގެ އެދުމަށެވެ. އޭރު އަހަރެން އަދި އޯލެވެލް ހަދާ ނިމުނީ އެވެ. ބައްޕަ ބޭނުންވީ އަހަރެން ކިޔަވާ ނިމޭ ގޮތައް ކައިވެނި ކުރާށެވެ. ބައްޕަގެ އެދުން ގަބޫލު ކުރީ އެއުމުރައް ދިޔައިރު އަހަރެންގެ ހަޔާތުގައި ވަކި ހާއްސަ މީހަކު ނެތީމައެވެ.

ކައިވެނި ކޮއްގެން މާގިނަ ދުވަސް ތަކެއް ނުވެ ރިސޯޓެއްގެ މެނޭޖަރެއްގެ ވަޒީފާ އަދާކުރުމަށް އަމްޖަދުއަށް ލިބުމުން އަހަރެމެން މާލެއިން ތަނެއް ކުއްޔައް ހިފައިގެން ދިރިއުޅުން ބަދަކުކުރީ މާލެ އަށެވެ. އަމްޖަދު ކައިރީގައި އަހަރެން މަންމަމެން ގާތު ރަށުގައި މަޑު ކޮއްފާނަން ކަމަށްބުނުމުން އެގޮތް އޭނާއަށް ކަމަކު ނުދިޔައެވެ. ރިސޯޓުގައި ހުރެފައި އައިސް ގޮސް ހަދަން ފަސޭހަވާނީ މާލޭގައި ހުރުމުން ކަމަށްބުންޏެވެ.

ރިސޯޓައް ދިޔަ ފުރަތަމަ ދުވަސް ކޮޅު އަމްޖަދު އަހަރެންނަށް ގުޅާހަދައެވެ. އަހަރެން ކައިގެންތޯ އާއި އެއްވެސް ކަމެއް ބޭނުންތޯ ސުވާލުކޮއް ހަދައެވެ. ފަހުން ފަހުން އައިސް އަމްޖަދުގެ ކޯލުތައް މަދުވަމުންގޮސް ކޮންމެ މަހަކު ރުފިޔާ ފޮނުވާ ސްލިޕް ކޮޅު ނޫނީ އަހަރެމެން ދެމެދު ދެކެވޭ ވާހަކައް ނޯވެއެވެ.

އަމްޖަދު ރިސޯޓަށް ދިޔަތާ މިހާރު އަހަރު ވެގެން ދިޔައީއެވެ. މިވީ އަހަރުތެރޭގައި އޭނާ އެންމެ ފަހަރަކުވެސް އަހަރެން ކައިރިއަށް މާލެ ނާދެއެވެ. އަހަރެން ސުވާލުކުރަން ފެށުމުން ބުނަނީ މަސައްކަތް ބުރަވީމަައި ނުދެވެނީ ކަމުގައެވެ.

އަމްޖަދު ވަދެ އިށީނީ ސޯފާ ގައެވެ. އަހަރެން ކާންވީނޫންހޭ ބުނުމުން އަމްޖަދުގެ ޖަވާބު އައީ ހަމައެކަނި ހޫމް އަކުންނެވެ. ކާން ހަދާފައި ގޮވާލުމުން ނިކަން އަވަހައް އަތުގައި އިތް ފޯނު ބާއްވާފައި ކާމޭޒު ދޮށުގައި އިށީންދެ ކާންފެށިއެވެ. ކައި ނިމިގެން ތެދުވަމުން އަމްޖަދު ބުނި އެއްޗަކުން އަހަރެން ހުރީ ބަސް ހުއްޓިފައެވެ. އޭނާގެ ކޮއްކޮއަށް މާލެއިން ވަޒީފާ ލިބިގެން އަހަރެމެންގެ ކައިރިއަށް މާލެ ބަދަލުވާ ވާހަކައެވެ.

-ނުނިމެ-

 

 

Comments (1)

  1. Cutie girl

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    V interesting story eh

Comments are closed.