Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮޓޯގަނޑު ( ދެވަނަ ބައި…..)

Ibaa
March 22, 2017
2 Mins Read
71 Views
7 Comments

އަހަންނަށް އާށޯޙުވެފައި ހުރެވުނީ އެދިމާލަށް ކަޅިވެސްޖަހާނުލާ ބަލަހައްޓައިގެންނެވެ.

ހިޔާލީ ދުނިޔެއެއްގެ ތެރެއަށް އަހަންނަށް ގެއްލިފައި ހުއްޓާ އޭނާ އައިސް އަހަރެން ގެ ކުރިމަށްޗަށް ހުއްޓި ހުރެ ހަނާ އަޅާލިއެވެ. ލިބުނު ސިހުމާއި ގަތް ލަދެއްގެ ބޮޑުކަމުން އަަހަންނަށް އަވަހަށް މޫނު ނިވާކުރެވުނެވެ. ނަމަވެސް އޭނަ ހައިރާންވިހެނެއް ވެސް ހިޔެއް ނުވެއެވެ. ތަޢާރަފްވެލުމުގެ ގޮތުން އޭނާ އިސްވެ ވާހަކަ ދެއްކިއެވެ. “ވިލްދާން” އޭނާ ބުންޏެވެ. އަހަރެންވެސް ޖަވާބުގައި “ލާރާ” ބުނެލީ ހިނިތުންވުމެއް ރައްދުކުރަމުންނެވެ. ވިލްދާން ކިހާ ފުރިހަމަ ނަމެއް ހެއްޔެވެ. އެ ސާދާ ރީތި މޫނު، އެ ވަރުގަދަ މުލައްދަނޑި، ދެކޮލަށް އެޑޭ އަޑިކޮޅު، އަހަންނަށް ބޭ އިޙްތިޔާރުގައި ބުނެލެވުނެވެ. ހާދަހާ ވާ ފުރިހަމައެވެ. އަހަރެންގެ ފޮޓޯގަނޑުގައި ކުރެހިފައިވާ މިރީތި ސޫރަ ކިހާ ފުރިހަމަ ހެއްޔެވެ. އަހަރެންނަށް ތަޤުދީރުގައި ލިޔެވިފައިވާ ބައިވެރިޔާ އަހަންނާއި ބައްދަލުމިވީ ކިހާ ފުރިހަމައަށް ހެއްޔެވެ.ވިލްދާން ދަންދެން އާށޯހުވެފައި ބަލަހައްޓައިގެން އަހަރެން ހުރީމެވެ. އިރުކޮޅަކުން ފޯނު ރިންގުވާހެން ހީވެގެން ނެގިއިރު ގުޅަނީ ގެ ކައިރީ އައިސައްތައެވެ. އަހަރެން އަވަހަށް ފޯނު ނެގީމެވެ. ހަތަރު އުދަރެސް ފެނުޖެހުނު ފަަދައެވެ. އަހަރެންގެ ފައި ދަށުން ބިންގަޑު ދެމިގެން ދިޔަހެން ވެސް ހީވިއެވެ. ވަގުތުން ގަޔަށް ލެވުނުހާ ބާރެއްލާފައި އަހަރެން ދުއްވައިގަތީ ގެއާ ދިމާލަށެވެ.

ގޭދޮށަށް އެއްވެފައިވާ މީހުންތައް ފެނުމުން އަހަރެންގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން އިންތިހާއަށް އިތުރުވިއެވެ. ހަތަރު އުދަރެސް ފެނުޖެހުނު ފަދައެވެ. މީހުންތަކުގެ ތެރެއިން އަހަރެން ތޮރުފަމުންހެން ކަހަލަ ގޮތަކަށް ގޭތެރެއަށް ވަނީ ތެޅިތެޅިއޮތް ހިތަކާއިގެންނެވެ. އަހަންނަށް ބާރަކަށް މާމާ އޭ ކިޔާ ގޮވަލެވުނެވެ. އެހެނަސް ޖަވާބެއް ނުލިބުނެވެ. މާމަ އެދިޔައީ މަންމަ ފަދައިން އަހަރެން އެކަނި ދޫކޮށްލާފައެވެ. ދިރިއުޅޭނީވެސް ކިހިނެއްބާއޭ ހިތަށް އެރިއެވެ. އަހަރެން ބަޑިފަޅައިގެން ދިޔައީ ދެނެވެ. ލޭކަރުނަތައް އަހަރެން ލޯ ފޫ އަޅުވަމުން ފައިބަމުން ދިޔައީ ނިމުމެއް ނުވާ ފަދައިންނެވެ.

ނެގިމަޑުވެފައި އަހަރެން އިންނަތާ މިވީ ދެހަފްތާއެވެ. މާމަ އެ ދިޔައީ އަހަރެންގެ މުޅި ދުނިޔޭގެ ހުޅުކޮޅު އަބަދާ އަބަދަށް ނިއްވާލުމަށްފަހުގައެވެ. މިހާރު ހިތްވަރެއް ލިބުނަސް ވެސް ލިބެނީހީ އައިސައްތަގެ ފަރާތުންނެވެ. އެ ހިތްހެޔޮކަމާއި އެ އަޅާލުމުން އަހަންނަށް ދިރިއުޅުމާއިމެދު އުއްމީދުތައް ކުރެވެން ފެށުނެވެ.

އަނެއްކާވެސް ކެމެރާ ހިފައިގެން ތުނޑީގެ ޖާދޫގައި ޖެހެން ފެށުނެވެ. އިރުއަރަނީ ތުނޑިންނެވެ. އިރުއޮއްސެނީވެސް މެއެވެ. މިގޮތަށް ދުވަސްތައް ވެއަތު ވަމުންގޮސް ވިލްދާން އާއި ބައްދަލުވާން ފެށުނެވެ. އަހަރެންގެ ލެވިފައިވާ އެ ހިތާމަވެރި ސާލަށް ނިމުމެއް ގެނެސްދިނީ ވިލްދާންގެ އެކުވެރިކަމެވެ. ދެމީހުން ވާހަކަތައް ހިއްސާކުރީމެވެ. ވިދިގެން އައި ދުވަސްތަކުގައި ފޯނުން ވަރަށް ގިނަ ވާހަކަ އަހަރުމެން ދެއްކީމެވެ. ވަރަށް ހިތްހަމަޖެހުނެވެ. ދިރިއުޅުމާ ބެހޭގޮތުން ވެސް އަހަރުމެން ވާހަކަދެއްކީމެވެ. އަހަރެންގެ ފުރަމިތުރެއް ނެތްކަމާއި، ވިލްދާންގެ ހިޔަމިތުރެއް ހުރިކަން ވެސް އެނގުނެވެ. އެ ނަސީބުވެރިޔާގެ ނަމަކީ ޢަލްޔާއެވެ. އެ ކަން އެނގުމުން އަހަރެންގެ ހިތް މަޑުމަޑުން ރޯލިއެވެ. ވިލްދާނަކަށް އެ އަޑެއް ނީވޭނެއެވެ. ބިއްލޫރިގަންނަން ވާނީ ތެޅިކުދިކުދިވެދާނޭކަން އެނގިހުރެކަން އަހަރެންގެ ސިކުނޑިއަށް ވިސްނުނަސް ވެސް، ލޯބި ވާންވާނީ ހިތް ކުދިކުދި ވެދާނޭކަން އެނގިހުރެ ކަމެއް އަހަރެން ނުދެނަހުރީމެވެ.

-ނުނިމޭ-

6
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ibaa

Other Articles

Previous

އައިޝާ 20

Next

އެޕާރްޓްމަންޓް 4ބީ (އެގާރަވަނަބައި)

Next
March 22, 2017

އެޕާރްޓްމަންޓް 4ބީ (އެގާރަވަނަބައި)

Previews
March 22, 2017

އައިޝާ 20

7 Comments

  1. hello Hola hi hey(HHHH) says:
    March 22, 2017 at 10:08 pm

    Reethi ekamaku haadha kurey….

  2. ? says:
    March 22, 2017 at 10:28 pm

    Nice..try ur best drlin.. u cn improve..?????

  3. shafu says:
    March 22, 2017 at 10:54 pm

    reethi… ekam haadha kurey mi part…

  4. Meemi says:
    March 22, 2017 at 11:05 pm

    Varah reethi. maa kury ekam.

  5. maee says:
    March 23, 2017 at 11:58 am

    varah reethi mi part ves 🙂

  6. rishana says:
    March 23, 2017 at 4:24 pm

    Ibaa I love ur work .
    But next part awas kohlaafa dhigu kohlahchey <3

  7. Suuu says:
    March 31, 2020 at 1:40 am

    ?

Comments are closed.

All Right Reserved!