މާލޭގައިހުރި ޒަވާގެ ބައްޕަގެ ގޯތި ވިއްކާލުމަށްފަހު ޒަވާ އާއި ޒާމްގެ ދެމަފިރިން ޒާމްގެ ރަށަށް ބަދަލުވީ، މާލޭ ގޭގައި އުޅެމުންދާއިރު ޒަވާއަށް އެކަނިވެރިކަން އިހުސާސްވާތީއެވެ. ޒާމްމެން ދެމަފިރިން ރަށުގައި އުޅެމުން އައީ ވަރަށް އުފަލުގައެވެ. ޔުޓިލިޓީސް ލިމިޓެޑް ގެ ދަށުން ހިންގަމުން އަންނަ ފޮއްދޫ އިންޖީނުގޭގެ އޮފިސަރެއްގެ ވަޒީފާ ޒާމް އަށް ހަމަ ޖެހުނީ ރަށަށް ބަދަލުވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. ގަދަޔަށް ގުގުރާ ބޯކޮށް ވާރޭވެހޭ ރެޔެކެވެ. ޒާމް އިނީ އޮފީހުގައެވެ. ވިއްސާރަ އަލިވިތަނާ ޒާމް އޮފީހުން ގެޔަށް އާއިރު ޒަވާ އިނީ ޒާމްގެ އިންތިޒާރުގައެވެ. އޭރު ގަޑިން 03:30 ވަނީއެވެ. “ސޮރީ…..މާލަސްވެއްޖެ ދޯ؟” ކޮޓަރީގެ ދޮރުތަޅުލަމުން ޒާމް ބުންޏެވެ. ފާހަނައަށް ވަދެ އެއްޗެހީ ބަދަލުކޮއްލުމަށް ފަހު ނިކުމެެ […]