Skip to content
އެސްފިޔަ

އަސްލު އަތުގާ ބީހިލާ…………

މާލޭގައިހުރި ޒަވާގެ ބައްޕަގެ ގޯތި ވިއްކާލުމަށްފަހު ޒަވާ އާއި ޒާމްގެ ދެމަފިރިން ޒާމްގެ ރަށަށް ބަދަލުވީ، މާލޭ ގޭގައި އުޅެމުންދާއިރު ޒަވާއަށް އެކަނިވެރިކަން އިހުސާސްވާތީއެވެ. ޒާމްމެން ދެމަފިރިން ރަށުގައި އުޅެމުން އައީ ވަރަށް އުފަލުގައެވެ. ޔުޓިލިޓީސް ލިމިޓެޑް ގެ ދަށުން ހިންގަމުން އަންނަ ފޮއްދޫ އިންޖީނުގޭގެ އޮފިސަރެއްގެ ވަޒީފާ ޒާމް އަށް ހަމަ ޖެހުނީ ރަށަށް ބަދަލުވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. ގަދަޔަށް ގުގުރާ ބޯކޮށް ވާރޭވެހޭ ރެޔެކެވެ. ޒާމް އިނީ އޮފީހުގައެވެ. ވިއްސާރަ އަލިވިތަނާ ޒާމް އޮފީހުން ގެޔަށް އާއިރު ޒަވާ އިނީ ޒާމްގެ އިންތިޒާރުގައެވެ. އޭރު ގަޑިން 03:30 ވަނީއެވެ.
“ސޮރީ…..މާލަސްވެއްޖެ ދޯ؟” ކޮޓަރީގެ ދޮރުތަޅުލަމުން ޒާމް ބުންޏެވެ. ފާހަނައަށް ވަދެ އެއްޗެހީ ބަދަލުކޮއްލުމަށް ފަހު ނިކުމެެ އެނދުގައި ޖައްސާލިއެވެ. އެއާއެކު ޒަވާ ވެސް ޒާމް ކައިރި ބޮޑިވެލިއެވެ.
ޒާމް އިނީ މަގުމަތީ އިން ޖޯއްޔެއްގައެވެ. ކުއްލިއަކައް ޒާމްގެ ކަޅި ހުއްޓުނީ މަގުކަންމަތީ ހުރި އަންހެން ކުއްޖާއަށެވެ. އެކުއްޖާގެފަންފަން އިސްތަށިގަނޑު ވަޔާ ވިހުރެއެވެ. އޭރުވެސް ހިމަތުނި ވާރޭވެހެމުންދެއެވެ. “އިބާ…….! ރުޅިވެރި އަޑަކުން ވަރަށް ބާރަށް ގޮވާލިއެވެ. އެ އަޑުއިވުމާ އެކު އެކުއްޖާ ދުއްވާގަތީ ގޮނޑުދޮށާ ދިމާލަށެވެ. އިބާ ފަހަތުން ޒާމްވެސް ދިޔައެވެ. ޒާމް އަކަށް އެއްވެސް މީހެއް އަދި ކުއްޖެއްގެ ހިލަމެއް ނުވިއެވެ. ގޮނޑުދޮށުގެ ދެފަރާތް ބަލަބަލާ ހުއްޓާ ޒާމް ބިންގަނޑުތެރެއަށް ގަނބާއިގަތެވެ.
“ޒާމް……ޒާމް..ހޭލަބަލަ ހުކުރަށް ދާ ގަޑި ޖެހެނީ”. ނިދިފައި އޮތް ޒާމްއަށް ހޭލެވުނީ ޒަވާ ގޮވާއަޑަށެވެ. އަނެއްކާވެސް ހަމަ އެހުވަފެނެވެ. ދެލޯ ހުޅުވާލުމާއެކު ބޮލަށް އަރައިގެން ދިޔަ ތަދުން ޒާމް އިސްތަށިގަނޑުގައި ހިފާއި ތިރިއަށް ދަމާލައިފިއެވެ. މިހާރަކަށް އައިސް އޭނާއަށް ކޮންމެ ދެތިން ދުވަހުން އެ ހުވަފެން ފެނެއެވެ. އޭނާ އެމީހެއްގެ ފުލުން ފިލަން ދުވި ނަމަވެސް އިބާގެ ނަމުން ގޮވާތީ އޭނާ ވަރަށް ހައިރާން ވެއެވެ. އިބާއޭ ކިޔާ ކުއްޖެއް ދުވަހަކު ޒާމް ދަންނަނީ އެއްވެސް ނޫނެވެ.
“އަނެއްކާވެސް ހުވަފެނެއް ފެނުނީދޯ…” ޒަވާ ލޯތްބާއެކު އެހެން ބުނެލަމުން ޒާމްގެ ބޮލުގައި ފިރުމަލައިފިއެވެ. ހުކުރު ގަޑި ޖެހެނީ ކަމުގައި ބުނުމުން ޒާމް ރަޖާގަނޑު އެއްލާލާފައި ފާހާނައާއި ދިމާލަށް ދުއްވައި ގަނެއްޖެއެވެ.
އެހެން ރޭތަކާއި ހިލާފަށް މިރޭގައި މުނި ދުނިޔެ ވަނީ ކަޅު ވިލާތަކުން ބައްދާލާއިފައެވެ. މަގުމަތިން ހިނގަމުން ދިޔަ އެންމެންގެވެސް ހިނގުމަށްވަނީ އަވަސްކަމެއް އަތުވެފައެވެ. ސްކޫލުން އެކްސްޓްރާ ނިންމާފައި ކުދިންތައް ނިކުންނަށް ފެށުމުން އެހިސާބުގަނޑު ހަނލަބޮލި ވެއްޖެއެވެ. ވާރޭ ތިކިތައްވެސް ވެހެންފެށީ ހަމަ އެވަގުތުގައެވެ. ހީވަނި އެކުދިންތަކުގެ އިންތިޒާރުގައި ހުރި ހެންނެވެ. އެހެން ކުދިންނާއި ވަކިން ހިނގަމުން އައި ޒާމް ގޯޅިއަކަށް އަޅައިލީ ވާރޭ ބޯކޮށް ވެހެން ފެށުމުންނެވެ. އަސްކަނި ދަށުގައި ހުރުމަށްފަހު ކައިރީގައި ހުރި ފާމަސީއަކަށްވަނީ ވާރޭގެ ތިކިތައް ގައި ޖެހެން ފެށުމުންނެވެ. ހީވަނީ ވަރަށް ލަދުން ހުރި ހެންނެވެ. ކުޑައިރުއްސުރެ ވާރޭދެކެ ބިރު ގަންނަ ކުއްޖާ އަދިވެސް އެބިރު ފިލާނުދެއެވެ. އިސްޖަހާލައިގެން ހުރުމަށްފަހު ކައުންޓަރ ކައިރިއަށްގޮސް މެންޓޮސްއެއް ޒާމް ގަނެފިއެވެ. ޒާމް އެހެން އިންއިރުވެސް ދޭތެރެއަކުން އިސްތަށިގަނޑު ރަނގަޅު ކޮއްލައެވެ. އެހެން މީހުނާއި ތަފާތު ކަމެއް އޭނާގެ މިޒާޖުގައި ވެއެވެ. އެ ފަންފަން އިސްތަށިގަނޑު ކަނދުރާއަށްވުރެ ތިރިއަށް ކޮށާލާފައި ވާގޮތުން އުމުރަށްވުރެ ޅަގޮތެއް ހުރެއެވެ. ފާމަސީއިން ނިކުމެގެން ޒާމް ހިނގައިގަތީ ގެޔަށެވެ. ގެޔަށް ދިޔައިރު ޒަވާ އިނީ ޓީވީ ބަލާށެވެ.
“ޒަވާ އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުން.” އެންމެ ފުރަތަމަވެސް ޒާމް ކުރީ ސުވާލެކެވެ.
“ހޫމް……ކިހިނެއްވީ؟” ޒަވާ ބުންޏެވެ.
“ޒަވާ ބެނުމެއް ނުވޭތަ އުނގު ފަޅުފިލުވާލާނެ ކުއްޖެއް؟” އިސް ދަށަށް ޖަހާގެން އިންދެ ޒާމް  އެހިއެވެ. ޓީވީ ނިއްވާލުމަށް ފަހު ޒަވާ ވަނީ ކޮޓަރިއަށެވެ. ފަހަތުން ގޮސް ޒާމް ވެސް ވަނީ ކޮޓަރިއަށެވެ. ޒާމް އަށް ހޭލެވުނީ ފޯން ރިންގުވާ އަޑަށެވެ. އެކޮޅުން ވާހަކަ ދެއްކި މީހާ އަށް އާދެ ލައްބަ ކިޔުމަށް ފަހު ފޯން ބާއްވާފިއެވެ.
“ޒަވާ އަހަރެން އޮފިސް ދަތުރެއްގައި ށ.އަތޮޅަށް ދާން ޖެހިއްޖެ…ބޭގް ޕެކް ކޮއްލާ…” ފޯން ބޭއްވުމަށް ފަހު ޒާމް ޒަވާ ކައިރި ބުންޏެވެ. ފާހާނައަށް ވަދެ ފެންވަރައިގެން ނިކުމެ ޒާމް ވަރަށް އަވަހަށް ތައްޔާރުވެލިއެވެ. ދަބަސް ނަގާ ކޮޑުގައި އަޅުވާލުމަށް ފަހު ޒަވާ ގައިގައި ބައްދާލިއެވެ. “ވަރަށް މިސް ވާނެ…ނިމުނުހާ އަވަހަށް އަންނާން” ޒަވާ ގެ ނިތްކުރިއަށް ދޮނެއް ދިނުމަށް ފަހު ޒާމް ނިކުމެގެން ހިގައްޖެއެވެ.
ށ.އަތޮޅުން ޒާމް ހުރުމަށް ހަމަޖެހިފައި އިން ރަށަކީ ފީވަކެވެ. ފީވަކު ފަޅުތެރެއަށް ލޯންޗު ވަދެ ބަނދަރާ ގާތް ކުރުމުން ޒާމް ބަނދަރަށް ފުންމާލިއެވެ. ބަނދަރުމަތިން މާބައިވަރު ބަޔަކު ފެންނާކަށް ނެތެވެ. ގަހެއްގެ ހިޔަލުގައި ހުރި އަންހެން ކުއްޖެއް ކައިރި ޒާމް ހުއްޓިލިއެވެ.
“ތީތަ ޒާމް އަކީ؟” އެ އަންހެން ކުއްޖާ ސުވާލު ކުރިއެވެ.
“އޭ! އަހަރެން މިރަށަށް މައްޝޫރީތަ؟” ޒާމް ވަރަށް ފޮނިވެލާފަ ބުންޏެވެ.
“ނޫނޭ…..މީހަކު އަނެއްކާ ބުނީތަ ޒާމް މިރަށަށް މައްޝޫރޭ؟” ރުންކުރު ގޮތަކަށް އަންހެން ކުއްޖާ ބުންޏެވެ.
“ދެން އެންމެ ފުރަތަމަ ދުވަހުވެސް ތިހާ ރީތި ކުއްޖަކަށް އަހަރެންގެ ނަން އެނގުނީމަ”
“އަހަރެންނަށް ޒާމްގެ ނަން އިނގުނީ ޒާމް މިރަށަށް މައްޝޫރުވެގެނެއް ނޫން….އަހަރެންގެ މަސަކަތަކީ ޒާމް ރިސީވްކޮއްގެން އޮފީހާ ހަމައަށް ގެންދިޔުން ކަމަށް ވާތީ، އަހަރެންނަށް ޒާމްގެ ނަން އިނގުނީ!”
(ނުނިމޭ)

Comments (13)

  1. Aliya

    V ahchi vahakaeh

  2. mmmkk

    hiyy yaaraa dheefa film ge dailogeh nagaafa dhw myni

  3. warah vaahaka

    mee koacheh ? alhuganduge 5 year ge kokko liyaa wahaka wes maa understand wey

    1. Xaam
      warah vaahaka

      Understand vaane. Thankolheh boa hama jehey meehunnah

  4. Eanaa

    zaamu nidhaafa. zaam kaaifa. zaam fenvaraafa. mee vesh dhen vaahaka eh…

  5. Musli

    V vai vaahakaeh dhw

  6. mohamed huzaam/n.landhoo

    haadha molhey huzaam maa shaa allah

  7. Reet

    Vaahaka ge jumlathakah baalaafa kuriyah Liya part rangalhu kuraane kamah heekuran

  8. Post

    Mi kon kala vaahaka eh mi kamaku nudhey hama eh. Ves nujehey

  9. Ninni

    Salhi vaahaka..keep it up..

  10. huxam ibrahim

    dhevana vaahaka mi vaahaka ah vureh rangalhu vaane. kameh kuraa iru emme furathama bonthi aku nuhifeyne. dhivehin vaany dhivehinnah.

    1. Amin
      huxam ibrahim

      Yaa exactly.. Keep going.. U will b fine as it goes.. Just go with the flow.. Good luck

  11. No more 12

    Yes u are right huxaam… ????????????… Mee hunah goiy kiyaa myhunah amilla ah vaahaka eh liyunyma ingeyny adhi e meeheh ge fenvaru….

Comments are closed.